އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުގެ ރައީސް ކްރިސްމަސް ތަހުނިޔާ ފޮނުވުމަކީ ރައްޔިތުންގެ މޫނުމަތީގަ ޖެހި ތަފާއްޔެއް!: ޑރ. އިޔާޟް

މަޖިލީހުގެ ރައީސް ކްރިސްމަސް ތަހުނިޔާ ފޮނުވުމަކީ ރައްޔިތުންގެ މޫނުމަތީގަ ޖެހި ތަފާއްޔެއް!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ކްރިސްމަސް ތަހުނިޔާ ފޮނުވުމަކީ ރައްޔިތުންގެ މޫނުމަތީގައި ޖެހި ތަފާއްޔެއް އަދި މިފަދަ މީހަކު އެމަޤާމުގައި ބަހައްޓަން ހެޔޮނުވާނެ ކަމަށާއި މުސްލިމަކު ކްރިސްމަސް ފަަހަގަ ކުރުމުގައި އެއްވެސް ގޮތަކުން ބައިވެރިވުން ރަނގަޅު ކަމުގައި ލާދީނީ ފިކުރު ފަތުރާ ހައްދުފަހަނަ އަޅާގޮސްފައި ހުރި ދީނުގެ އަދުއްވެއް ނޫނީ ނުބުނާނެ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވީ "މިދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖްލީހުގެ ރައީސަކު ފުރަތަމަފަހަރަށް ކުރިމަސްމާސް ތަހުނިޔާފޮނުވިތަން މަށަށްމިފެނުނީ! މީ މުޅިދިވެހިރާއްޖެއަށް ކުރިމަތިވި ލަދެއް.! ދުބާއީ ޔާ ޤަތަރާ ކުވެއިތު ފަދަޤައުމުތަކުގެ ރައްޔަތުންގެތެރޭގައި އެހެންދީންތައްވެސްއޮވޭ! އެކަމަކު މިރާއްޖެޔަކު އެހެންދީނެއްނެތް" ކަމަށް ބުނެ ޔާސިރު އަޙްމަދު ކުރި ޓްވީޓަކާއި ގުޅިގެންނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް