އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެޔޮލަފާ މޫމިން އަޅުންގެ ފުރާނަ އުޑުގެ މަލާއިކަތުންގެ "ޕެރޭޑް"ގަ ފުރާނަ 7 ވަނަ އުޑަށް އުފުއްލަވާނެ!

ހެޔޮލަފާ މޫމިން އަޅުންގެ ފުރާނަ އުޑުގެ މަލާއިކަތުންގެ "ޕެރޭޑް"ގަ ފުރާނަ 7 ވަނަ އުޑަށް އުފުއްލަވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

މިއީ ހެޔޮލަފާ މޫމިން އަޅުންގެ ފުރާނަ މަލަކުލްމައުތުގެފާނު ހިއްޕަވާހިނދު ކަންކަން ވެގެންދާނެގޮތާއި ކައްވަޅުގައި އެމީހަކަށް މިންވަރުކުރައްވަވާނެ ނިޢްމަތްތަކުގެ ވާހަކައެވެ. ޝައުޤުވެރިކަމާއިއެކު ކިޔާލައި ތިބާގެ ފުރާނައަކީ މިފަދައިން ނިޢްމަތްތައް ލިބިގެންދާ ފުރާނައެއް ކަމުގައި ހެދުމަށް މަސައްކަތްކުރާށެވެ! 

 ހެޔޮލަފާ މީހާގެ ފުރާނައާއި ޙަވާލުވުމަށް މޫނުތައް އަލިވެގެންވާ މަލާއިކަތުންތަކެއް ފައިބައި ވަޑައިގަންނަވާނެނެތެވެ. އެފުރާނައަށްޓަކައި ސުވަރުގެއިން ގެންނަވާ ކަފުނެއް އެބޭކަލުން ގެންނަވާނތެވެ. އެފުރާނައަށްޓަކައި އެބޭކަލުން ސުވަރުގެއިން ހުވަނދު ގެންނަވާނެތެވެ.

 އެފުރާނައާއި މުޚާޠަބުކުރައްވަވައި މަލަކުލް މައުތުގެފާނު ވިދާޅުވާނެ: "ހޭ ހެޔޮލަފާ ނަފުސެވެ، ތިބާ ﷲ ގެ މަޣުފިރަތާއި ރުހިވޮޑިގަތުމަށް ނިކުމެގެން އަންނާށެވެ!"

 އޭނާގެ ފުރާނަ ހަށިގަނޑާއި ވަކިވެގެންދާނީ ފެންތައްޓަކުން ފެން ތިއްކެއް އޮހޮރިގެންދާހައި ފަސޭހަކަމާއި އެކުގައެވެ. 

 އެފުރާނައާއިގެން މަލާއިކަތް ބޭކަލުން ހަތްވަނަ އުޑާއިހަމައަށް ދަތުރުކުރައްވާނެތެވެ. 

 މިދަތުރުގައި އެބޭކަލުން އެމާތް ފުރާނައާއި ބެހޭގޮތުން ސުވާލު ކުރައްވާ މަލާއިކަތުންނަށް އޭނާގެ އެންމެ ފުރިހަމަ ތައުރީފް ބަޔާންކޮށް ދެއްވާނެތެވެ. 

 ކޮންމެ އުޑެއްގެ މަލާއިކަތުން އެމާތް ފުރަނައިގެ ޝަރަފުގައި އަނެއް އުޑާއި ހަމައަށް އެފުރާނައާއި އެކުދަތުރު ކުރައްވާނެތެވެ. 

 ހަތްވަނަ އުޑާއި ހަމައަށް ދެވުމުން ﷲ ތަޢާލާ ވަޙީކުރައްވާނެތެވެ! "ތިމަން އިލާހުގެ އަޅާގެ ޢަމަލުތަކުގެ ފަތް ހެޔޮލަފާ މީހުންގެ ޢަމަލްތައް ލިޔުއްވޭ އިއްލިއްޔޫންއޭ ކިޔުނު ފޮތުގައި ލިޔުއްވާށެވެ!

 ކަށްވަޅުގައި އެމީހަކަށްޓަކައި ސުވަރުގޭގެ ތަންމައްޗެއް ތައްޔާރު ކުރެވިފައިވާނެތެވެ. 

 އަދި ކަށްވަޅުގައި ސުވަރުގޭގެ ފޭރާމުން އޭނާ ފޭރާންލެއްވިގެން ދާނެތެވެ. 

 އޭނާއަށްޓަކައި ސުވަރުގެއިން ދޮރުކޮޅެއް ހުޅުވައިލެވި ސުވަރުގޭގެ މީރު ހުވަނދު ވަސްތަކާއި އަރާމް ފިނި ރޯޅިތައް ޤިޔާމަތާއި ހަމައަށް އޭނާއަށް ލިބިލިބި ހުންނާނެތެވެ.

 އަދި އޭނާގެ ކަށްވަޅު ލޮލުކޮޅަށް ފެންނަ ދުރުމިނަށް ތަނަވަސްކުރެވިގެން ދާނެތެވެ. 

 އޭނާގެ ހެޔޮ ޢަމަލުތައް ރިވެތި ސޫރައެއްގެވެރި، ރިވެތި ފޭރާމެއްގެ ލާއިގެންހުރި، މީރުވަސްދުވާ ހުވަނދެއްލައިގެން ހުރި މީހެއްގެ ސިފައިގައި އޭނާގެ ގާތަށް އައިސް އޭނައަށްޓަކާއި ސުވަރުގޭގައި ތައްޔާރު ކުރެވިފައިވާ ނިޢުމަތްތަކުގެ އުފާވެރި ޚަބަރުތައް ދެމުންދާނެތެވެ.

 އެހިނދު އެނިޢުމަތުގެ ތެރެއަށް އަވަހަށް ދިއުމުގެ އެދުމުގައި ޤިޔާމަތް އަވަހަށް ޤާއިމުވުމަށް އެދި އެމީހަކު ދުޢާކުރާނެތެވެ. 

 (ނޯޓު: މިމަޢުލޫމާތަކީ މުސްނަދު އަޙްމަދާއި އެނޫންވެސް ޙަދީޘް ފޮތްތަކުގައި އަލްބަރާބުން ޢާޒިބްގެ އަރިހުން ރިވާވެގެންވާ ސައްޙަ ޙަދީޘްފުޅެއްގައިވާ ވާހަކަތަކެކެވެ.)

- ޝައިޚް އަޙްމަދު ރިމާޒް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް