އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރަނިވެރިވުމުގެ ނުރައްކާ މިހައިބޮޑުކަން އެނގުމުންވެސް ހަމަ ދަރަނިވެރިވާނަންހެއްޔެވެ؟

ދަރަނިވެރިވުމުގެ ނުރައްކާ މިހައިބޮޑުކަން އެނގުމުންވެސް ހަމަ ދަރަނިވެރިވާނަންހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 24 ސިކުންތު

މިއަދު ގިނަ ބައަކު ދަރަނިވެރިވްމުންދަނީ ކާންބޯން ނުލިބިގެނެއް ނޫނެވެ. އަދި ކޮންމެހެން ފުއްދަން ޖެހޭ ޒަރޫރީ ބޭނުންތައް ނުފުއްދިގެނެއްވެސް ނޫނެވެ. ދިރިއުޅުމުގެ ފެންވަރުމަތިކޮށްލުމަށެވެ. އަނެކާ އާއި އެއްފެންވަރުގައި ދިރިއުޅުމަށެވެ. އެންމެ ފަހުން ބާޒާރަށް ނެރޭ ފޯނާއި ސައިކަލުގަތުން ފަދަ ކަންކަމަށްވެސްމެއެވެ. އަދި އުފާކޮށްލަން ޗުއްޓީ ދަތުރުތައްކޮށްލުމަށްވެސް އެބަ ދަރަނިވެރިވެއެވެ. 

މިފަދަ ފަރާތްތަކުން الشيخ خالد بن علي الغامدي –حفظه الله ގެ މި ބަސްފުޅުތައް ދެނެގަތުން ވަރަށް ބުއްދިވެރިއެވެ. 

އަޅުތަކުންގެ ޙައްޤުތަކުގެ ތެރެއިން މީސްތަކުން ވަރަށް ބޮޑަށް ފަރުވާކުޑަކޮށްލާފައިވާ އެއްކަމަކީ ދަރަނީގެ ކަންކަމެވެ. އެއީ މުސްލިމުންގެ މުޖުތަމަޢުތަކާއި އެނޫން މުޖުތަމަޢުތަކުގައިވެސް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމެކެވެ. ދަރަނި ދޭމީހުންނާއި ދަރަނި ނަގާމީހުން ކޮންމެ މުޖުތަމަޢަކުންވެސް ފެންނާނެއެވެ. އެހެންކަމުން މިކަމަކީ ތެދުވެރިކަމާއެކު މިކަމުގެ ޙުކުމްތައް ބަޔާންކޮށްދީ، އިރުޝާދުދީ އަދި ނަސޭހަތްތެރިވެ، ހަނދާންކޮށްދިނުމަށް ބޭނުން ޖެހިފައިވާ ކަމެކެވެ.

ގިނަ މީހުންވަނީ އެބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ދަރަނީގެ ދޮރު ހުޅުވާލާ، އެކަމުން އިސްރާފުކޮށް، އެކަމުގެ ތެރޭގައި މީހާ މާޔޫސްވެ ވަރުބަލިވެފައެވެ. އެބައިމީހުންނަށް ތަހަންމަލު ކުރެވިދާނެ ކަންކަމުގައިވެސް އެބައިމީހުން އަވަސްއަރުވާލާ، ވަރަށް ފަސޭހައިން މީހެއްގެ އަތުން ފަހުންދޭ ގޮތަށް އެއްޗެހި ނަގައެވެ. އެކަމާމެދު ވިސްނާ، ހިސާބުކޮށް ބެލުމަށް މަޑުކުރުމެއް ނެތި އަވަސްއަރުވާލައެވެ. ޝަރުޢީ ގޮތުން ދަރަނީގެ ޙުކުމްތަކާއި އަދަބުތައްވެސް ނޭނގޭ ޙާލެވެ. އެބައިމީހުން އެކަމުގައި ފަރުވާކުޑަކޮށްލައެވެ. އެއިން ސަލާމަތްވެވެން އޮތް އިރުވެސް، ނިމުމެއް ނެތް ދަރަނިތަކާއި ޙައްޤުތަކުގެ ތެރޭގައި އެބައިމީހުންގެ ނަފްސުތައް ބަނދެވިފައިވެއެވެ.

މުސްލިމުންނަށް ވާޖިބުވެގެންވަނީ މީސްތަކުންގެ މުދަލާއި ޙައްޤުތަކުން އެއްކިބާވެ ދަރަނި ނެގުމުންވެސް ރައްކާތެރިވުމެވެ. އެހެނީ މީސްތަކުންނާ ގުޅުންހުރި ޙައްޤުތަކުގައި ދުނިޔޭގައި އަޅަކަށް ސަލާމަތްވެވުނު ކަމުގައިވިޔަސް، އާޚިރަތުގައި ޢަދުލުވެރި ފަރާތުގެ ޙިސާބުބެއްލެވުމުން ސަލާމަތެއް ނުވެވޭނެއެވެ. މީސްތަކުންގެ ޙައްޤުތަކުގައި އަނިޔާވެރިވެފައިވާ މީހުންނާއި ޙައްދުފަހަނައަޅާފައިވާ ކޮންމެ މީހެއްގެ ކިބައިން ޤިޔާމަތްދުވަހުން ﷲ ތަޢާލާ ޤިޞާޞް ހިއްޕަވާނެއެވެ.

ހަމަކަށަވަރުން ދަރަނީގެ ކަންކަމަކީ ﷲ ގެ ޙަޟްރަތުގައި ވަރަށް މަތިވެރި ކަމެކެވެ. ޤުރުއާނުގައިވާ އެންމެ ދިގު އާޔަތް އެއިލާހު ބާވައިލެއްވީ އެކަމާ ގުޅޭގޮތުންނެވެ. އެއީ ބަޤަރާ ސޫރަތުގެ ފަހުކޮޅުގައިވާ ދަރަނީގެ އާޔަތެވެ.

ދަރަނީގެ ބުރައިންނާއި، މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ގަދަވެގެންފާނެތީއާއި ދަރަނިވެރިވުމުންނާ އަދި ފާފަކުރުމުން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށްއެދި ނަބިއްޔާ صلى الله عليه وآله وسلم ގިނަގިނައިން ދުޢާކުރައްވާކަން ޘާބިތުވެފައިވެއެވެ.

ދެދީނާރުގެ ދަރަންޏެއް އޮތް މީހެއްގެ ދަރަނި އަދާކުރުމަށް އަބޫ ޤަތާދާ رضي الله عنه ހަވާލުވެވަޑައިގެންފުމަށްދާންދެން އޭނާގެ މައްޗަށް ކަށުނަމާދު ކުރެއްވުމަށް ނަބިއްޔާ صلى الله عليه وآله وسلم ދެކޮޅު ހެއްދެވިއެވެ. ދެން އެއަށްފަހު، އަބޫ ޤަތާދާ رضي الله عنه އެދަރަނި އަދާކުރެއްވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

"الْآنَ بَرَدَتْ عَلَيْهِ جِلْدُهُ» [رواه أحمد وحسنه الألباني]

މާނައީ: "މިހާރު އޭނާގެ ހަންގަނޑަށް ފިނިކަން ލިބިއްޖެއެވެ."

 ދަރަންޏެއް ނުދައްކާ ވަނިކޮށް ޞަޙާބީ ބޭކަލަކު އަވަހާރަވުމުން އެކަލޭގެފާނުގެ އަޚާއަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ أَخَاكَ مَحْبُوسٌ بِدَيْنِهِ، فَاقْضِ عَنْهُ» [رواه أحمد وصححه الألباني]

މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ އަޚާ އެވަނީ ދަރަނީގެ ސަބަބުން ބަންދުކުރެވިފައެވެ. ފަހެ އޭނާގެ ކިބައިން ދަރަނި އަދާކޮށްދޭށެވެ."

ނަބިއްޔާ صلى الله عليه وآله وسلم ޙަދީޘްކުރެއްވިއެވެ.

«يُغْفَرُ لِلشَّهِيدِ كُلُّ ذَنْبٍ إِلَّا الدَّيْنَ» [رواه مسلم]

މާނައީ: "ޝަހީދުންގެ ހުރިހާ ފާފައެއް ފުއްސަވައިދެވޭނެއެވެ. ދަރަނި ފިޔަވައެވެ."

 ދަރަނީގެ ކަންކަމުގައި ޝަރީޢަތުގައި އެހާ ވަރުގަދައަށް އައިސްފައިވަނީ މީސްތަކުންގެ މަސްލަޙަތާއި ޟަރޫރީކަންކަން ރައްކާތެރިކުރުމުގެ ގޮތުން އައިސްފައިވާ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުންނެވެ. އެފަދަ ޙައްޤުތަކުގެ ތެރޭގައި މުދާ ރައްކާތެރިކުރުން ހިމެނެއެވެ.

ނަބިއްޔާ صلى الله عليه وآله وسلم ޙަދީޘް ކުރެއްވިއެވެ.

«إِنَّ الرَّجُلَ إِذَا غَرِمَ، حَدَّثَ فَكَذَبَ، وَوَعَدَ فَأَخْلَفَ» [متفق عليه]

މާނައީ: "ހަމަކަށަވަރުން މީހަކު ދަރަނިވެރިވުމުން ވާހަކަދައްކާއިރު ދޮގުހަދައެވެ. އަދި ވަޢުދުވެފައި އެއާވެސް ޚިލާފުވެއެވެ."

މުސާރައިގެ ބޮޑުބައެއް ދަރަނި ފުއްދުމުގައި ހޭދަކުރަން ޖެހިދާނެއެވެ. އެހެންކަމުން އަނެއްކާވެސް ދަރަންޏަށް އެދެން އޭނާއަށް ޖެހިދާނެއެވެ. މިގޮތަށް އަބަދު ދަރަނި ނެގުމުގައި އުޅެން ޖެހިދާނެއެވެ. މިއީ އޭނާގެ އަމިއްލަ ނަފްސަށް ވެވޭ އިހާނެތިކަމެކެވެ. ތިބާގެ އަމިއްލަ ނަފްސު އިހާނެތިކޮށްލުމަކީ މުއުމިނުންނަށް އެކަށީގެންވާކަމެއް ނޫނެވެ.

ދަރަނި ނަގާ މީހުންގެ ތެރެއިން ގިނަ މީހުންނަށް ފިކުރު ބޮޑުވުމާއި މާޔޫސްވުންފަދަ ކަންކަމާ ކުރިމަތިލާން ޖެހެއެވެ. އަދި އެކަމުގެ ސަބަބުން ބައެއް މީހުން ބަލިވެ، އެމީހުންގެ ޞިއްޙަތަށް އޭގެ ނޭދެވޭ އަސަރުކުރެއެވެ. އަދި އެބައިމީހުންގެ ބުއްދިތަކާއި ހިތްތައް ދަރަންޏާއި ދަތި އުނދަގޫ ކަންކަމާއި މީސްތަކުންގެ ގާތުން އެދެންޖެހިފައިވާ އެދުންތަކުގެ ކަންކަމުގައި އަވަދިނެތިވުމުގެ ސަބަބުން ކިޔަމަންތެރިކަން އަދާކުރުމާއި ﷲ އަށް ކުއްތަންވުމުގެ ޢަމަލުތައް ކުރުމުން އޭނާ ޣާފިލުވެއެވެ.

- الشيخ خالد بن علي الغامدي –حفظه الله

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް