އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިކުޑަކުއްޖާގެ ދުޢާ ވަގުތުން ޢިޖާބަކުރެއްވެވި! ހައިހޫނުކަމުގަ ތިބި ޢާއިލާއަށް ބޮޑު ތަނަވަސްކަމެއް ދެއްވެވި!

މިކުޑަކުއްޖާގެ ދުޢާ ވަގުތުން ޢިޖާބަކުރެއްވެވި! ހައިހޫނުކަމުގަ ތިބި ޢާއިލާއަށް ބޮޑު ތަނަވަސްކަމެއް ދެއްވެވި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 11 ސިކުންތު

މިރޭ މިކިޔައިދެނީ އެންމެ 10 އަހަރުގެ ކުޑަކުޑަ އަންހެން ކުއްޖެއްގެ ދުޢާ ވަގުތުން އިޖާބަ ކުރައްވައި އިންތިހާއަށް ބޮޑު ތަނަވަސްކަމެއް ދެއްވެވި ގޮތުގެ ވާހަކަ އެވެ. މިވާހަކައިން ޢިބްރަތް ޙާޞިލުކުރާށެވެ! 

ﷲ ތަޢާލާގެ ޙަޟްރަތުގައި މީހާގެ ދަރަޖަ އުފުލި ދުޢާ ޢިޖާބަކުރައްވަވަނީ ވަކި ޢުމުރެއްގައެއް ނޫނެވެ. ދުވަސްވެ މުސްކުޅިވުމަކުންނޫނެވެ. އެމީހެއްގެ ހިތުގައި އީމންކަމާއި ﷲ ތަޢާލާއަށް އޮންނަ އިތުބާރުގެ މައްޗަށެވެ. ވަކީލުކުރެވޭ މިންވަރުގެ މައްޗަށެވެ.   

ޚާތިމުލްއަސަމް އަކީ  ވަރަށް ކުޅަދާނަ ޝައިޚެކެވެ. ލިބިވަޑައިގެންފައިވަނީ 9 އަންހެން ބޭފުޅުންނެވެ. އަތްމަތި ތަނަވަސް ބޭފުޅެއް ވެސް ނޫނެވެ. ނަމަވެސް އެއް ދުވަހަކު ވިދާޅުވީ މައްކާއަށް ވަޑައިގެން ޠަވާފެއް ކުރައްވަން ބޭނުންފުޅު ކަމަށާއި އަދި އިތުރަށް ޢިލްމް އުނގެނިވަޑައިގަތުމަށް ދުވަސްކޮޅަކު މައްކާގައި މަޑުކޮށްލައްވަންވެސް ބޭނުންފުޅު ކަމަށެވެ. 

އެންމެ ދަރިކަނބަލަކު ފިޔަވައި ހުރިހާ ދަރިކަނބަލުން ވެސް އެކަމާއި ދެކޮޅެވެ. ނަމަވެސް އުމުރުން އެންމެ 10 އަހަރުގެ ދަރިކަނބަލުން ދެންނެވީ ދަތުރު ވަޑައިގަތުމަށެވެ. ﷲ ތަޢާލާ އަހަރެމެންނަށް ރިޒްޤް ދެއްވަވާނެ ކަމަށެވެ. 

ޚާތިމުލްއަސަމް ދަތުރު ފެށްޓެވިތާ ދެ ތިން ދުވަހެއްގެ ތެރޭގައި ގެއިން ކާބޯތަކެތި ހުސްވެއްޖެއެވެ. ޢާއިލާގެ އެންމެން ނަފަރަތު ކުރީ ދަތުރު ކުރައްވަން ހުއްދަ ދިން ކުޑަކުޑަ ދަރިކަނބަލުންނަށެވެ. އެވަގުތު ރޮމުން ކޮޓަރިއަށް ވްދެ އެކުޑަ ކުއްޖާ ﷲ ތަޢަލާއަށް ދުޢާ ކުރަން ފެށިއެވެ. 

އިރުކޮޅެއް ވީތަނާ ގޭގެ ދޮރުގައި މީހަކު ޓަކި ޖަހާތީ ކޮޓަރިން ނުކުމެ ދޮރު ހުޅުވީ އެ ކުޑަ ކުއްޖާއެވެ. ދޮރުމަތީގައި ހުންނެވީ ޕްރިންސް ޖައްފަރުލް މަންޞޫރުއެވެ. އެމަނިކުފާނަކީ އަސްކަރިއްޔާގެ ވެސް ވެރިޔާއެވެ. ފައުޖަކާއި އެކު ދަތުރު ކުރައްވަވަނީއެވެ. 

އެކުއްޖާ ސަލާމް ގޮވާލުމަށްފަހު ދެންނެވީ މިގޭގައި ބޯނެ ފެން ފޮދެއް ނޫން އެއްވެސް އެއްޗެއް މެހްމާނުންނަށްޓަކައި ނެތް ކަމަށެވެ. ޕްރިންސް ޖައްފަރުލް މަންޞޫރު ވިދާޅުވީ މަޑުކުރެއްވީ ފެންފޮދެއްގެ ބޭނުންފުޅުގައި ކަމަށެވެ. ގޭގެ އަހުލުވެރިންގެ އިޒުނައާއިއެކު ފައުޖުގެ މީހުން ބޭނުންވާ ވަރަށް ގޭގެ ވަޅުނެ ފެން ނެގުމަށްފަހު އެގެއަކީ ސަހަރުގެ ރަށްބޭރުގައި ހުރި ގެއަކަށް ވާތީ ޕްރިންސް ޖައްފަރުލް މަންޞޫރު އެއީ ކާކުގެ ގެއެއްތޯ ސުވާލު ކުރެއްވެވިއެވެ. 

އެކުއްޖާ ބައްޕަގެ ވާހަކަ ދެންނެވުމުން ވިދާޅުވީ އަނހާ މިއީ އަހަރެމެންގެ ބޮޑު ޝައިޚުގެ ގެތާއެވެ. ވިދާޅުވެ ޖަމަލުން ރަން ކީސާއެއް ގެންނަވައި ގޭތެރެއަށް އެއްލެވިއެވެ. އަދި ފައުޖުގެ ސިފައިންނަށް ވިދާޅުވިއެވެ. "ތިމަންނާ ދެކެ ލޯބިވާނަމަ ތިމަން މިކުރި ގޮތަށް ކަންތައް ކުރާށެވެ." ދެން ހުރިހާ ސިފައިންވެސް އެމީހެއްގެ އަތުގައި ހުރިވަރަކުން ރަނާއި ރިއްސާއި ގޭތެރެއަށް ފައިސާ އުކިއެވެ. 

އެވަގުތު ކުއްޖާ ރޯން ފެށުމުން ޕްރިންސް ޖައްފަރުލް މަންޞޫރު ސުވާލު ކުރެއްވެވިއެވެ. "އަތުގައި އެއްވެސް އެއްޗެއް ނެތި ތިއްބައި މިހުރިހާ ފައިސާ އާއި ރަން ލިބުމުން ރޮނީ ކީއްވެގެން ހެއްޔެވެ؟" ޖަވާބުގައި ކުއްޖާ ދެންނެވިއެވެ. "އަޅުގަނޑަށް މިރޮވުނީ ﷲ ތަޢަލާ އާއިމެދު ވިސްނައިލެވުމުންނެވެ. އިންސާނަކު ކަމެއް ކޮށްދޭން ބޭނުންވުމުން މިހައި ބައިވަރު އެއްފަހަރާ ލިބުނު އިރު ﷲ ތަޢާލާ މީހަކަށް ތަނަވަސްކަން ދެއްވަވަން އިރާދަ ކުރައްވަވައިފިނަމަ އެމީހަކަށް ލިބިގެންދާނެ މިންވަރު ހިތަށް އެރުމުން ރޮވުނީއެވެ." 

ނިކަން ބުނެބަލާށެވެ! އެ ކުޑަކުއްޖާގެ ހުރި އީމާންކަން އަހަރެމެންގެ ކިބައިގައި އެބަހުރި ހެއްޔެވެ؟ އެ ކުއްޖާ ﷲ ތަޢަލާއަށް ކުރާ އިތުބާރު ކުރެވެނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟ ޔަޤީން ކަމާއެކު ބުނަން ކެރިދާނެއެވެ. އެ އިތުބާރު ކުރާނަމަ ކުރީ ދަރުސްގައި ބުނި ފަދައިން ބަންގި ގޮވީމާ އާމްދަނީ ހޯދަން މަސައްކަތްކުރަން މަޑެއް ނުކުރާނެއެވެ. ﷲ ތަޢާލާއަށް އިތުބާރުކޮށްފައި ބާރަށް ދާނީ މިސްކިތަށެވެ. 

- އިމާމް މާޒިން ޤާސިމްގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް