އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިކުނޑިއަށް އިބިލީސްދޭ ހަމަލާތަކުން ސިކުނޑި ސަލާމަތް ނުކުރެވުމުގެ ގެއްލުން ގިނަބައަކަށް ދަނީ ލިބެމުން-

ސިކުނޑިއަށް އިބިލީސްދޭ ހަމަލާތަކުން ސިކުނޑި ސަލާމަތް ނުކުރެވުމުގެ ގެއްލުން ގިނަބައަކަށް ދަނީ ލިބެމުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އިބިލީސް އެންމެ ބޮޑަށް ގަދައަޅައި މަސައްކަތް ކުރާނީ ސިކުނޑީގެ ބެޓެރި ދުއްވައިލުމަށެވެ. އެއިގެ މާނައަކީ ހެޔޮ ކަންކަމާއިމެދު ވިސްނުމުގެ ބާރު ކަނޑުވައިލުމެވެ. އެގޮތަށް އެހައި ގަދައަޅައި އެކަމަށް އެ މަސައްކަތް ކުރަނީ ސިކުނޑީގެ ބެޓެރި ދުއްވައި ލެވިއްޖެ ނަމަ އެމީހަކު ލައްވައި އިބިލީސް ކުރުވަން ބޭނުންވާ ހުރިހާ ކަމެއްވެސް ކުރުވޭނެތީއެވެ. 

ސިކުނޑީގެ ބެޓެރިއަކީ އީމާންކަމުގެ ބާރެވެ! ފޯނުތަކުގެ ބެޓެރިޗާޖްކުރާ ފަދައިން އީމާންކަން ވެސް ޗާޖުކުރަންޖެހޭ ކަމަށް މިބުނަނީ އެ ސަބަބަށްޓަކައެވެ. ނަމަވެސް އެކަމަށް ސަމާލުކަން ދެވޭ މިންވަރު މިދަނީ ކުޑަވަމުންނެވެ! ކަންކަން ގޯހުން ގޯހަށް ބަދަލުވަމުންދާތަން ފެންނަމުން މިދަނީ އެ ސަބަބަށްޓަކައެވެ. 

ވީމާ ކޮންމެ މީހަކީވެސް އެމީހެއްގެ އީމާންކަން ވަރުގަދަކުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރާ މީހަކަށްވާށެވެ! އިބިލީހުގެ ކިބައިން ސަލާމަތްވެ ސާބިތު ކަމާއިއެކު ހުރެވޭނީ އެއިރުންނެވެ! އާޚިރަތް ހޯދޭނީ އެގޮތުގައި ސާބިތުވެގެންނެވެ!

އަހަރެމެން ކޮންމެ މީހަކުވެސް ގެންގުޅޭ ފޯން ރީޗާޖްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ. ކޮންމެ ތަނެއްގައި އުޅުނު ނަމަވެސް އެކަން ކުރެއެވެ. ނުވިތާކަށް ޕަވަރޕެކް ބޭނުންކޮށްގެންވެސް ފޯނު ނިވުނަނުދީ ހިފަހައްޓައެވެ. ކެއިން ބުއިމަށް ނުދޭ ސަމާލުކަން އެކަމަށް ދެއެވެ. 

އެކަން އެކުރަނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ކޮންމެ ވަގުތަކުވެސް މުޢާމަލާތު ކުރަން ބޭނުންވާތީއެވެ. ލިބޭ ކޮންމެ މެސެޖަކަށްވެސް ޖަވާބުދޭން ބޭނުންވާތީއެވެ. ކޮންމެ ވަގުތަކުވެސް ގުޅަންޖެހޭ މީހުންނާއި ގުޅަން ބޭނުންވާތީއެވެ. އެހެންކަމުން އެފަދަ ސަމާލުކަމެއް ފޯނަށް ދިނުމަކީ އެއްވެސް މައްސަލައެއް ވެސް ނޫނެވެ. 

ހަމައެކަނި މައްސަލައަކީ ތިމާގެ އީމާންކަން ތާޒާ ކުރަން ދޭންޖެހޭ ސަމާލުކަން ނުދެވޭކަމެވެ. އީމާން ކަމަކީވެސް ހަމަ ތާޒާކުރަން ޖެހޭ ކަމެކެވެ. ނޫންނަމަ އީމާންކަން ދާނީ ކުޑަވަމުންނެވެ. އީމާންކަން ތާޒާކުރަން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ އިސްލާމް ދީނުގައިވާ ކަންކަމުގެ މައުލޫމާތު ވީހައި ގިނައިން އޮޅުންފިލުވުމެވެ. އެއްވެސް ކަމެއްގައި ސުވާލު އުފެދޭނަމަ އެކަމެއްގެ ފުރިހަމަ މައުލޫމާތު އޮޅުންފިލުވުމެވެ. ހަމަ އެއާއިއެކު އިސްލާމް ދީނުގައި ކުރަން އަނގަވާފައިވާ ކަންކަން ކުރުންމަތީގައި ސާބިތުވެ ހުރުމެވެ. 

އިސްލާމް ދީނާއިމެދު ނުރަނގަޅު މައުލޫމާތުތައް ހިމެނޭ މެސެޖުތައް ކޮންމެ ދުވަހަކު މިލިއަނުން ދައުރުކުރާއިރު ކޮންމެ މީހަކަށްވެސް ދާނީ އެފަދަ މެސެޖުތައް ލިބެމުންނެވެ. އެފަދަ ގިނަ މެސެޖުތައް ލިޔެފައި ހުންނަނީ އެއީ ކިތަންމެ ބޮޑު ދޮގެއް ނަމަވެސް އެއީ ހަމަ ތެދެއްކަން މީހުންނަށް ޤަބޫލުކުރެވޭނެ ގޮތަށެވެ. މިފަދަ މެސެޖުތަކުގެ ޝިކާރައަކަށް ނުވެ ސަލާމަތް ވެވޭނީ ވަރުގަދަ އިމާންތެރިކަމެއް ލިބިފައި ހުރެގެންނެވެ. 

ރައްޓެއްސަކު ބުނާ ބުނުމަށް ކުރެވޭ ކަންކަން ވަރަށް ގިނައެވެ. އެއިގެ ތެރޭގައި މުސްލިމުން ކޮށްގެން ނުވާނެ ކަންކަންވެސް ހިމެނެއެވެ. ކިތަންމެ ގާތް ރައްޓެއްސަކު ބުނި ނަމަވެސް އިސްލާމް ދީނުގައި މަނާވެގެންވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ނުކޮށް ސާބިތުވެ ހުރެވޭނީ ތިމާގެ އީމާންކަން ވަރުގަދަކޮށްގެންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް