އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހެން ދީންތަކުގެ ޢީދުތަކަށް ދިވެއްސަކު ތަހުނިޔާ ކިޔުމަކީ މައިންބަފައިން ދަސްކޮށްދިން ދީނަށް ލޯތްބެއް ނެތުން: ޑރ.އިޔާޟް

އެހެން ދީންތަކުގެ ޢީދުތަކަށް ދިވެއްސަކު ތަހުނިޔާ ކިޔުމަކީ މައިންބަފައިން ދަސްކޮށްދިން ދީނަށް ލޯތްބެއް ނެތުން: ޑރ.އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ދިވެހި ރައްޔިތުންނަކީ ފާއިތުވި 900 ވަރަކަށް އަހަރުވެސް މުސްލިމުން ކަމުގައިވާއިއރު ދިވެއްސަކު އެހެން ދީންތަކުގެ ދުވަސްތައް ފާހަގަކުރަން ތަހުނިޔާ ކިޔުމުން އަންގައިދެނީ އެމީހެއްގެ ހިތުގައި އެމީހާގެ މައިން ބަފައިން ދަސްކޮށްދިން (އިސްލާމް) ދީނަށް އެއްވެސް ލޯތްބެއް ނެތުން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

"އޭނާގެ މައިންބަފައިން ދަސްކޮށްދީފައިވާ އިސްލާމް ދީނާއި އިދިކޮޅު ދީނެއްގެ ޢަޤީދާ ޤަބޫލުކުރާ ބައަކަށް ތަހުނިޔާ ކިޔުމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތްކަން. އަދި އިސްލާމް ދީނުގެ ޢަދުއްވެއްކަން."

ޑރ. އިޔާޟް ވަނީ އެފަދަ ކަންކަން ކުރާ މީހުންގެ ނުރައްކައުތެރިކަން ބޮޑުކަމާއިމެދު ސަމާލުވާންޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ. 

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފައިމިވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ފުރަތަމަ ފަހަރަށް ކްރިސްމަސް ތަހުނިޔާ ކިޔައި މެސެޖުފޮނުވުމުންނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް