އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާތް ﷲ ޞުބުޙާނަހޫ ވަޠަޢާލާ ތިބާދެކެ ލޯބިވެވޮޑިގަންނަވާކަމުގެ ނިޝާންތައް

މާތް ﷲ ޞުބުޙާނަހޫ ވަޠަޢާލާ ތިބާދެކެ ލޯބިވެވޮޑިގަންނަވާކަމުގެ ނިޝާންތައް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ފާޠިމަތު ނަޢީޝާ ޖާދުﷲ

 

އެއްވެސް ޝައްކެއްނެތެވެ. ﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ރުހިވޮޑގަތުމާއި ލޯބިފުޅުވެވޮޑިގަތުން ލިބުމަކީ ދެދުނިޔެ ބާއްޖަވެރިކުރުމަށްއޮތް މަގެވެ. އެހެންކަމުން، އެކަލާނގެ ތިބާދެކެ ލޯބިފުޅުވެވޮޑިގެންވާކަން ދެނެގަންނާނީ ކިހިނަކުންތޯ ވަރަށް ގިނައިން ސުވާލުކުރެވޭފަހަރު އާދެއެވެ.

އަހަރެމެން އަބަދުވެސް ހަނދާނުގައި ބަހައްޓަންވީކަމަކީ، ﷲ ޞުބުޙާނަހޫ ވަޠަޢާލާއަކީ އަލް ވަދޫދު 'الودود' ކަމެވެ. އެއީ އެންމެ ބޮޑަށް ލޯބިފުޅުވެވޮޑިގެންވާ ރަސްކަލާނގެއެވެ.

ތިބާދެކެ ﷲ ޞުބުޙާނަހޫ ވަޠަޢާލާ ލޯބިފުޅުވެވޮޑިގަންނަވާކަން ދެނެގަނެވޭނެ ވަރަށް ބައިވަރުގޮތްތަކެއްވެއެވެ. އެގޮތުން، ގިނަ ގިނައިން ތިބާގެ ނަފްސު ﷲ ޞުބުޙާނަހޫ ވަޠަޢާލާ ހަނދުމަކުރާ ޙާލުގައި އިންނާނެތެވެ. އެއީ ޒިކުރުތައްފަދަ ތަކެތި ކިޔުމެވެ. އަދި  ކީރިތި ޤުރުއާނާއި ތިބާއާއި ދެމެދު ވަރުގަދަ ގުޅުމެއްއޮންނާނެތެވެ. އެގޮތުން، ޤުރުއާން ކިޔަވާއިރު، ތިބާއަށް އެކިޔެވެނީ އެންމެ މަތިވެރިވެގެންވާ އިލާހުގެ ބަސްފުޅުކަންދެނެގަންނަ ޙާލުގައި ކިޔެވުމާއި އެއަށް ޢަމަލުކުރުމެވެ. ހަމައެއާއެކު، އެކަލާނގެދެކެ ލޯބިވާ މީހުންދެކެ ތިބާ އިޚްލާޞްތެރިކަމާއިއެކު ލޯބިވެ، އިޙްތިރާމްކުރާނެތެވެ. އަދި ﷲ އަށް ކުށްތަންވުމުގެގޮތުން އެހެންމީހުންކޮށްނޫޅޭ ކަންތައްތައް، އެކަލާނގެ ތިބާއަށް ފަސޭޙަކުރައްވާނެތެވެ. އަދި އެކަލާނގެއަށް ބިރުވެތިވެ، އިޚްލާޞްތެރިކަންމަތީ އަޅުކަންކުރުމަށް ފެންބޮވައިގަތްފައިވާޙާލު ގިނަގިނައިން، ތިބާ އަމިށްލައަށް ނަފްސު ހިސާބުކުރާނެތެވެ. ނަފްސު ހިސާބުކުރުމަކީ ތިބާއަށް ކުރެވޭ ޢަމަލުތަކާމެދު ވިސްނާ، އެއީ ހެޔޮ ނުވަތަ ނުބައި ޢަމަލުތަކެއްތޯ ބަލާ، ފިކުރުކޮށް، ނަފްސު އިސްލާޙުކުރުމެވެ. ހަމައެއާއެކު، ތިބާއަށް ކިތަންމެ ގިނައިން ޙެޔޮ ޢަމަލުކުރާކަމުގައިވީނަމަވެސް، އެކަލާނގެ ދެއްވާނެ ޢަޒާބަށް ބިރުވެތިވެހުރުމަކީވެސް، ﷲ ޞުބުޙާނަހޫ ވަޠަޢާލާ ތިބާދެކެ ލޯބިފުޅުވެވޮޑިގަންނަވާކަމުގެ ނިޝާނެކެވެ. އެއީ، އޭގެ ސަބަބުން، ހެޔޮ ނިޔަތަކާއިއެކު ހެޔޮ ޢަމަލުތައްކުރުމަށް ހިތްވަރުލިބޭނެތީއެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ އަށް ލޯބިވާކަމުގައިވަނީނަމަ. ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން، ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ ގިނަހިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. " سورة اَل إمران : 31

Advertisement

ކޮމެންޓް ކުރެއްވުމަށް