އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެސަޖިދަ ދެމެދު - ފާފަ ފުއްސަވައިދެއްވުމަށް އެދެންޖެހޭ މުހިންމު ވަގުތެއް!

ދެސަޖިދަ ދެމެދު - ފާފަ ފުއްސަވައިދެއްވުމަށް އެދެންޖެހޭ މުހިންމު ވަގުތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ނަމާދުކުރައްވަވާއިރު ދެސަޖިދަ ދެމެދުގައި އިންނަވައިގެން ރަސޫލް ﷺ ފާފަފުއްސަވައިދެއްވެވުމަށް އެދިވަޑައިގެންނެވިއެވެ. އަހަރެމެންވެސް އެދެމުއެވެ. ޛިކުރު ފަށަނީ ވެސް ފާފަފުއްސަވައިދެއްވެވުން އެދި ދަންނަވަމުންނެވެ. 

މިކަމުގައިވެސް ސުވާލަކީ ދެސަޖިދަމެދުގައި އިނދެ ޛިކުރުކުރާއިރު رَبِّ اغْفِرْ لِي ކިޔަމުން ތިމާ ތިމާގެމިލްކުވެރި ރައްބުގެ ޙަޟަރަތަށް ކުއްތަންވެ އިނދެ މިދަންނަވަނީ ތިމާގެ ފާފަތައް ފުއްވަވައިދެއްވެވުމަށްކަން ހިތަށް ގެނެވޭހެއްޔެވެ؟ 

نْ حُذَيْفَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ بَيْنَ السَّجْدَتَيْنِ رَبِّ اغْفِرْ لِي رَبِّ اغْفِرْ لِي

897 سنن ابن ماجه كتاب إقامة الصلاة والسنة فيها باب ما يقول بين السجدتين

739 المحدث الألباني خلاصة حكم المحدث صحيح في صحيح ابن ماجه

Hudhayfah reported: 

The Prophet, peace and blessings be upon him, used to say between the two prostrations, “Lord, forgive me. Lord, forgive me.”

Source: Sunan Ibn Mājah 897

Grade: Sahih (authentic) according to Al-Albani

މިފަދަ ހުރިހާ ކަންކަން އެންމެ ބޮޑަށް ގުޅިފައ މިވަނީ ނަމާދުގައި ކިޔާތަކެތީގެ މާނަ އެނގުމާއި އަދި މާނަ ހިތަށް ގެނައުމާއިއެވެ. މީސްތަކުންނޭވެ! ބިޒީކަމުން ގިނަ އަޅުކަންތަކެއް ނުކުރެވިގެން އުޅޭއިރު ނަމާދުކުރުމުން ލިބެން އޮތް މިންވަރު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ. އެކަން ކުރެވޭނީ ހަމަ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރެވިގެންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް