އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއަށް މުޅިން އަލަށް 5ޖީ އުރީދޫއިން ތައާރަފްކޮށްފި!

ރާއްޖެއަށް މުޅިން އަލަށް 5ޖީ އުރީދޫއިން ތައާރަފްކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 23 ސިކުންތު

އުރީދޫއިން އިނގިލާބީ 5ޖީ ނެޓްވޯރކްއާއި އެކު 5ޖީ ހޯމް ބްރޯޑްބޭންޑް "އެއަރފައިބަރ" ރާއްޖެއަށް މުޅިން އަލަށް ތައާރަފްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްއިން މިއަދު މުޅި ދުނިޔެއަށް ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބެއް ގެނުވައިދޭ 5ޖީ ނެޓްވޯރކް، މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފިއެވެ. މީގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތައް، ހޮސްޕިޓަލް އަދި އާންމު ސަރަހައްދުތައް ހިމަނާފައިވެއެވެ. 5ޖީ ނެޓްވާރކް އިފްތިތާޙް ކުރުމަށް ބޭއްވި ޚާއްޞަ ޙަފްލާ ގައި އުރީދޫ މޯލްޑިވްސް އިން ވަނީ 5ޖީ ހޯމް ބްރޯޑްބޭންޑް އެއަރފައިބަރ 10 ގުނަ އިތުރު ސްޕީޑާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފް ކޮއްފައެވެ. 

ރާއްޖޭގެ ޑިޖިޓަލް ވިއުގައަށް އުރީދޫމޯލްޑިވްސް އިން މިގެނެސްދިން 5ޖީ ގެ އިންގިލާބީ ޚިދުމަތައް ތަޢާރަފް ކުރެވިފައިވަނީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، އޮނަރަބަލް މުހައްމަދު މަލީހް ޖަމާލް، މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، އޮނަރަބަލް އަލްްއުސްތާޒް ފައްޔާާޒް އިސްމާއިލް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް، އަލްފާޟިލް އިލްޔާސް އަހުމަދު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ އަލްފާޟިލް ހާމިދު ޝަފީޢު، އުރީދޫ މޯލްޑިވްސްގެ ޗެއަރމަން، އެންޑުރޫ ކުވެލްސެތް، މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބު ޙާން، އުރީދޫ މޯލްޑިވްސްގެ ބޯޑް ޑިރެކްޓަރުން، އަދި ލީޑަރޝިޕް ޓީމްގެ މެމްބަރުންގެ ހާޒިރުގައި ބޭއްވުނު ޚާއްޞަ ވާރޗުއަލް ހަފްލާއެއްގައެވެ.

މި ޙަފްލާ ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، އޮނަރަބަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެފައިވަނީ " 5ޖީ ޓެކްނޮލޮޖީ މުޅިދުނިޔެ ބަލާލި ކަމުގައިވިޔަސް އާދަޔާ ޚިލާފު ބޮޑެތި ބަދަލުތަކެއް ހުރިހާ ދާއިރާއަކަށްވެސް ލިބިގެން ދިއުމުގެ ޤާބިލްކަން ހުރި ޓެކްނޮލޮޖީއެއްކަން ދަނީ ސާބިތު ކޮށްދެމުންނެވެ. ގައުމުގެ އިގްތިޞޯދީ އަދި އިޖްތިމާޢީ ކުރިއެރުމަށް އިންޓަނެޓް ގެ ޚިދުމަތް ގެ މުހިންމުކަން މިއަދު މިވަނީ އެތައްގުނައަކަށް އިތުރުވެފަ.  5ޖީ ޓެކްނޮލޮޖީ އާއެކު ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ވަރުގަދަވެ މުޖުތަމަޢު ތަކަށް ބޮޑެތި ހައްލުތައް ލިބިގެންދާނެކަމީ ޝައްކެއް ނެތް ކަމެކެވެ.  ޑިޖިޓަލް މޯލްޑިވްސް އެއް ގާާއިމުކޮށް ވަރުގަދަ ނެޓްވާރކް އަކާއެކު އައު އީޖާދީ ޓެކްނޯލޮޖީ އާއި ދިވެހިން ގުޅުވާލަދިނުމަށް އުރީދޫ މޯލްޑިވްސް ގެ މެނޭޖްމަންޓް އަދި ސްޓާފުން މެދުކެޑުމެއްނެތި ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރަން."

އުރީދޫ މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ ވިދާޅުވެފައިވަނީ " ފާއިތުވެދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ދާއިރާއަކުންވެސް ޑިޖިޓަލް ޒަރީޢާތަކަށް ބަރޯސާވެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ފެނިގެން ގޮސްފަ. ދުނިޔެއަށް ކުރިމަތިވި ޕެންޑަމިކް އާއި ގުޅިގެން ދިމާވި ދަތިތަކާއެކުވެސް އުރީދޫ މޯލްޑިވްސް އިން މަސައްކަތް ކޮށްފައިވަނީ 5ޖީ ގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފް ކުރުން އެއީ އެންމެ މުހިންމު ކަމެއް ކަމުގައި ދެކިގެން. މުޖުތަމައު ތަކުގެ ދިރިއުޅުމުގެ އައު ވައްޓަފާޅިއަށް ބިނާކޮށް ޑިޖިޓަލް ކޮށް ގުޅިފައިވާ މުޖުތަމައު އެއް އުފެއްދުމަކީ މިވަގުތަށް އެންމެ މުހިންމުކަމެއްކަމުގައިދެކިގެން. ހަމަ އެޔާއެކު 5ޖީގެ ހަލުވި ސްޕީޑް ގިނަބަޔަކަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން މިއަދު އަޅުގަނޑުމެންމިވަނީ 5ޖީ އެއަރފައިބަރ މާލޭގެ ގިނަ ހިސާބުތަކަކަށް ތައާރަފްކުރެވިފައި. މި ހިދުމަތާއެކު ފައިބަރ އޮޕްޓިކް މެދުވެރިކޮށް އިނަޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ ދަތިތަކަށް ހައްލެއްލިބި ވައިގެ ޒަރިއްޔާއިން އެތަށްގުނައަކަށް އިތުރު ސްޕީޑާއެކު ފުރިހަމަ އިންޓަނެޓްގެ ފައިދާތަށް މުޖުތަމައުތަކަށް ލިބިގެންދާނެކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ދެމި ތިބެ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް 5ޖީގެ ހިދުމަތް ފޯރުކޮށްދީ އައު ފުރުސަތުތަކާ ގުޅުވާލަދިނުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން."

5ޖީޓެ ޓެކްނޮލޮޖީ އާއި އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓްުރުމުގައި ދިމާވާ ލަސްތައްވެސް އެތައްގުނައަކަށް ކުޑަވެގެންވާނެއެވެ. މި ކުރިއެރުމާއި އެކު، ޑްރައިވަރުންނާއި ނުލާ ދުވާ ކާރު، އުދުހޭ ޓެކްސީ، އަދި ޑްރޯން މެދުވެރިކޮށް ތަކެތި ޑެލިވަރ ކުރުން ފަދަ އީޖާދީ ޚިދުމަތްތަކާއި އިންޓަނެޓް ކަނެކްޓިވިޓީ އާއި އައި.އޯ.ޓީ ތަޖުރިބާ ކުރާ ގޮތް މުޅިން ބަދަލުވެގެންދާނެކަމީ ޔަގީންކަމެކެވެ.

ޕްރީޕެއިޑް އާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް 5ޖީ ފޯރުކޮށްދޭއިރު، މާލޭގެ ބޮޑު ސަރަހައްދަކުން، 5ޖީ ޑިވައިސްތައް މެދުވެރިކޮށް މިޙިދުމަތް ލިބިގެންދާނެއެވެ. ރަސްމީކޮށް ޚިދުމަތްދޭން ފެށުމަށްފަހު، އަދިވެސް އިތުރު ޑިވައިސްތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް، ދުނިޔޭގެ އެކި އޮޕަރޭޓަރުންނާއި ގުޅިގެން މަސައްކަތް ކުރެވެމުން އެބަދެއެވެ. އުރީދޫއިން 5ޖީ ފޯރުކޮށްދޭ ސަރަހައްދުތަކުގެ ޗާޓު، ވެބްސައިޓް މެދުވެރިކޮށް ބައްލަވާލެވޭނެއެވެ.

މޯބައިލް 5ޖީ ގެ އިތުރުން، މާލޭގެ ކަސްޓަމަރުންނަށް 5ޖީ އެއަރފައިބަރ ހޯމް ބްރޯޑްބޭންޑް މެދުވެރިކޮށް، 5ޖީ އެންމެ ހަލުވިކަމާއެކު ތަޖުރިބާކޮށްލެވޭނެއެވެ. މި ޚިދުމަތް ވެގެންދާނީ، މުޖުތަމަޢުގެ ވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް އުފާވެރި ހަބަރަކަށެވެ. ހާއްސަކޮށް، ދުރު ރަށްތަކާއި ގޭގައި މަސައްކަތް ކުރިޔަށްގެންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް  އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ. 5ޖީ ޚިދުމަތް ލިބޭ ސަރަހައްދެއްތޯ ބެއްލެވުމަށް ފަހު، އުރީދޫ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް 5ޖީ އެއަރ ފައިބަރ ޑިވައިސް، ޕްރީބުކް ކުރެއްވޭނެއެވެ. ކަސްޓަމަރުންނަށް 5ޖީ ތަޖުރިބާކޮށްލެވޭގޮތަށް، ވީއާރް ކެފޭ އާއި އުރީދޫ ކްލަބް ޕްރެމިއަރ ލައުންޖްގައި އެކްސްޕީރިއަންސް ޒޯންތަކެއްވަނީ ހުޅުވާލާފައެވެ.

އުރީދޫ އާއި މުޅި ދުނިޔެއަށްވެސް އިންގިލާބެއް ގެނެސްދިން 5ޖީ ނެޓްވާރކް، މުޅިން އަލަށް ގަތަރުގައި ތައާރަފް ކުރެވުނީ 2018ގައެވެ. ޑިޖިޓަލް ޚިދުމަތްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ތައާރަފްކުރުމަށް، ދެކުނު އޭޝިޔާ، އެރޭބިއަން ގަލްފް އަދި އުތުރު އެފްރިކާގައި އިންވެސްޓްމަންޓްތަކެއް ވަނީކޮށްފައެވެ. ކުރިޔަށް އޮތް ތަނުގައި ވެސް، ޑިޖިޓަލް ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނެސްދިނުމުގައި އުރީދޫއިން ދެމިތިބޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ