އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލިބެންހުރި ނިޢްމަތްތަކަށް ޝުކުރުވެރިވުމަށް ޝައިޠޯނާ އެހާބޮޑަށް ހުރަސްއަޅާ ސަބަބުތައް: ޝައިޚް އަބޫބަކުރު ޒައުދު

ލިބެންހުރި ނިޢްމަތްތަކަށް ޝުކުރުވެރިވުމަށް ޝައިޠޯނާ އެހާބޮޑަށް ހުރަސްއަޅާ ސަބަބުތައް: ޝައިޚް އަބޫބަކުރު ޒައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

މިއަދު މީހެއްގެ ގާތު ޙާލު ކިހިނެއްތޯ ސުވާކުރުމުން ޖަޖަވާބުގައި "އަލްޙަމްދުލިﷲ" އެވެ ބުނާ މީހުން ބުނަނީވެސް ވަރަށް ބޮޑަށް ކަންނެތްވެ ހުރެއެވެ. ދުލުގައި ވާގިވެސް ނުހުންނަހައި ވަރުބަލިކަމާއި ފޫހިކަމާއިއެކުގައެވެ. 

އެހެން އެވަނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ ހަމަ އެންމެ ސަބަބަކާއިހުރެއެވެ. ﷲ ތަޢާލާއަށް ޝުކުރުވެރި ނުވެވޭތީއެވެ؟ ދެއްވަވާފައިވާ ނިޢްމަތްތަކަށް ވިސްނައިވެސް ނުލެވޭތީއެވެ. ބޭނުންވާ އިތުރު ކަންކަން ގިނަވުމުގެ ސަބަބުންނެވެ. 

މީސްތަކުންނޭވެ! ﷲ އަށް ޝުކުރުވެރިވުމަކީ އީމާންކަމުގެ އެންމެ މަތިވެރިދަރަޖައެވެ. އެހެނީ ﷲ ތަޢާލާއަށް ޝުކުރުވެރިވާ މީހާ އަޅުކަންކުރުން ގިނަކުރާނެއެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމާއި ދުރުހެލިވާނެއެވެ. 

ޙަޤީޤަތަކީ މިއީކަމުގައިވުމުން ޝައިޠޯނާގެ އެންމެ ބޮޑު މަސައްކަތަކަށްވެފައި އޮންނަނީ މީސްތަކުން ﷲ ތަޢާލާއަށް ޝުކުރުވެރިވުމާއި ދުރުކުރުވުމެވެ. ދެއްވަވާ ނިޢްމަތްތަކަކީ އަމިއްލަ މަސައްކަތުން ލިބިގަންނަ ކަންކަންކަމަށް ވިސްނައިދިނުމެވެ. 

އެކަމުގެ އެންމެ ބޮޑު ހެއްކަކީ މީހަކު މެދުވެރިކުރައްވަވައި ﷲ ތަޢާލާ ކިތަންމެ ބޮޑު އެހީތެރިކަމެއް ފޯރުކުރައްވަވައި ދެއްވެވި ނަމަވެސް ﷲ ތަޢާލާއަށް ޝުކުރުވެރިނުވެވޭކަމެވެ. އެމީހަކަށް ޝުކުރުވެރިވެ އަޅުވެތިވެވޭކަމެވެ. ﷲ ތައާލާއަށް ޝުކުރުވެރިވެ ސަޖިދަކުރުމުގެ ބަދަލުގައި އެމީހަކަށް ސަޖިދަޖަހާ ޙާލަތަށް ކަންކަންދާކަމެވެ. 

މީސްތަކުންނޭވެ! ޙައްޤުމަގުގައި ސާބިތުވާން އެދޭމީހާ، ތަޤްވާވެރިކަން އިތުރުކުރަން އެދޭމީހާ، އާޚިރަތުގެ ސަލާމަތްކަމަށް އެދޭމީހާ، އަދި ދުނިޔޭގައިވެސް އުފަލާއި ތަނަވަސްރަޙްމަތަށް އެދޭމީހާ ﷲ ތަޢާލާއަށް ޝުކުރުވެރިވުން ގިނަކުރާށެވެ. އެކަމަށް ކަންނެތް ނުވެ ފަރުވާތެރިވާށެވެ! 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް