އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްރީލަންކާގަ ކޮވިޑް ޖެހުނުކަމަށްބުނެ އަނިޔާވެރިކަން ބޮޑުގޮތަކަށް އެންމެ ދުވަހުގެ ތުއްތު ކުއްޖަކު އަންދާލައިފި

ސްރީލަންކާގަ ކޮވިޑް ޖެހުނުކަމަށްބުނެ އަނިޔާވެރިކަން ބޮޑުގޮތަކަށް އެންމެ ދުވަހުގެ ތުއްތު ކުއްޖަކު އަންދާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 21 ސިކުންތު

ފާޠިމަތު ނައީޝާ ޖާދުﷲ 

 

ސްރީލަންކާގެ ބާރުވެރި ފަރާތްތަކުން، އުމުރުން 20 ދުވަހުގެ ކުއްތުއްތު ކުއްޖެއްގެ މަރުވެފައިވާ ހަށިގަނޑު މިދިޔަ ބުރާސްފަތި ދުވަހު، އަންދާލައިފިއެވެ.

މި ތުއްތު ކުއްޖާވެސް އަންދާލާފައިވަނީ ކޮވިޑް-19 ގެ ޝިކާރައަކަށްވާ އެންމެން އަންދާލުމަށް އެޤައުމުގައި ނެރުނު ޤާނޫނުގެ ދަށުންކަމަސް ބުނެއެވެ. 

ޝައިޚް ނަމަކަށް ކިޔާ މިކުއްޖާ މަރުވެފައިވަނީ  މިދިޔަ އަންގާރަ ދުވަހު ކޮލޮމްބޯގެ ' ލޭޑީ ރިޑްޖްވޭ ހޮސްޕިޓަލް ފޯރ ޗިލްޑްރެން ' ގައެވެ.

"އެ 20 ދުވަހުގެ ކުއްޖާ ލޭޑީ ރިޑްޖްވޭ ހޮސްޕިޓަލް ފޯރ ޗިލްޑްރެން ގައި އެނދުމަތިކުރެވުނީ ޑިސެމްބަރ 8 ވީ އަންގާރަ ދުވަހުގެ ފަތިހު ގާތްގަނޑަކަށް 4 ޖަހާއިރެވެ. އަދި އެކުއްޖާ އެނދުމަތިކުރެވުނުއިރު އޮތީ ވަރަށް ހާލު ދެރަކޮށް ނިއުމޯނިއާގެ އަސަރުވެސް ވަރަށް ބޮޑަށް ކޮށްފައެވެ. " އެ ހޮސްޕިޓަލުގެ ޑިރެކްޓަރ ޑރ. ގ.ވިޖެސުރިޔާ ވިދާޅުވިއެވެ.

އެކުއްޖާވަނީ އަވަސް ފަރުވާދޭ ޔުނިޓްއަކަށް ބަދަލުކޮށް ވެންޓިލޭޓަރ ގުޅައިގެން މުޅިދުވަހު ފަރުވާދީފައެވެ.

"އެކުއްޖާ ކޮވިޑް 19 އަށް ފައްސިވިކަން ޔަޤީންވާކަމަށްބުނީ އެދުވަހުގެ މެންދުރުއެވެ. ނަމަވެސް އެކުއްޖާގެ ބެލެނިވެރިން (މަންމަ އާއި ބައްޕަ) ފައްސިއެއްނުވެއެވެ." ޑރ. ވިޖެސުރިޔާ އިތުރަށް ފާހަގަކޮށްފައިވެއެވެ. 

ސްރީލަންކާގެ ކުރީގެ ޕާލިމެންޓް މެމްބަރު އަލީ ޒާކިރް މައުލާނާ ވަނީ ޝައިޚްގެ ބައްޕަ، ފާހިމަށް ރައްދުކޮށް ޓްވިޓާގައި ވާހަކަދައްކާފައެވެ. ފާހިމް ބުނީ ހޯމަދުވަހުގެ ރޭގަނޑު 10 ޖަހާއިރު، ހޮސްޕިޓަލަށް ދާއިރަށް އެކުއްޖާ އެންޓިޖެން ޓެސްޓުހަދާ، އެޓެސްޓުން ޕޮސިޓިވްވިކަމަށާއި ނަމަވެސް އޭނާއާއި އޭނާގެ އަނބިމީހާގެ ޓެސްޓުން ނައްސިވިކަމަށެވެ.

ފާހިމް އިތުރަށް ބުނީ އެކުއްޖާގެ ނަތީޖާ ފައްސިވެފައި، އެކުއްޖާއަށް ގާތުންދޭ މައިމީހާގެ ނަތީޖާ ނައްސިވުމުން ހުރީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައިކަމަށެވެ. ނަމަވެސް އެގޮތަށް ހަދާ ގިނަ ޓެސްޓުތަކުން ފައްސިވާކަމަށް ދައްކާދެއްކުމުގައި މައްސަލަތަކެއްއުޅޭކަމަށް އޭނާއަށް އަޑުއިވިފައިވެއެވެ. އެހެންކަމުން، ޕީސީއާރް ޓެސްޓެއްހަދަން ޑޮކްޓަރުގެ އަރިހުން އެދުނުވެ. އެއީ އެވައިރަސް ހަށިގަނޑުގައި ހުރި ކަމުގެ ހެކި ހޯދުމަށް ހަދާ ޓެސްޓެކެވެ. 

އެޑޮކްޓަރު ޓެސްޓު ހެދުމަށް ދެކޮޅުހަދާ އަމިށްލަގޮތުން އެޓެސްޓު ހެދުމަށް ފާހިމްކައިރި ބުނިކަމަށް އަލީ ޒާހިރު ބުނުއްވިއެވެ. ފާހިމްގެ މާލީ ހާލަތުހުރިގޮތުން އެޓެސްޓަށް ފައިސާ ދެއްކުމަށް ދަތިވިނަމަވެސް ބައެއް މީހުންނާއި ގުޅައިގެން ޕީސީއާރް ޓެސްޓަށް ފައިސާ ދެއްކޭނެގޮތްވިއެވެ.  އަދި އެންޓިޖެން ޓެސްޓުގެ ރިޕޯޓު ލިބެންދެންނާއި އަމިށްލަ ހޮސްޕިޓަލަކުން ޕީސީއާރު ޓެސްޓު ހަދާނިމެންދެން ތިއްބައި، އެކުއްޖާ ހުސްޕިޓަލުގައި ބާއްވާފައި ގެއަށް ދިއުމަށް އެންގިއެވެ. 

ފާހިމް އެހޮސްޕިޓަލަށް ފޯނުން ގުޅައިގެން މައުލޫމާތު އޮޅުންފިލުވަމުންދިޔައެވެ. އަދި ދަންވަރު 3 ހާއިރު އަވަސް ފަރުވާދޭ ޔުނިޓަށް އޭނާގެ ދަރިފުޅު ބަދަލުކުރިކަމުގެ މައުލޫމާތުވެސް ލިބުނެވެ. އަދި ފަތިހު 5:30 ހާއިރު ގުޅުމުން އޭނާގެ ދަރިފުޅު މަރުވިކަމުގެ ޚަބަރުލިބުނެވެ.

ފާހިމް ވަގުތުން ހޮސްޕިޓަލަށްދިޔައެވެ. އެތަނުން ބައެއް ލިޔެކިޔުންތަކުގައި ސޮއެކުރުމަށް އޭނާއަށް އެންގުނެވެ. ނަމަވެސް ފާހިމްބުނީ އޭނާ ސޮއެ ކުރާނީ އޭނާގެ ދަރިފުޅު ވަޅުލުމަށް ހުއްދަދީ ޕީސީއާރު ޓެސްޓު ހެދުމުންކަމަށެވެ. ނަމަވެސް އެކަމަށް އިންކާރުކޮށް އެލިޔެކިޔުންތަކުގައި ސޮއެކުރުމަށް އެންގިއެވެ. އަދި ސޮއެ ކުރަން ދެކޮޅުހެދުމުން، އެތަނުން ދިޔުމަށް ނޫނީ ސޮއެ ކުރުމަށް ފާހިމަށް އެންގުނެވެ. 

އެވަގުތު ކަންބޮޑުވެފައިވާ ހާލު ފާހިމް ނިންމީ ދިޔުމަށެވެ.  އޭނާގެ 20 ދުވަހުގެ ދަރިފުޅު ހޮސްޕިޓަލަށް ދޫކޮށްލާފައެވެ. ނަމަވެސް އެދުވަހުގެ މެންދުރު، ހޮސްޕިޓަލަށް އައިސް އެލިޔެކިޔުންތަކުގައި ސޮއެކުރަން އައުމަށް އެތަނުންގުޅިއެވެ. 

ލިބިފައިވާ ހިތާމައިގެ ބޮޑުކަމުން، ފާހިމް، އޭނާގެ ޅިޔަނު، ރިފްޚާން،  އެމީހުންނާއި ވާހަކަދައްކަން ފޮނުވިއެވެ. އެހެންނަމަވެސް އެމީހުން ގޮތްދޫކުރާގޮތެއްނުވިއެވެ. އަދި އެތަނުގައި ބައެއް ނޫސްވެރިން ހަރަކާތްތެރިވަމުންދިޔަކަން ރިފްޚާން ފާހަގަކުރިއެވެ. 

"އެދުވަހުގެ 3:30 ހާއިރު ހޮސްޕިޓަލުން ފާހިމަށް ގުޅާ، އޭނާގެ ދަރިފުޅުގެ ހަށިގަނޑު އަންދާލުމަށް ގެންދާވާހަކަ ބުންޏެވެ. އަދި ފާހިމް ބޭނުންވާނަމަ އެތަނަށް އައުމަށްވެސް އެންގިއެވެ. ނަމަވެސް ފާހިމަށް އެތަނަށް ދިޔުމަށް އުނދަގޫވިއެވެ. އޭނާގެ އަމިށްލަ ދަރިފުޅު އަނދާ ހުލިވާތަން ދެކެން ބޭނުންނުވާތީއެވެ. އެވަގުތުވެސް ބައެއް ނޫސްވެރިން އެމަންޒަރު ވީޑިއޯކޮށް ހަދަމުންދިޔަކަން ފާހިމް ފާހަގަކުރިއެވެ.

އޭނާގެ އެކުވެރިން އަލުން އެމީހުންނާއި ވާހަކަދައްކާ އެކަން ހުއްޓުވުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އެމީހުން އެމަސައްކަތައިގެން ކުރިއަށްދިޔައެވެ. 

"ފާހިމް ބުނިގޮތުގައި އެދެމަފިރިން  ދަރިއަކު ހޯދުމަށް މަސައްކަތްކުރާތާ 6 އަހަރުވެއްޖެއެވެ. އަދި ޝެއިޚް ވެގެންދިޔައީ އެދެމަފިރިންނަށް ލިބުނު ބޮޑު ނިޢުމަތެއްގެ ގޮތުގައެވެ. އަދި ނިޢުމަތެއްގެ ގޮތުގައި ޝެއިޚް ދެމިހުންނާނެކަނަ ޔަޤީނެވެ. ސާފު ޠާހިރުވެގެންވާ ހާލު ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް އޭނާ އެދިޔައީއެވެ. މާތްﷲ ޝެއިޚްގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި، އާމީން "

ޝެއިޚްގެ ހަށިގަނޑު  އަންދާލެވިގެންދިޔައީ ، މުސްލިމް ޖަމިއްޔާއިން، ސަރުކާރުން، ކޮވިޑް 19 ޖެހި މަރުވާ މީހުން އަންދާލުން މަޖުބޫރުކަމަށް ނެރުނު ބިލާއި ދެކޮޅަށް ހުށައެޅި ޕެޓިށަން، ލަންކާގެ ސުޕްރީމް ކޯޓުން އުވާލިތާ މަދުދުވަސްކޮޅެއްގެ ތެރޭގައެވެ. ލަންކާގެ ސަރުކާރުން، މިބިލް ގެޒެޓަށް ނެރުނީ އޭޕްރިލް 11 ވަނަ ދުވަހެވެ. މިގެޒެޓުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން ގެ އާންމު ގަވާއިދުތަކަށް ހުރަސްއަޅާކަމަށް މުސްލިމް ލީޑަރުން ގޮވާލައްވަމުންދިޔައެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަން ގެ ގަވާއިދުގައިވާގޮތުގެ މަތިން، ކޮވިޑް 19 ގައި މަރުވާ މީހުން ވަޅުލުން ނުވަތަ އަންދާލެވިދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް