އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުރިހާ މައްސަލަތަކެއްގެ ޙައްލުވެސް އޮތީ ހަމައެންމެ ކަމަކުން: އުސްތާޛް ނޫމާން ޢަލީ ޚާން

ހުރިހާ މައްސަލަތަކެއްގެ ޙައްލުވެސް އޮތީ ހަމައެންމެ ކަމަކުން: އުސްތާޛް ނޫމާން ޢަލީ ޚާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

މިއަދު މީސްތަކުންނަށް ނުއެނގިގެން މިއުޅެނީ އެންމެ ކަމެކެވެ. އެއީ ތިމާ މިވަނީ އައިސީޔޫގައިކަމެވެ. ދިރިމިހުރެވެނީ ލައިފް ސަޕޯޓާއިއެކުގައިކަމެވެ. ހަމައެކަނި އައިސީޔޫގައި ލައިފް ސަޕޯޓާއިއެކުވަނީ ހޮސްޕިޓަލްތަކުގައި މެޝިނަށްލާފައި ތިބި މީހުން އެކަނިކަމަށް ޤަބޫލުކުރެވޭކަމެވެ. 

ޙަޤީޤަތަކީ ކޮންމެ މީހަކުވެސް މިވަނީ ހަމަ އައިސީޔޫގައެވެ. ދިރިހުރެވެނީ، ނޭވާލެވެނީ ލައިފްސަޕޯޓާއިއެކުގައެވެ. ޑޮކްޓަރުން ނާއުންމީދުވެ މެޝިން ހުއްޓައިލި ނަމަވެސް ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ އެމީހަކަށް ޝިފާލިބި ގަދަބަދަވިވެއެވެ. ނަމަވެސް ﷲ ތަޢާލާ އިންސާނާއަށް ދެއްވަވާފައިވާ ދިރިހުރުމުގެ ކުޅަދާނަކަން އަނބުރައި ގެންދަވައިފިނަމަ ދުނިޔޭގެ ހުރިހާ ޑޮކްޓަރުން އެކުވި ނަމަވެސް އެމީހަކު ގަދަކުރަން، ދިރިދުނިޔޭގައި ބަހައްޓަން ކުރެވޭނެ ހަމައެއްވެސް ކަމެއް ނުއޮންނާނެއެވެ. 

އެހެންނަމަވެސް މިކަންކަން ވިސްނޭ މީހުން ވަރަށް މަދެވެ. ނަތީޖާއަކީ ގަދަވެ ސަލާމަތުން ހުރެވޭއިރު ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތައްމަތިން ހަނދުމަނުކުރެވޭކަމެވެ. ޝުކުރުވެރިވާން ކުރަންޖެހޭ ކަންކަން ނުކުރެވޭކަމެވެ. ހިތަށް އެރިހައިކަމެއްކޮށް، ހޯދެން އޮތްހައި ގޮތަކުން އުފާހޯދަމުން ގެންދާކަމެވެ. 

އެހެން ހުއްޓައި ﷲ ތަޢާލާ ހަމަކުއްލިއަކަށް ޙާލަތެއް ކުރިމަތިކުރައްވަވައިފާނެތެވެ. ދިރިއުޅުމަށް މުޞީބާތެއް ކުރިމަތިކުރައްވައިފާނެތެވެ. ޞީއްޙީ މައްސަލަތަކެއް ކުރިމަތިކުރައްވަވައިފާނެތެވެ. ދެއްވެވި ތަނަވަސްކަން އަނބުރައި ގެންދަވާފާނެތެވެ.

އެ ހިސާބުން ޢާންމުގޮތެއްގައި މިއޮންނަނީ 2 ގޮތެކެވެ. އެގޮތަކީ ކުރިމަތިކުރެއްވެވި ޙާލަތާއިމެދު ޝަކުވާކުރަންފެށުމެވެ. އެކަމާއިމެދު ވިސްނަމުން ގޮސް މާޔޫސްބަލީގެ ޝިކާރައަކަށްވުމެވެ. ދެވަނަ ގޮތަކީ ތައުބާވެ ﷲ ތައާލާއަށް ދުޢާކުރަންފެށުމެވެ. ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމެވެ. 

މީސްތަކުންނޭވެ! ރަނގަޅަށް ވިސްނާށެވެ! އަހަރެމެން އެންމެން އަބަދުވެސް މިތިބެނީ ހަމަ އައިސީޔޫގައެވެ. ކޮންމެ މީހަކަށްވެސް ދިރިހުރެވެނީ ﷲ ތަޢާލާ ދެއްވަވާ ލައިފްސަޕޯޓުގައެވެ. ކޮންމެ ހިނދަކުވެސް އަނބުރައި ގެންދަވައިފާނެތެވެ. ވީމާ އެޙާލަތު ކުރިމަތިވުމުގެކުރިން ﷲ ތަޢާލާގެ މަގަށް އެނބުރޭށެވެ! 

ހުރިހާ މައްސަލަތަކެއްގެ ޙައްލަކީވެސް ހަމަ އެންމެ ކަމެކެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމެވެ. އެކަން ޙާޞިލުކުރެވިއްޖެނަމަ ކަންބޮޑުވާންޖެހޭނެ އެއްވެސް ކަމަކާއި ކުރިމަތިލާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ 

- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް