އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިޔާ މަޝްރޫޢުގެ އެޗް7 ކެޓަގަރީގެ ވަގުތީ ލިސްޓު އިޢުލާނުކޮށްފި

ހިޔާ މަޝްރޫޢުގެ އެޗް7 ކެޓަގަރީގެ ވަގުތީ ލިސްޓު އިޢުލާނުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް މުރާޖަޢާ ކުރެއްވުމަށްފަހު، (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު 1 އަދި 2 "ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީ" އިން މިއަދު އިޢުލާނުކުރައްވައިފިއެވެ. މި ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު،1 އަދި 2 ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިޢުކުރައްވާފައެވެ.

ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީއިން މިއަދު ނެރުއްވާފައިވާ އިޢުލާނާއެކު H07 ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރެއްވުމަށްފަހު، އެ ކެޓެގަރީއަށް ޝަރުޠު ހަމަވާ ފަރާތްތަކާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުގެ (ޝަރުޠު ހަމަނުވާކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާ ސަބަބާއެކު) ވަގުތީ ލިސްޓުތަކުގައި ޝާއިޢުކުރައްވާފައިވެއެވެ. އަދި، މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ވެސް، އެ ކަމުގެ ސަބަބާއެކު ވަގުތީ ލިސްޓުގައި ހާމަކުރައްވާފައިވެއެވެ.

ހަމަ އެއާއެކު، ކޮމިޓީއިން "ހިޔާ" މަޝްރޫޢުގެ H7 ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުމުގައި ބަލާފައިވާ ޝަރުތުތައްވެސް މި އިޢުލާނާއެކު ޢާންމުކުރައްވާފައެވެ.

"ހިޔާ މަޝްރޫޢު" ގެ H07 ކެޓަގަރީގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު، މިއަދުން ފެށިގެން 2020 ޑިސެންބަރު 13 ވަނަ ދުވަހުގެ 15:00 ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލާފައި ވަނީhttps://hcp.presidency.gov.mv ލިންކު މެދުވެރިކޮށެވެ. "ހިޔާ މަޝްރޫޢު" ގެ ދާއިމީ ލިސްޓް އެކުލަވައިލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެކަމަށާއި އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ބޭނުންވެލައްވާ ނަމަ 3010718 އަށް ގުޅުއްވުމަށް ވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީން އެދިވަޑައިގަންނަވައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ