އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ފައިދާހުރި ވިޔަފާރިކުރަން އެއްވެސް ފައިސާއެއް ބޭނުން ނުވާކަން ޤުރްއާނުން-

އެންމެ ފައިދާހުރި ވިޔަފާރިކުރަން އެއްވެސް ފައިސާއެއް ބޭނުން ނުވާކަން ޤުރްއާނުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ވިޔަފާރިކުރާވާހަކަ ދައްކާއިރަސް އެންމެންނަށްވެސް ވިސްނޭނީ ވިޔަފާރިކުރެވޭނީ ވަރަށް ގިނަ ޢަދަދަދެއްގެ ފައިސާ އަތުގައިހުރެގެންކަމެވެ. ނަމަވެސް އެންމެ ފައިދާހުރި ވިޔަފާރިއަކީ ކޮބައިކަމާއި އެވިޔަފާރިކުރަން އެއްވެސް ފައިސާއެއް ބޭނުންނުވާކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ! 

މި 3 އާޔަތް ވިދާޅުވާށެވެ! 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ވޭންދެނިވި ޢަޒާބުން ތިއ" ބައިމީހުން މިންޖުކޮށް ސަލާމަތްކޮށްދޭނޭ ވިޔަފާރިއެއް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަގު ދައްކަވަންހެއްޔެވެ." (10)

("އެއީ) ﷲ އަށާއި އެ އިލާހުގެ ރސޫލާއަށް ތިއަބައިމީހުން ފުރިހަމަ މާނައިގައި އީމާންވުމެވެ. އަދި ތިއަބައިމީހުންގެ މުދާތަކުންނާއި ނަފްސުތަކުން ﷲ ތަޢާލާގެ މަގުގައި ޖިހާދު ކުރުމެވެ. ތިޔަބައިމީހުން ދަންނަ ނަމަ އެގޮތް ތިޔަބައިމީހިންނަށް މާ ހެޔޮކަން ބޮޑެވެ. " (11)

"އޭރުން އެއިލާހު ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހިންގެ ފާފަތައް ފުއްސަވާނެތެވެ. އަދި އެތާންގެ ދަށުން ފެނކޯރުތައް ހިނގަ ހިނގާހުންނަ ސުވަރުގެ ތަކަށް އެކަލާންގެ ތިޔަބައިމީހުން ވައްދަވާނެތެވެ. އަދި ޢަދުނު އޭ ކިޔުނު ސުވަރުގެ ތަކުގައިވާ ރަނގަޅު ގޮވެތި ގެދޮރުތަކުގައި ތިޔަބައިމީހުން ވަޒަންވެރި ކުރުވާނެތެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީ އެވެ." (12)

(12،11،10 :61) 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ވޭންދެނިވި ޢަޒާބުން ތިޔަބައިމީހުން މިންޖުކޮށް ސަލާމަތްކޮށްދޭނޭ ވިޔަފާރިއަކަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަގު ދައްކަވަންހެއްޔެވެ." މިއާޔަތުގައި އެވަނީ އެންމެ ފައިދާހުރި ވިޔަފާރިއެވެ. އެހެނީ "ވޭންދެނިވި ޢަޒާބުން ތިއަބައިމީހުން މިންޖުކޮށް ސަލާމަތްކޮށްދޭނޭ" ވިޔަފާރިއަކަށްވުރެ ފައިދާހުރި ވިޔަފާރިއެއް ނެތްކަން އެއީ ކަށަވަރު ޔަޤީންކަމެކެވެ. 

އަދި އެ ވިޔަފާރި ބަޔާންކުރައްވަވައިފައި އެވަނީ ﷲ ތަޢާލާއެވެ. )"އެއީ) ﷲ އަށާއި އެ އިލާހުގެ ރސޫލާއަށް ތިއަބައިމީހުން ފުރިހަމަ މާނައިގައި އީމާންވުމެވެ. އަދި ތިއަބައިމީހުންގެ މުދާތަކުންނާއި ނަފްސުތަކުން ﷲ ތަޢާލާގެ މަގުގައި ޖިހާދު ކުރުމެވެ...." 

މިއާޔަތުގައި ފުރަތަމަ އެވަނީ އެވިޔަފާރިއަކީ "ﷲ އަށާއި އެ އިލާހުގެ ރަސޫލާއަށް ތިއަބައިމީހުން ފުރިހަމަ މާނައިގައި އީމާންވުން" ކަމަށެވެ. އެކަންކުރަން އެއްވެސް ފައިސާއެއް ބޭނުމެއް ނުވާނެއެވެ. އަތުގައި އެންމެ ފައިސާފޮތްޗެއް ނެތް ނަމަވެސް އެ ވިޔަފާރިކުރެވޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް