އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުވަރުގެ ލިބުމަށާ ސުވަރުގެއިން 2 ބަގީޗާ ލިބުމަށް ނޭދެނީހެއްޔެވެ؟

ސުވަރުގެ ލިބުމަށާ ސުވަރުގެއިން 2 ބަގީޗާ ލިބުމަށް ނޭދެނީހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ސުވަރުގެ ލިބުމަށް ނޭދޭނެ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ. މުސްލިމަކަށްވުމުގެ ބޭނުމަކީވެސް ސުވަރުގެ ލިބުމެވެ. ނަމަވެސް މިއަދު ގިނަބައަކަށް މިވަނީ ތިމާ މުސްލިމަކަށްވި ސަބަބުވެސް ހަނދުމަބެތިކޮށްލެވިފައެވެ. 

މުސްލިމަކަށް ސުވަރުގެ ލިބުމަށް އޮތް ހުރަހަކީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރުމެވެ. އެކަން އެނގިހުރެމެ ތިމާ އެކަމެއް ކުރަން ބޭނުންވުމުން އެކަމަކީ ﷲ ތަޢާލާ ހުއްދަކުރެއްވެވިކަމެއްކަން ނުވަތަ ނަހީކުރެއްވެވިކަމެއްކަން ބަލައިވެސް ނުލައި ތިމާ ކުރަން ބޭނުންވާހއި ކަންކަން ކުރާނަމަ މުސްލިމަކަސްވި މަޤްޞަދު ކޮބައިހެއްޔެވެ؟ އެއޮތީ ދޫކޮށްލެވިފައި ނޫންހެއްޔެވެ؟ 

﴿وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ﴾ [الرحمن: 46]

މާނައީ: "އެމީހާގެ ވެރިރައްބުގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް (ސުވަރުގޭގައި) ދެ ބަގީޗާ ހުށްޓެވެ."

ﷲ ތަޢާލާގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމަކީ ޤިޔާމަތްދުވަހު އެކަލާނގެ ހަޟްރަތުގައި ހުންނަންޖެހޭ ހުރުމެވެ. އެހުރުމަށް ބިރުވެތިވުމަކީ ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވުމެވެ. ހިސާބު ބެލެވި ތިމާއާއިމެދު ނިޔާ އިއްވެވޭނ ގޮތާއިމެދު ބިރުވެތިވުމެވެ. މިއާޔަތުން އެނގިގެންދަނީ އެކަންކަމަށް ބިރުވެތިވެއްޖެ މީހާއަށް ސުވަރުގެ އާއި ސުވަރުގެއިން 2 ބަގީޗާ ދެއްވަވާނެ ކަމެވެ. 

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. 

﴿وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَى [40] فَإِنَّ الْجَنَّةَ هِيَ الْمَأْوَى [41]﴾ [النازعات: 40، 41]

މާނައީ: "އަދި އެމީހާގެ ވެރިރައްބުގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! [40] ފަހެ، ހަމަކަށަވަރުން އެމީހާ އުޅޭނެ ތަނަކީ ސުވަރުގެއެވެ." 41.

ވީމާ ސުވަރުގެ އެދޭމީހާ އެމީހާގެ ނަފްސް އެދޭކަންކަމަށް ސަމާލުކަންދޭށެވެ. ނަފްސް ކިތަންމެ ވަރަކަށް އެދުނު ނަމަވެސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް