އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާ ގޮވައިގެން ބާޒާރަށް ގޮސް ކިޔާހައި އަގަށް ތަކެތި ގަތުމަކީ ސަޅިކަމެއް ނޫން!

އަނބިމީހާ ގޮވައިގެން ބާޒާރަށް ގޮސް ކިޔާހައި އަގަށް ތަކެތި ގަތުމަކީ ސަޅިކަމެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ބައެއް ފިރިން އެމީހުންގެ އަނބިން ގޮވައިގެން ފިހާރަތަކާއި މާރުކޭޓުތަކަށް ގޮސް ކިޔާހައި އަގަކަށް ތަކެތިގަތުމަކީ ކުރާކަމެކެވެ. އެއީ މޮޅުކަމެއްކަމަށް ދެކުނު ނަމަވެސް އެއީ އެއްވެސް މޮޅުކަމެއް އަދި ސަޅިކަމެއްވެސް ނޫނެވެ. އަތުގައި ކިތަންމެ ގިނައިން ފައިސާހުރިނަމަވެސް މެއެވެ. 

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ދިރިއުޅުމެއް އުޅެވެން އޮތީ ވަރަށް ގިނަ ޚަރަދުތައްކޮށްގެންނެވެ. އެކަންކަމަށް ފައިސާ ބޭނުންވެއެވެ. މުހިންމީ އެކަންކަމަށް ޚަރަދުކުރާނެ ފައިސާ އަތުގައި ސޭވްކޮށްފައި ބެހެއްޓުމެވެ. 

ފަހަރެއްގައި އެގޮތަށް އެޚަރަދުކުރަނީ ފައިސާ ލިބޭލެއް ފަސޭހަކަމުންކަމަށްވެދާނެއެވެ. ނުވަތަ ގިނަކަމުންކަމަށްވެސް ވެދާނެއެވެ. އެހެނަސް ކަމުގެ ޙަޤީޤަތަށްބަލައިފިނަމަ އަބަދުވެސް އުޅެން މިޖެހެނީ އަތުގައި ފައިސާ މަދުވެގެންނެވެ. މިއަދު ތަނަވަސްކަމުގައި އުޅޭ ގިނަ މީހުން މާދަމާ އުޅެންޖެހެނީ ޚަރަދުކުރާނެ ފައިސާ އަތުގައި ނެތިގެންނެވެ. 

މީހަކު ބުންޏެވެ. "އަހަރެން ހަމަ ހައިރާނަވަމެވެ. ބާޒާރުމަތީ މާރުކޭޓާއި އެއްގަމު މާރުކޭޓުގެ އަގުތައް އެހައި ތަފާތުއިރުވެސް އަދި އެއް މާރުކޭޓުގައި ވެސް ވަރަށް ތަފާތު އަގުތަކުގައި ތަކެތި ވިއްކާއިރުވެސް އެއްވެސް ވަރަކަށް ބަލައިލުމެއް ނެތި މީހުން ތަކެތި ގަނެއެވެ. އެގޮތަށް ގިނައިން ގަންނަނީ އަނބިން ގޮވައިގެންދާ މީހުންނެވެ. ދެވަނަ ތަނަކުން އަގުބަލައިލުމަކީ ލަދުގަންނަކަމަކަށް ވަނީކަމަށްވެދާނެއެވެ! މިއަދުވެސް އަހަރެން 35 ރުފިޔާއަށް ކިލޯއެއްގެ ރޭޓުން ދޮންކެޔޮ އަރިއެއް ގަނެގެން ހުއްޓައި ހަމައެފެންވަރުގެ ކެޔޮ މީހަކު 55 ރުފިޔާއަށް ގަތީ އެއްވެސް ވަރަކަށް ބަލައިލުމެއް ނެތިއެވެ." 

މިފަދަ ކަންކަމަށް ވިސްނައިލުމަކީ މުހިންމުކަމެކެވެ. އެންމެ ރުފިޔާއެއް އަގުހެޔޮކޮށް ގަނެވުނު ނަމަވެސް ޢާއިލާއަށް ކުރަންޖެހޭ އެހެން ޚަރަދުތައް ކުރަން ފައިސާ އިތުރުވާނެތީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް