އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަބޫދާބީގެ ޝާހީ އިސް މީހަކު ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ކުޅިވަރުކުރިއަރުވަން ޚަރަދުކުރަން ފަށައިފި

އަބޫދާބީގެ ޝާހީ އިސް މީހަކު ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ކުޅިވަރުކުރިއަރުވަން ޚަރަދުކުރަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

ފާޠިމަތު ނައީޝާ ޖާދުﷲ 

 

ރިޕޯޓުތަށް ބުނާގޮތުގައި ، އަބޫ ދާބީއަށް ނިސްބަތްވާ އެމިރެޓްގެ ޝާހީ ފަރާތެއް އިޒްރޭލުގެ ފުޓްބޯޅަ ކްލަބެއްގެ 50 އިންސައްތަ 92 މިލިއަން ޑޮލަރަށް ގަނެފިއެވެ.

އޭނާ ގަތް އިޒްރޭލުގެ ފުޓްބޯޅަ ކުލަބް ބެއިޓާރ ޖެރުސަލެމް މަޝްހޫރުވެފައިވަނީ ނަސްލީ ތަފާތުކުރުންތަކާއި މުސްލިމުންނާއި އަދި އަރަބިންނާއި ދެކޮޅަށް ބަދުބަސްތައް ފުޓުބޯޅަ ދަނޑުތަކުގައި ކިޔާއުޅޭބައެއްގެ ގޮތުގައެވެ.

އެޓީމުގެ ސަޕޯޓަރުން، " އަހަރެމެންނަކީ މިޤައުމުގެ އެންމެ ނަސްލީ ތަފާތުކުރުން ބޮޑު ޓީމު " މިފަދައިން، ބޮޑެތި ދަނޑުތަކުގައި ސަޕޯޓުކުރަން ގޮސް ކިޔާއުޅެއެވެ. އަދި މުޅި އިޒްރޭލުގެ ޕްރިމިއާ ލީގުގައިވެސް، ފަލަސްޠީނުގެ ކުޅުންތެރިއެއްނެތް ހަމައެކަނި ޓީމަކީވެސްއެއީއެވެ. މިކަމުގެ ސަބަބުންނާއި ނަސްލީ ތަފާތުކުރުމުގެ ބަސްތަށް ދަނޑުގައި ކިޔާއުޅޭތީ އެމީހުންނަށް ބައެއް ފިޔަވަޅުތަށްވެސް އަޅާފައިވެއެވެ. 

ކޮންމެއަކަސް އަރަބިން މިޓީމުގެ އެއްބައި ގަތުންވެގެންދިޔައީ އެޓީމުގެ ސަޕޯޓަރުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުންކަމަކަށެވެ. އަދި އެކަމާމެދު ކަންބޮޑުވުންފާޅުކޮށް ނަސްލީ ތަފާތުކުރުމުގެ ބަސްތަށް އެމީހުންގެ ދަނޑުތަކުގެ ފާރުގައިވަނީ ސްޕްރޭކޮށްފައެވެ. ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ އަށް ނިޞްބަތްކޮް "މުޙައްމަދު ވަނީ މަރުވެފަ" ކަމަށްވެސް ސްޕްރޭކޮށްފައިވެއެވެ. 

އެހެންނަމަވެސް ސްޕޯޓަރުންގެ ބަދުބަސްތަކަށް ބީރުކަންފަތެއްދީ އެކުލަބު ވިއްކުމުގެ މަސައްކަތުގައި ގޮތްނިންމާ އެންމެ މަތީމީހުން މިކަމަށް ވަރަށް ތަޢުރީފުކުރިއެވެ. އަދި އެމިރެޓްއިން އެޓީމުގެ 50% ގަތުމާއި ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ނަތެންޔާހޫ ބުނީ އެއީ ވަރަށް ބުއްދިވެރިކަމެއްކަމަށާއި އެކަމުން ދޭހަވަނީ ކަންތައްތައް ބަދަލުވަމުންދާ މިންވަރުކަމެވެ. އިޒްރޭލުގެ މިކުލަބް ބެއިޓާރ ޖެރުސަލެމްއަކީ ނަތެންޔާހޫގެ ސިޔާސީ ޕާޓީއާއި ވަރަށް ބޮޑު ގުޅުމެއް އޮންނަ ޓީމެކެވެ.

ބެއިޓާރ ޖެރުސަލެމްގެ ރަސްމީ ވެބްސައިޓްގައި މިކަމަށް އަލިއަޅުވާލާ ވަރަށް ގިނަ ލިޔުންތަށް ޝާޢިރުކޮށްފައިވެއެވެ. އަދި އެއީ ވަރަށް ތާރީޚީ އެއްބަސްވުމެއްގެ ގޮތުގައި އެމީހުންވަނީ ސިފަކުރަށްވާފައެވެ. ނަމަވެސް އެންމެ ހައިރާންކުރަނިވިކަމަކީ ޔުނައިޓެޑް އަރަބް އެމިރެޓްގެ ޝާހީ ބޭފުޅާ ޖެރުސެލަމް ފާހަގަ ކުރައްވާފައިވަނީ އިޒްރޭލުގެ ވެރިރަށެއްކަމުގައެވެ. އަދި އެ ފުރިހަމަ ޓީމާއިއެކު ގާތުން މަސައްކަތްކުރަން ކެތްމަދުވެފައިހުރިކަންވެސްވަނީ ފާހަގަކޮށްފައެވެ.

ޔުނައިޓެޑް އަރަބް އެމިރެޓްގެ މިޝާހީ ބޭފުޅާއާއި ގުޅޭ މާގިނަ މަޢުލޫމާތެއް އެނގެން ނެތްއިރު، އިޒްރޭލުގެ " ދަ ޓައިމްސް " އިން ޔުނައިޓެޑް އަރަބް އެމިރެޓްސް އާއި އޭނާއާއި އޮންނަ އާއިލީ ގުޅުމުގެ ވާހަކަ އެހުމުން އޭނާ ބުނީ އޭނާގެ ވިކިޕީޑިއާ ޕޭޖު ބެލުމަށެވެ. ނަމަވެސް އެވިކިޕީޑިއާ ޕޭޖަކީ ވަރަށް ފަހުން ޝާއިރުކޮށްފައިވާއެއްޗެކެވެ. އަދި އޭނާއާއި ގުޅޭ މާގިނަ މަޢުލޫމާތެއްވެސް އޭގައެއްނެތެވެ.

މިއީ، އެމިރެޓްސްގެ ޝާހީ ފަރާތެއް ކުޅިވަރާއި ގުޅޭ ކުލަބެއް ގަތް ފުރަތަމަ ފަހަރެއްނޫނެވެ. ނަމަވެސް އިޒްރޭލުގެ ކުލަބެއް ގަތުމަށް އެހާ ބޮޑު ޚަރަދެއްކުރި ފުރަތަމަފަހަރެވެ. މިއީ، ޔުނައިޓެޑް އަރަބް އެމިރެޓްއާއި އިޒްރޭލާއި ދެމެދު އޮންނަ ގުޅުން އިތުރުކޮށް، އެގުޅުން އާދައިގެ ކަމެއްގެގޮތުގައި ހެދުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ. އަދި އެޤައުމުން އިޒްރޭލުގެ ފަހަތުން ހުއްޓުމެށްނެތި ދުވަމުންދާކަން މިކަމުން އެބަ ހާމަވެއެވެ. އިޒްރޭލުން އަދިވެސް ފަލަސްޠީނުގެ ނިކަމެތި ރައްޔިތުން މަރާ ރަހީނުކޮށް ހަދަމުން ދާއިރުވެސްމެއެވެ. މުސްތަޤުބަލުގައި އެއްވެސް އުޖާލާކަމެއްނެތްކަން ޔަޤީނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް