އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޭނގުމުގެ ތެރޭގަ ތިބެ ޙަރާމްކަންކަމުގެ ތެރެއަށް ވެއްޓިނުގަންނާށެވެ!: މުފްތީ މެންކް

ނޭނގުމުގެ ތެރޭގަ ތިބެ ޙަރާމްކަންކަމުގެ ތެރެއަށް ވެއްޓިނުގަންނާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ތިބާކުރާ ޢަމަލުތަކަކީ އެކަންކަން ކުރުމަށް ﷲ ތައާލާ އަންގަވާފައިވާ ހެޔޮ ޢަމަލުތައްކަމުގައި ވަނީ ނަމަ ތިބާއަށް އެދެވެނީ ﷲ ތަޢާލާ އާއި ކުއްތަންވެވެމުންނެވެ. ހިތާމައަކީ ހެޔޮ ޢަމަލުތައް ކުރަމުންވެސް ނަހީކުރެއްވެވި ކަންކަން ކުރެވޭކަމެވެ. އެއިރުން މިވާގޮތަކީ ކުއްތަންވެވުނު ތަންކޮޅަށްވުރެ ނުވަތަ އެއަސްވުރެ ބޮޑަށް ﷲ ތަޢާލާ އާއި ދުރުހެލިވެވެނީއެވެ. 

ވީމާ ކޮންމެ ކަމެއް ކުރުމުގެކުރިންވެސް ދެކޮޅުބަލައި ވިސްނާށެވެ! ތިމާއަށް މިކުރެވޭ ޢަމަލަކީ ﷲ ތަޢާލާގެ ރުހިވޮޑިތުން ނުލިބިދާނެ ކަމެއް ކަމަށް ޝައްކުވާ ޢަމަލެއް ނަމަވެސް އެކަން ނުކޮށް ދޫކޮށްލާށެވެ! އެހެނީ ޝައްކުވާ ކަންކަން ކުރުމަކީ ފާފަކުރުމެވެ. 

On the authority of Abu 'Abdullah, Al-Nu'man Ibn Bashir   both, who said : 'I heard Allah's Messenger   say: 

"The Halal (lawful) is clear and the Haram (prohibited) is clear, and in between them there are some things that are doubtful ,which most people do not know - if they are Halal or Haram - Thus ,whoever avoids the doubtful, safeguards his religion and honor, but one who engages in the doubtful, falls in the Haram."

ޙަދީޘްފުޅުގެ މާނައިގައި ވަނީ ޙަރާމް ކަންކަމާއި ހަލާލުކަންކަން ވަރަށް ސާފުކޮށް އެނގެން އެބައޮތްކަމެވެ. އަދި ދެމެދުގައި ޔަޤީން ނުކުރެވޭ ކަންކަން ހުންނަކަމަށެވެ. ޙަރާމް ހަލާލާއިމެދު ޝައްކުވާ ކަންކަމުން ދުރުހެލިވެއްޖެ މީހާ ސަލާމަތްކަމާއި ޢިއްޒަތް ހޯދައިފި ކަމަށެވެ. އަދި ޝައްކުވާ ޢަމަލުކޮށްފިނަމަ އެއީ ޙަރާމްކަމެއްގެތެރެއަށް ވެއްޓިގަތުން ކަމަށެވެ. 

މިކަމަށް އޮތް ޙައްލަކީ ކިތަންމެ ގާތް މީހަކު ބުނި ނަމަވެސް އެއީ ރަނގަޅުކަމެއްކަން، ނުވަތަ ހުއްދަ ކަމެއްކަން ތިމާއަށް ޔަޤީންނުވާ އެއްވެސް ކަމެއް ނުކުރުމެވެ. ކިރިޔާވެސް ޝައްކެއް އުފެދޭކަމެއްނަމަ ޢަމަލުނުކޮށް އިހަށް މަޑުޖައްސާލާފައި ދީނީ ޢިލްމުވެރިއެއްގެ އަރިއަހުން އެކަމުގެ ޙުކުމް އޮޅުންފިލުވުމެވެ. ނޫންނަމަ އެވެއްޓިގަނެވެނީ ޙަރާމްކަމެއްގެ ތެރެއަށެވެ.

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް