އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކައިން ސަލާމަތްވުމަށް ކުރެވިދާނެ 7 ކަމެއް!

ނަރަކައިން ސަލާމަތްވުމަށް ކުރެވިދާނެ 7 ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ނަރަކައިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރުމަކީ ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ކަންތަކެވެ. އެކަމަށް ދެބަސްވާނެ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ. އެހެނަސް ހިތަމައަކީ އެކަމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވުމެވެ. 

ނަރަކައިން ސަލާމަތްވުމަށް ކުރަން އޮތް 7 ކަމެއް ފާހަގަކޮށްލާނަމެވެ. 

1 ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވުމާއި ރަސޫލް ﷺގެ ސުންނަތަށް ޢަމަލުކުރުން  

2 މީސްތަކުންނަށް ހެޔޮކޮށް ހިތުން 

3 ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކުރުމާއި ސުންނަތް ނަމާދުތައްކުރުން ގިނަކުރުން 

4 އެކަނި އިނދެ ﷲ ތަޢާލާއަށް ބިރުވެތިވެ ލޮލުން ކަރުނަ އެޅުން 

5 ސުންނަތް ރޯދަހިފުން ގިނަކުރުން 

6 ޞަދަޤާތްކުރުން ގިނަކުރުން 

7 ނަރަކައިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުން-

މިކަންކަން ކުރުމަކީ ނަރަކައިން ސަލާމަތްވުމަށް ހުރި މަގުތައްކަން ކޮންމެ މުސްލިމަކަށްވެސް ހަމަ ވަރަށް ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް ހިތާމައަކީ ޢަމަލު ނުކުރެވޭ ކަމެވެ. ތަކުރާރުކޮށް ހަނދުމަކޮށްދޭން މިޖެހެނީ ހަނދުމަކޮށްދިނުމުގެ ގޮތުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް