އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަގުބަންދުވެ ގިނައިރުތަކަށް ޓްރެފިކް ތާށިވާ މިފަދަ ތަންތަން ސިނާޢީ އަވަށަށް ބަދަލުނުކުރަނީ ރައްޔިތުންނަށް ޖެއްސުންކުރަންތަ؟

މަގުބަންދުވެ ގިނައިރުތަކަށް ޓްރެފިކް ތާށިވާ މިފަދަ ތަންތަން ސިނާޢީ އަވަށަށް ބަދަލުނުކުރަނީ ރައްޔިތުންނަށް ޖެއްސުންކުރަންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ޚަބަރުގައިވާ ފޮޓޯއިން ތިއަ ފެނިވަޑައިގަންނަވަނީ މުޅި އެސްރަހައްދަށް ޖެހިފައިވާ އެންމެ ބޮޑު ވަބާ ކަމަށް ގިނަ ބައަކު ބުނެއެވެ. އެތަނުގެ ކޮންމެވެސް ކަމަކާއި ގުޅިގެން މަގު ބަންދުވެފައި ނުއޮންނަ އިރެއް މަދުކަމުންނެވެ. މިކަމާ ކަންބޮޑުވާ މީހުންގެ ސުވާލަކީ މަގުބަންދުވެ ގިނައިރުތަކަށް ޓްރެފިކް ތާށިވާ މިފަދަ ތަންތަން ސިނާޢީ އަވަށަށް ބަދަލުނުކުރަނީ ރައްޔިތުންނަށް ޖެއްސުންކުރަންތަ؟ 

އިއްޔެގެ ޢަޞްރުނަމާދަށް ދިއަ މީހަކު ކިޔައިދިނެވެ. 

"އާދައިގެމަތިން އަމީނީމަގަށް ނުކުންނަން އެގޯޅިއަށް ވަދެ މެދާއިހަމައަށް އާދެވުނުތަނާ ކުއްލިއަކަށް ޓްރެފިކްބްލޮކްވެއްޖެއެވެ. އަތަކަށް ގުޑައިލެވޭކަށް ނެތެވެ. އަނބުރައި ނުކުމެވޭނެ ގޮތެއް ނެތެވެ. ދެކޮޅުން ބެދިތާށިވީއެވެ. 

އެހެން އިންދާ ޓްރެފިކް ފުލުހަކު އައިސް ބުނީ "ވަރަށް ގިނަވަގުތު ނަގާނެ" ކަމަށެވެ. އެއިރު ޢަޞްރު ނަމާދު ބަންގި ގޮވަންފަށައިފިއެވެ. ދެން ކޮޅުކޮޅު ހާވައި ބަލައިލިއިރު އެއީ މަނާކަމެއް ނަމަވެސް ދިވެހިރާއްޖޭގެ އާޑާއި ދިމާއިން ޕޭވްމަންޓްމަންޓަށް ސައިކަލް އަރުވައިގެން އަމީނީމަގަށް ނުކުތްތަނާ ގަދަނޫ ގަމީހެއް/ސަފާރީއެއް ފާޑުއެއްޗެއް ލައިގެން ހުރި މީހަކު އަޅުގަނޑޫ ހުއްޓުވައިފިއެވެ. އަދި މަގު ހުޅުވެންދެން މަޑުނުކުރީ ކީއްވެގެންތޯ ސުވާލުކޮށްފިއެވެ. 

އަޅުގަނޑު ބުނީމެވެ. ބަންގި މަޑުނުކުރާތީއެވެ. ދެން އެބޭފުޅާ ވިދާޅުވީ ސައިކަލް ބަހައްޓާފައި ހިނގާފައިދިއަ ނަމައެވެ. 

ހަމަ ޔަޤީނުންވެސް މިއީ ފުލުހަކު ދައްކާ ޒާތުގެ ވާހަކައެއް ނޫނެވެ. މަގުބަންދުވީމާ މަގުމެދުގައި ސައިކަލް ބަހައްޓާފައި ހިނގާފައިދާކަށް ބުއްދި ސަލާމަތުން ހުރި ފުލުހަކު ނުބުނާނެއެވެ."

ކޮންމެއަކަސް މިއީ ދުވާލުގެ ގިނަވަގުތުތަކުގައި އެގޯޅީގައި ކަންކަން ހިނގާ ގޮތްކަން ދުއްވާ މީހުންނަށް އެނގޭނެއެވެ. ސުވާލަކީ ސިނާޢީ ރަށް ހިއްކިއިރު ދެއްކި ވާހަކަ ކޮބައިހެއްޔެވެ؟ މިއަދާއި ހަމައަށްވެސް މިފަދަ ތަންތަން ބަދަލުނުކޮށް މިބަހައްޓަނީ ރައްޔިތުންނަށް ޖެއްސުންކުރަންހެއްޔެވެ؟ އެންމެ ކުޑަމިނުން މަގު ބަންދުކޮށްލާއިރު ގޯޅިއަށް ނުވަދެވޭ ގޮތަށް ބޯޑުވެސް ޖަހާނުލައި މީހުން ގޯޅިއަށް ވައްދުވާފައި ތިއަ ތާށިކޮށްލަނީ ރައްޔިތުންނަކީ އަޅުންކަމަށް ބަލައިގެން ބޭނުންހައި ގޮތެއް ހަދަން ކަމަށް ހެއްޔެވެ؟

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް