އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނުން ޕްރެޝަރުގަ ތިބެންޖެހުން ނައްތައިލެވޭނީ ކައިވެނިކޮށްގެން ދިރިއުޅެންވާ ލޯތްބާ ބޭނުންކޮށްލުމުގެ ލޯބި ވަކިކުރަން އެނގިގެން!: މުފްތީ މެންކް

އަންހެނުން ޕްރެޝަރުގަ ތިބެންޖެހުން ނައްތައިލެވޭނީ ކައިވެނިކޮށްގެން ދިރިއުޅެންވާ ލޯތްބާ ބޭނުންކޮށްލުމުގެ ލޯބި ވަކިކުރަން އެނގިގެން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ކޮންމެ މީހަކަށްވެސް އޮތް އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ އެމީހެއްގެ މައިންބަފައިން ބެލެހެއްޓުމެވެ. ނަމަވެސް 24 ގަޑިއިރު ނިމިގެންދާއިރު ބައެއް މީހުންނަށް އެންމެ ކުޑަމިނުން އެމީހެއްގެ މައިންބަފައިންނަށް ފޯނުން ގުޅާލާފައި ހާލުބަލައިލާނެވަގުތުވެސްވާކަމަކަށް ނުވެއެވެ. ނަމަވެސް ލޯބީގެ ވާހަކަދައްކަން އެތައް ގަޑިއިރެއްވަންދެން ވާހަކަދައްކާނެ ވަގުތު ލިބެއެވެ. 

އަންހެންކުދިންނަށް ބުނެލަން އޮތީ ތިއަ ކަނބަލުންނާއި އެގޮތަށް ވާހަކަދައްކާ ފިރިހެނުންނާއި މިސުވާލުކުރާށެވެ! އެމީހުންގެ މައިންބަފައިންނާއި ގުޅައި ޙާލުބަލަމުތޯއެވެ؟ އެމީހުންގެ ބޭނުންތައް ފުއްދައިދެމުތޯއެވެ؟ އެމީހުންނަށް ދޭންޖެހޭ ލޯބިދެމުތޯއެވެ؟ 

ޖަވާބުގައި އާނއެކެވެ ބުނެފިނަމަ މައިންބަފައިންގެ ނަންބަރުހޯދާށެވެ. އެމީހުންނާއި ގުޅައި އެއި ތެދެއްތޯވެސް ބަލާށެވެ! އަދި ބައްދަލުކުރެވެން އޮތްނަމަ ބައްދަލުކޮށްފައިވެސް އެއީ ތެދެއްކަން ޔަޤީންކުރާށެވެ! ސަބަބަކީ މައިންބަފައިންގެ ޙައްޤުތައް އަދާނުކުރާ މީހަކަށް އެހެން މީހެއްގެ ޙައްޤުތައް އަދާކުރުމަކީ އެހައިފަސޭހައިން ކުރެވޭނެކަމެއް ނޫނެވެ. އަދި އިސްލާމްދީނަށް ލޯބިކުރާ، ކިޔަމަންތެރި އަޅަކު މައިންބަފައިންގެ ޙައްޤުތައް އަދާނުކޮށް ނުހުންނާނެއެވެ. 

އެތައް ދުވަހެއްވާއިއރުވެސް މިފަދަ ކަންކަން ނުބެލުމުން ދެން މެދުވެރިވާ ޙާލަތުގެ ހިތިކަން ގިނަ އަދަދެއްގެ ކަނބަލުން ގެންދަނީ ތަޖުރިބާކުރަމުންނެވެ. އެތައް ދުވަހެއްވަންދެން "ލޯބި"ވެގެން ވާހަކަދައްކާފައި ކައިވެނިކުރަން ބުނުމުން އެހެން މޫނެއްދައްކައި ބަހަނާތައް ދެއްކުމުގެ ސަބަބުން މާޔޫސްވާންޖެހޭ ކަނބަލުން ހާދަގިނައެވެ. 

ލޮބުވެތިކަނބަލުންނޭވެ! ލޯބީގެ ކޯލްތަކުގައި ވަގުތުތައް ހޭދަކުރުމުގެ ބަދަލުގައި ލޯބި އުފެދިއްޖެނަމަ އަވަހަށް އައިސް ތިމާގެ މައިންބަފައިންނާއި ބައްދަލުކޮށް ކައިވެނިއަވަސްކުރަން ބުނާށެވެ! އެކަމަށް ފަސްޖެހިއްޖެނަމަ އެއުޅެނީ އެހެން ލޯތްބެއްވެގެންނެވެ. އެއީ ތިބާގެ ބޭނުންކޮށްލުމުގެ ލޯތްބެވެ. ކައިވެނިކޮށް އެކުގައި ދިރިއުޅުމުގެ ލޯތްބެއް ނޫނެވެ. ހިތާމައަކީ ތިއަ ކަނބަލުން މި ދެލޯބި ވަކިކޮށް ދެނެގަންނަން މަސައްކަތްނުކުރާ ކަމެވެ. 

ލޯބީގެ ކޯލްތަކުގައި ވާހަކަދައްކަން ދުވަސްތައް ގިނަނުކުރާށެވެ! ކައިވެނިކުރުން އަވަސްކުރަންބުނާށެވެ. އެކަމަށް މާދިގުލައި ނުދާގޮތަށް މުއްދަތެއްވެސް ކަނޑައަޅާށެވެ. އެގޮތަށް ކަންކަން ކުރުމުން "ޕްރެޝަރ ނުކުރަން" ބުނެފާނެއެވެ. އެހެން ބުނެފިނަމަ ތިބާގެ ކަންފަތަށާއި ލޮލަށް އަދި ހިތަށް ޕްރެޝަރުނުކުރަން ބުނާށެވެ! މިހެން ބުނުމުގެ ހިތްވަރު ތިއަކަނބަލުންގެ ކިބައިގައި ނެތްނަމަ އަބަދުވެސް ތިބެންޖެހޭނީ ޕްރެޝަރުގައެވެ.

މިވާހަކަތައް މިދެއްކީ އަނހެނުންނަށް އަމާޒުކޮށްގެންނެވެ. އެއީ ގިނަފަހަރަށް މަޅީގައި ޖެހެނީ އަންހެނުން ކަމުގައިވާތީއެވެ. ބައެއް ފަހަރު ފިރިހެނުންނަށްވެސް މިމައްސަލަ ކުރިމަތިވެދާނެއެވެ. ކައިވެނިކުރުން އަވަސްކުރަން އެދުމުން ލަސްކުރަން އުޅެފާނެއެވެ. ޢަމަލުކުރަން އޮތީ ހަމައެއްގޮތެކެވެ. މިބުނެދިން ގޮތެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް