އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަޖިދައިން އެކަނި ލިބޭ ޞީއްޙީފައިދާ އާއި ސަޖިދައާއިމެދު ވިސްނައިލަން ޖެހޭ ބައެއް ކަންކަން: މުފްތީ މެންކް

ސަޖިދައިން އެކަނި ލިބޭ ޞީއްޙީފައިދާ އާއި ސަޖިދައާއިމެދު ވިސްނައިލަން ޖެހޭ ބައެއް ކަންކަން: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

ﷲ ތައާލާ އަންގަވާފައިވަނީ 7 ގުނަވަން މަތީގަ ސަޖިދަކުރުމަށެވެ. އެއީ ނިތްކުރިއާއި (ނޭފަތުގެ ކޮޅުޖެހޭގޮތަށް) ދެއަތްތިލައާއި ދެ ކަކުލާއި ދެފައިތިލައިގެ އިނގިލިތަކުގެ ކޮޅު ޖައްސައިގެން ސަޖިދަކުރުމެވެ. 

މިފަދައިން ސަޖިދައިގައިގައި އޮންނަވަގުތުގެ އެންމެ ޚާއްޞަކަމަކީ އެވަގުތަކީ އެމީހަކާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތެވެ. އެވަގުތުގައި ވަރަށް ޚާއްޞަ ޞިއްޙީ ކަމެއްވެސް އެކުލެވިގެންވެއެވެ. އެހެނީ އެވަގުތަކީ ސިކުނޑިއަށް ލޭފޮނުވައިދޭން ހިތަށް އެންމެ ފަސޭހަވަގުތުކަމުގައިވެގެންދާތީއެވެ. 

ޢާންމުގޮތެއްގައި އޮށޯވެ އޮންނަނީ ބޯދަށަށް އެއްޗެއް ލައިގެންނެވެ. ވީމާ ބޯ އޮންނާނީ ހިތަށްވުރެ މަތީގައެވެ. އަދި ކޮޅަށްހުންނައިރުވެސްމެއެވެ. ނަމަވެސް ސަޖިދައިގައި އޮންނައިރު ބޯއޮންނާނީ ހިތަސްވުރެ ތިރީގައެވެ. އެކަމުގެ ސަބަބުން ހިތުން ސިކުނޑިއަށް ލޭފޮނުވައިދިނުން ފަސޭހަވެގންދެއެވެ. މިހިރީ ވެސް ސަޖިދައިގައި ފޮރުވިގެންވާ ޞިއްޙީ ފައިދާތަކެވެ. 

ސަޖިދައިގެ މަޤާމު ނޫން ހުރިހާ ޙާލަތެއްގައިވެސް އަބަދުވެސް އެންމެ މަތީގައި ހުންނަ ތިމާގެ ބޯ ސަޖިދައިގައި އެންމެ ތިރިކޮށް ބިންމަތީގައި މިޖައްސަނީ ކީއްކުރަންހެއްޔެވެ؟ "ޔާ ﷲ! މިއަޅާއަށް އިނބަ ﷲ ދެއްވެވި ދަރަޖައެއް ފިޔަވައި އެއްވެސް މަތިވެރިކަމެއް ލިބިގެން ނުވާކަން" ބަޔާންކޮށް ﷲ ތަޢާލާގެ ޙަޟްރަތުގައި ނިކަމެތިވެގަތުމަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެފަދައިން ގިނަގިނައިން ނިކަމެތިކަން ބަޔާންކުރުމަކީ އެމީހެއްގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުއްލަވައިދެއްވަވާ ކަމެކެވެ. އިން ޝާ ﷲ 

ވީމާ ސަޖިދަކުރަން އަންގަވާފައިވާ ގޮތަށް ގިނަގިނައިން ސަޖިދަކުރާށެވެ! އެކަމުން ލިބެން އޮތް ފައިދާ އެންމެ ބޮޑަށް ލިބިގަންނާށެވެ!ސަޖިދައިގައި ދުޢާކުރުން ގިނަކުރާށެވެ! ތިމާގެ ހުރި ނިކަމެތިކަން ބަޔާންކުރާ ހާލުގައެވެ. 

 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް