އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މޯލްޑިވްސް-ސްރީ ލަންކާ ކޭބަލް" ލަންކާއިން ހުޅުމާލެއާއި ގުޅާލައިފި!

"މޯލްޑިވްސް-ސްރީ ލަންކާ ކޭބަލް" ލަންކާއިން ހުޅުމާލެއާއި ގުޅާލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 12 ސިކުންތު

 

މޯލްޑިވްސް – ސްރީ ލަންކާ ކޭބަލް (އެމް.އެސް.ސީ) ސްރީ ލަންކާގެ ކޮލޮމްބޯއިން ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ ލޭންޑިންގް ސްޓޭޝަންއާއި ކާމިޔާބުކަމާއެކު ގުޅާލައިފިއެވެ.

ވޭވްލެންތް ޑިވިޝަން މަލްޓިޕްލެކްސިންގް ސަބްސިސްޓަމް އަދި 863 ކިލޯމީޓަރުގެ ފައިބަރ އޮޕްޓިކް ކޭބަލް އެކުލެވިފައިވާ އެމްއެސްސީ އަކީ ރާއްޖެ އާއި ސްރީލަންކާގެ އިންޓަނޭޝަނަލް އިންޓަނެޓް ޓްރެފިކް ފްލޯއަށާއި މުވާސަލާތީ ވިއުގަ އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ ކޭބަލްއެކެވެ.

އުރީދޫ މޯލްޑިވްސް، ދިރާގު އަދި ޑަޔަލޮގް އެކްޒިއާޓަރ އާއި ވެވުނު އެއްބަސްވުމުގެ ދަށުން، އެމްއެސްސީ ގެ އަމަލީ މަސައްކަތް މިއަހަރު ކުރީކޮޅު ވަނީ ފަށާފައެވެ. ވާވޭ މެރީން ނެޓްވާރކްސްގެ ހައި އައުޓްޕުޓް ޓައިޓޭނިއަމް ހައުސިންގްއަކާއެކު 3700 މީޓަރު ކަނޑުއަޑީގައި އެޅިފައިވާ އެމްއެސްސީގެ ސަބަބުން ރާއްޖެ އާއި ސްރީލަންކާގައި، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

"މިއަދު އަޅުގަނޑުމެންނަށް މި ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑި އާއި އެކު، އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ދެ ކުންފުނި ކަމަށްވާ އުރީދޫ އަދި ދިރާގުން  ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމުގައި ކޮށްދޭ މުހިންމު މަސައްކަތް ފާހަގަކޮށް ފަށްފަށުން ޝުކުރު ދަންނަވަން. އެމްއެސްއީ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ފުރިހަމަވުމުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗަރ އިތުރަށް ވަރުގަދަވެ، އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމީ ޔަގީންކަމެއް" މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ، އޮނަރަބަލް މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވިއެވެ.

މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ޕެންޑެމިކް އާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަމާއި އެކު އާންމު ދިރިއުޅުމާއި ވިޔަފާރިތަކުން ދޭ ޚިދުމަތްތައްވެސް ދަނީ ޑިޖިޓަލް ޒަރިއްޔާތަކަށް ބަދަލުކުރަމުންނެވެ. އެހެންކަމުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެ، އިންޓަނެޓްގެ މުހިންމުކަން ވަނީ އިހުނަށްވުރެ އިތުރުވެފައެވެ. 22 މިލިއަން ޑޮލަރގެ މި އެމްއެސްސީ ޕްރޮޖެކްޓްއާއިއެކު، ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާއި އެއްވަރަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި އެންމެ ފުރިހަމަ ގޮތުގައި އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. 5ޖީގެ ވަރުގަދަ ނެޓްވޯރކްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް އިތުރު ހިތްވަރެއް ލިބި، އިތުރު ފުރުސަތުތަކާއި އިޖާދީ ޚިދުމަތްތައް އުފެއްދުމަށް ފުރުސަތުތައް ފަހިވެ ގައުމުގެ މުޖުތަމައު އަދި އިގްތިސާދު ކުރިއާރާދާނެކަމީ ޔަގީންކަމެކެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ