އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައުޓްޕޭޝަންޓް ކޮމިއުނިޓީ ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސަރވިސަސް ސެންޓަރެއް ހުޅުވައިފި

އައުޓްޕޭޝަންޓް ކޮމިއުނިޓީ ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސަރވިސަސް ސެންޓަރެއް ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި "ދަގެނާ"ގެ ނަމުގައި ޤާއިމުކުރެވުނު އައުޓްޕޭޝަންޓް ކޮމިއުނިޓީ ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސަރވިސަސް ސެންޓަރ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް ފައިޞަލް ނަސީމް މިއަދު ހުޅުވައިދެއްވައިފިއެވެ. 

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ވިލިނގިލި ކައުންސިލް އަދި ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) ގުޅިގެން ހުވަދުއަތޮޅަށް އަމާޒުކޮށް ވިލިނގިލީގައި މި ފެށި ޚިދުމަތަކީ، ވިލިނގިލީގައި ޤާއިމުވެފައި ހުރި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ކުލަބް ޖަމުޢިއްޔާތަކާއި މުޅި މުޖުތަމަޢުގެ އެންމެން ގުޅިގެން އެހީތެރިވެދޭ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ރާއްޖޭގައި ކޮމިއުނިޓީ ފަރުވާގެ ޚިދުމަތްދޭން ފެށި މި ފަދަ ފުރަތަމަ ކޮމިއުނިޓީ ފަރުވާގެ ނިޒާމެވެ. މި ފަރުވާގެ ނިޒާމު ބައްޓަންކުރެވިފައިވަނީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތެއް ފަރުވާ ނިންމާ މުޖުތަމަޢުއަށް ނުކުންނަ ހިސާބުން އޭނާ ދޫކޮށްނުލައި، އޭނާއަށް އެހީތެރިވެދިނުމުގެ ގޮތުން މުޅި މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭގޮތަށް ޤާއިމުކުރެވޭ ސަޕޯޓު ސިސްޓަމެއްގެ ތެރެއިންނެވެ. 

"ދަގެނާ"ގައި ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ތެރޭގައި ޑްރަގް ޑީޓޮކްސިފިކޭޝަން. ކައުންސެލިންގ، ސައިކޯސޯޝަލް ސަޕޯޓު، ޓްރޭނިންގ، އަފްޓަރކެއަރ އަދި އައުޓްރީޗް ހިމެނެއެވެ. 

"ދަގެނާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީއާއި، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިނާއި، ހުވަދުއަތޮޅުގެ އެކިދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ދެކޮނުގެ އަތޮޅުތަކުގެ އެކި ކައުންސިލްތަކުގެ ގިނަ ޢަދަދެއްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު