އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިބިލީހަކީ ތިބާ ފާފަކުރެވުމުން ސަލާމަތްކޮށްދޭ އައްޑަނައަކަށް ހަދާށެވެ! އެއިރުން އެއްވެސް ފާފައެއް ނުކުރެވޭނެއެވެ!

އިބިލީހަކީ ތިބާ ފާފަކުރެވުމުން ސަލާމަތްކޮށްދޭ އައްޑަނައަކަށް ހަދާށެވެ! އެއިރުން އެއްވެސް ފާފައެއް ނުކުރެވޭނެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

އާޚިރަތް އެދިގެން މަސައްކަތްކުރާ މީހާ ފުރަތަމަކަމަކަށް އަވަހަށް ޝައިޠޯނާގެ މަގުން އެއްކިބާވެ ޝައިޠޯނާ މާޔޫސްކޮށްލާށެވެ! ޝައިޠޯނާ އެންމެ ބޮޑަށް މާޔޫސްވާނީ އެކަލޭގެއަށް ކޮޅުކެހިދިނުމުންނެވެ. ޝައިޠޯނާއަށް ކޮޅުކެހި ދެވޭނެއެވެ. 

އެކަންކުރަން ޢަމަލުކުރަންޖެހޭ ގޮތަކީ ޝައިޠޯނާގެ ވަސްވާހަށް ހެއްލެވި ކިތަންމެ ކުޑަނަމަވެސް ފާފައެއް ކުރެވޭއިރަށް އެއިގެ ބަދަލުގައި 1 ނުވަތަ 2 ނުވަތަ އެއަށްވުރެވެސް ގިނައިން ހެޔޮ ޢަމަލުކުރުމެވެ. 

މިސާލަކަށް ﷲ މަގުގައި ވެވުނު ވަރަކަށް ޞަދަޤާތްކުރާށެވެ! އަނބިދަރިންނަށާއި މައިންބަފައިންނަށް ނަމަވެސްމެއެވެ. ފައިދާހުރި ޛިކުރުތައް ކިޔާށެވެ! 2 ރަކްޢަތް ނަމާދެއް ނުވަތަ އެއަށްވުރެ ގިނައިންކޮށްލާށެވެ! 

ޝައިޠޯނާ އެންމ ރުޅިގަދަވާ ކަމަކީ ﷲ ތަޢާލާއަށް ސަޖިދަކުރުމެވެ. ވީމާ ފާފައެއް ކުރެވުމުން ވިއްދައިގެން ސަޖިދަކުރަން ފަށައިފިނަމަ (ސުންނަތް ނަމާދުކުރާނަމަ) ޝައިޠޯނާ މަސައްކަތްކުރާނީ އެމީހަކު ފާފަކުރިއަ ނުދިނުމަށެވެ. ފާފައެއް ކުރެވެން އުޅޭއިރަށް އައިސް ފާފަނުކުރަން ވަސްވާސްދޭނެއެވެ. އެއީ އޭނާޢަށް ފާފައެއް ކުރެވުމުން ވިއްދައިގެން ސަޖިދަކުރާތީ ސަޖިދަކުރިއަ ނުދިނުމަށެވެ. 

ފާފަކުރެވުމުން ސަލާމަތްވާން މަސައްކަތްކުރި މީހުންގެ ތަޖުރިބާއިން އެނގޭގޮތުގައި ފާފަކުރެވުމުން ސަލާމަތްވުމަށް އޮތް އެންމެ ފަސޭހަ މަގަކީ ފފައެއް ކުރެވުމުން އަވަހަށް ތައުބާވެ 2 ރަކްޢަތް ނަމާދެއް ކުރުމެވެ. އެކަމުގެ މައްޗަށް ބައެއް ޢިލްމުވެރިން ވަނީ ބޮޑެތި ފޮތްތައްވެސް ލިޔުއްވައިފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް