އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އެޤައުމުގައި ވަޅުލުމުގެ ފުރުޞަތު އެ ޤައުމުގެ ސަރުކާރުން މުސްލިމުންނަށް ދޭންވާނެ!: ޑރ. ޝަހީމް

ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އެޤައުމުގައި ވަޅުލުމުގެ ފުރުޞަތު އެ ޤައުމުގެ ސަރުކާރުން މުސްލިމުންނަށް ދޭންވާނެ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އިސްލާމީ ޝަރީޢަތުގައިވާގޮތުގެ މަތިން އެޤައުމުގައި ވަޅުލުމުގެ ފުރުޞަތު އެ ޤައުމުގެ ސަރުކާރުން މުސްލިމުންނަށް ދޭންވާނެ ކަމަށާއި އެއީ އިންސާނީ، އަދި ޢަޤީދާއާއި ގުޅުންހުރި ދީނީ ޙައްޤެއް ކަމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ޑރ. ޝަހީމް ވިދާޅުވީ މުސްލިމުންނާއި އެހެނިހެންވެސް އިންސާނުންގެ އަސާސީ ޙައްޤުތައް ހޯދައިދޭން އެޤައުމެއްގެ ޤާބިލުކަންހުރި މިންވަރުން ކޮންމެ ޤައުމަކުން ވެސް ވަކާލާތު ކުރަންވާނެ ކަމަށެވެ. 

އަދި އެއްވެސް ގޮތަކުން ޙައްޤު ހޯދައިދޭން ދަތިވެއްޖެ ނަމަ، މުސްލިމުންގެ ހަށިތައް އެނދިއަ ނުދީ، އެއުރެންނަށް އެހީވުމަކީ އެންމެ ގާތުގައި އޮތް މުސްލިމު ޤައުމަކުން ކުރެވިދާނެކަމެއްކަމަށް ދެކވަޑައިގަންނަވާ ކަމަށާއި މުސްލިމުންގެ ހަށިތައް އެންދިއަ ދީގެން ނުވާނެ ކަމަށްވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ. 

ސްރީލަންކާގައި ކޮވިޑްޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް އެންދުމުން ސަލާމަތްކުރަން އެހީތެރިވުމާއިމެދު މަޝްވަރާކުރާކަމަށް ރާއްޖޭގެ ޚާރިޖިއްޔާއިން ބުނުމުން ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ގެންދަވަނީ އެކަމަށް މަރުޙަބާ ވިދާޅުވަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް