އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަރަންޓީނު މުއްދަތަކީ ދިހަދުވަސް: އެޗްޕީއޭ

ކަރަންޓީނު މުއްދަތަކީ ދިހަދުވަސް: އެޗްޕީއޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ކަރަންޓީނު މުއްދަތަކީ ދިހަދުވަސް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްހަތާއި ރައްކާތެރި ކުރުމުގެ ޤާނޫނު ގެ ދަށުން 14 ދުވަހަށް ކަރަންޓީނުކުރަން އޮތް އުސޫލު ބަދަލުކޮށް މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ކަރަންޓީނު މުއްދަތަކީ 10 ދުވަސް ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ކަރަންޓީނު މުއްދަތަކީ 10 ދުވަހަށް ކުރުކުރި ނަމަވެސް އެޗްޕީއޭ އިން ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި އެއާޕޯޓް ހިންގާ ހުރިހާ ރަށެއްގައި ވެސް މީހުން ބޭރުތެރޭ އުޅޭއިރު މާސްކް އެޅުމަށާއި ބޭރުގައި އުޅޭ ވަގުތު އެކަކުއަނެކަކާ މަދުވެގެން ތިން ފޫޓު ދުރުމިން ބަހައްޓަން ޖެހޭނެކަމަށެވެ.

ކޮންމެހެންދޭންޖެހޭ ޚިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތައް 72 ގަޑިއިރުނުވާ ނެގެޓިވް ޕީ.ސީ.އާރް ނަތީޖާއަކާއި އެކު ދަތުރުކުރުމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު