އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނިމާދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެ!

ހަނިމާދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ހދ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %70 ވަނީ އެމްޓީސީސީ އިންް ނިންމާލައިފިއެވެ.

އެމްޓީސީސް ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތުގެ %95 ވަނީ ނިމިފައިވާކަމަށާއި  އަދި ދުވާރު ހެދުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތުގެ %85 އާއި ހޮޅިވަޅުލުމުގެ މަސައްކަތުގެ %48 ވަނީ ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން ފެންހިންދާ ނިޒާމް ޤާއިމުކުރުމަށް ބޭނުންވާ މެޓީރިއަލްސް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާތީ، ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް ކަމަށް އެމްޓީސީސް އިން ވަނީ ބުނެފައެވެ. 

މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، 19,679.7  އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސް އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 46.7 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢު މޮބިލައިޒް ކޮށްފައިވަނީ 15 ޖޫން 2019 ގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ