އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނެއްކާވެސް މުފްތީ މެންކުގެ ޗެލެންޖެއް! "މިކަން މިގޮތަށް ކުރުމުން ހުރިހާ ކަންބޮޑުވުންތަކެއް ނުފިލައިފިނަމަ އަންގާލާ!"

އަނެއްކާވެސް މުފްތީ މެންކުގެ ޗެލެންޖެއް! "މިކަން މިގޮތަށް ކުރުމުން ހުރިހާ ކަންބޮޑުވުންތަކެއް ނުފިލައިފިނަމަ އަންގާލާ!"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ވަރަށް މަދުމީހަކު ނޫން އެންމެން އަބަދުވެސް އުޅެނީ ކަންބޮށުވުމެއްގައެވެ. ކޮންކަހަލަ ކަންބޮޑުވުމެއްހެއްޔެވެ؟ އެދޭ ކޮންމެވެސް ކަމެއް ޙާޞިލުނުކުރެވުމުގެ ކަންބޮޑުވުމުގައެވެ. އަތުގައި ފައިސާ މަދުވުމުގެ ކަންބޮޑުވުމުގައެވެ. ވަޒީފާ ނުލިބުމުގެ ކަންބޮޑުވުމުގައެވެ. ކޮންމެވެސް ބައްޔަކުން ފަސޭހަވުން ލަސްވުމުގެ ކަންބޮޑުވުމުގައެވެ. ލޯބިވެރިޔާ ޙާޞިލުނުކުރެވުމުގެ ކަންބޮޑުވުމުގައެވެ. ލޯބިވެރިޔާ ޙާޞިލުކުރެވިއްޖެނަމަ އުފާވެރި ޒަވާޖީ ޙަޔާތެއް ނުލިބުމުގެ ކަންބޮޑުވުމުގައެވެ. ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވުމުގެ ކަންބޮޑުވުމުގައެވެ. 

އެހެންކަމުން އަނެއްކާވެސް ކުރިމަތިމިލަނީ ޗެލެންޖަކާއިއެވެ. ތިމާއަށް އޮތީ ކޮންމެފަދަ، ކިތަންމެ ބޮޑު ކަންބޮޑުވުމެއް ކަމުގައިވީނަމަވެސް ކޮންމެ ނަމާދަކަށްފަހު ނުވަތަ ވަގުތުވާވަރަކުން ނަމަވެސް އެމީހަކަށް ކިޔެވޭ އެންމެ ރިވެތިކޮށް ކީރިތި ޤުރްއާނުން އެކަށީގެންވާ މިންވަރެއް ކިޔަވައި ކިޔަވާ އެއްޗެއްގެ މާނަ ހިތަށް ގެންނަން ފަށައިބަލާށެވެ! ކުރިމަތިވެފައިވާ މައްސަލައިން ނުވަތަކުން މައްސަލައިން އަރައި ނުގަނެވިއްޖެނަމަ އެކަން އަންގައިލާށެވެ! 

100% ޔަޤީންކަމާއިއެކު ބުނަމެވެ. ކީރިތި ޤުރްއާނުން ޙައްލު ނުކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. ޝިފާ ނުލިބޭނެ ބައްޔެއްވެސް ނުއޮންނާނެއެވެ. މިގެ މާނައަކީ ޤުރްއާން މިބުނިމަގުން ކިޔަވަންފަށާއިރަށް ތިބާއަށް މިލިއަނުން ފައިސާލިބޭނެ ވާހަކައެއް ނޫނެވެ. އަދި ޖެހިފައިވާ ބޮޑު ބައްޔަކުން ވަގުތުން ގަދަވާނެ ވާހަކައެއް ވެސް ނޫނެވެ. ރަނގަޅަށް އަޑުއަހާށެވެ! 

މިބުނާ ވާހަކައަކީ މިބުނި މަގުން ޤުރްއާން ކިޔަވަން ފަށައިފިނިމަ އެމީހަކަށް ބޮޑުވާނެ އޮންނާނީ ހަމައެންމެ ކަމެއްކަށެވެ.  އެއީ ތިމާއަށް އާޚިރަތް ނުލިބިދާނެކަމުގެ ކަންބޮޑުވުމެވެ. އެހެން ހުރިހާ ކަންބޮޑުވުމެއް ފިލައިގެންދާނެއެވެ. އެހެން އެއްވެސް ކަމަކީ ކަންބޮޑުވާންޖެހޭ މައްސަލއެއް ކަމަށް ޤަބޫލެއް ނުކުރރެވޭނެއެވެ! އެއިރުން ދުނިޔަވީ ހުރިހާ ކަމަކަށް އޮތް ކަންބޮޑުވުންތަކުން އަރައިގަނެވުނީ ނޫންހެއްޔެވެ؟ ހުރިހާ ކަންބޮޑުވުންތަކެއް ފިލީ ނޫންހެއްޔެވެ؟ 

މިއީ އަހަރެންދޭ ޔަޤީންކަމެއް ނޫނެވެ! ކީރިތި ޤުރްއާނުން ލިބޭ ޔަޤީންކަމެކެވެ. އެހެނީ ކީރިތި ޤުރްއާނަކީ ހުރިހާ މައްސަލަތަކެއްގެ ޙައްލެވެ. ހުރިހާ ބައްޔަކަށް އޮތް ޝިފާއެކެވެ. 

އަޅެ ނިކަން މިކަން ތަޖުރިބާކޮށްލަބަލާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް