އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިމަތިވާ މުޞީބާތަކީ ބޮޑު ރަޙްމަތަކަށްވާކަން ޤުރްއާނުން‍

ކުރިމަތިވާ މުޞީބާތަކީ ބޮޑު ރަޙްމަތަކަށްވާކަން ޤުރްއާނުން‍


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ވަޒީފާ ގެއްލުނު ނަމަވެސް އަދި ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވިނަމަވެސް އެއީ ރަޙްމަތަކަށްވެގެންދާކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. 

ޔޫސުފްގެފާނުގެ ސިޔަރަތަށްބަލާށެވެ! ޔޫސުފްގެފާނުގެ އަޚުން އެކަލޭގެފާނު ގެންގޮސް އެ ބޮޑު ފުން ފެންވަޅަށް ވައްޓައި ނުލިނަމަ މިޞުރުގެ ވެރިކަމަށް ވަޑައިގަތުމަށް އޮތީ ކޮން ފުރުޞަތެއް ހެއްޔެވެ؟ ކޮންމެ ކަމެއްވެސް އެންމެ މޮޅަށް ރާއްވަވަނީ ހަމަ ﷲ ތަޢާލާއެވެ. 

ވީމާ ކަމެއް ކުރިމަތިވާއިރަށް މިއީ ތިމާގެ ނިމުން ކަމުގައި ނުދެކޭށެވެ! އެކަމުގެ ފަހަތުން އަންނަން އޮތީ ކޮންފަދަ ބޮޑު ނިޢްމަތެއްކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ހުރިހާ ކަންކަން މިންވަރުކުރައްވަވާ ﷲ ތަޢާލާއެވެ. 

ދެން ބުނެލަން އޮތީ ޔޫސުފްގެފާނުގެ ސިޔަރަތުން ބަލަންވީ ހަމައެކަނި ފެންވަޅުގެ ހާދިސާއަކަށްނޫނެވެ. ﷲ ތަޢާލާގެ މަގުގައި ށާބިތުވެވަޑައިގެންނެވި މިންވަރަށާއި ކެތްތެރިވެވަޑައިގެންނެވި މިންވަރަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ދަރުމަ އިތުރުވެގެންދާނީ ﷲ ތަޢާލާގެ މަގުގައި ސާބިތުވީ މިންވަރަކުންނެވެ. ޔޫސުފްގެފާނުގެ ސިޔަރަތު ޤުރްއާނުގައި އެހައި ތަފްޞީލުކޮށް ބަޔާންކުރައްވަވާފައިއެވަނީ އެ ސަބަބަށްޓަކައެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް