އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޯމާގަ އޮތް އަނބިމީހާއަށް ކޮންމެ ދުވަހަކު ލޯބީގެ ލަވަތައް ކިޔައިދެމުން ދަނިކޮށް ފަނަރަ އަހަރުފަހުން ހޭއެރުމާއެކު ލަވަކިޔަންފެށިވާހަކަ!

ކޯމާގަ އޮތް އަނބިމީހާއަށް ކޮންމެ ދުވަހަކު ލޯބީގެ ލަވަތައް ކިޔައިދެމުން ދަނިކޮށް ފަނަރަ އަހަރުފަހުން ހޭއެރުމާއެކު ލަވަކިޔަންފެށިވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

އޭނާގެ އަންހެނުން ކޯމާގައި އޮންނަތާ އެތައް އަހަރެއްވެއްޖެއެވެ. އޭނާގެ ފިރިމީހާ އޭނާގެ ގާތަށް އައިސް ކައިރީގައި އިނދެ ކޮންމެ ދުވަހަކުވެސް އަނބިމީހާއަށް ލޯބީގެ ލަވަތައް ކިޔައިދެއެވެ. އެކަމުގައި އެތައް ވަގުތުތަކެއް ހޭދަކުރެއެވެ. 

އެމަންޒަރު ދެކެން ކޮންމެ ދުވަހަކުވެސް ހުންނަ ނަރުހަކު އެއްދުވަހަކު ފިރިމީހާ އާއި ސުވާލުކުރިއެވެ. "ކޯމާގައި އޮތް މީހެއްގެ ގާތު ކޮންމެ ދުވަހަކު ލަވަކިޔަނީ ކީއްވެގެން ހެއްޔެވެ؟" 

ޖަވާބުގައި އޭނާ ބުންޏެވެ. "އެއީ އަހަރެންގެ ލޯބިވާ އަނބިމީހާ ކަމުގައިވީތީއެވެ. އޭނާ ގަދަވެ ސަލާމަތުން ހުރިއިރު، އަަހރެން ކަންބޮޑުވެގެން އުޅޭ ވަގުތެއްނަމަ އަހަރެންގާތުގައި އިނދެ ލޯބިން ފިރުމަމުން ލޯބީގެ ލަވަތައް ކިޔައިދެއެވެ. މިއަދަކީ އަހަރެން އޭނާއަށް ލަވަތައް ކިޔައިޑޭންޖެހޭ ދުވަހެވެ. އަޑު އިވޭނަމަ އޭނާ އުފާވާނެއެވެ. އަހަރެން އޭނާދެކެ ލޯބިވާކަންވެސް އެނގޭނެއެވެ! އަޑުނީވޭނަމަ އިވޭނެ ދުވަހެއް އަންނާނެއެވެ!"

އެއިގެ ވެސް އެތައް އަހަރެއްފަހެވެ. ކޯމާގައި އޭނާ އޮންނަތާ 15 އަހަރުފަހެވެ. އެންމެން ޙައިރާންކޮށްލުވީ އަނބިމީހާ ހޭއެރުމާއިއެކު ފިރިމީހާގެ މޫނުގައި ފިރުމާލަމުން ލަވަކިޔަން ފެށުމުންނެވެ. އަނބިމީހާބުނީ ކޯމާގައި އޮތްއިރުވެސް ކޮންމެ ދުވަހަކު ކިޔައިދިން ލަވަތަކުގެ އަޑު އިވުނުކަމަށެވެ. 

ޢިބްރަތް: 

ލޯބިވާންވީ ހަމައެކަނި ގަދަވެހުންނައިރަކު ނޫނެވެ. ކޯމާގައި އޮތްނަމަވެސް ލޯބިވާށެވެ! ލޯބިވާކަން ޢަމަލުން ދައްކާށެވެ! ނަތީޖާ ހަމަވަރަށް ފޮނިވުމުގެ ފުރުޞަތު ހަމައެބައޮތެވެ. އިން ޝާ ﷲ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް