އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިކަމެތިވެ ކުރާ ކޮންމެ ދުޢާއެއްވެސް ވަގުތުން ﷲ އައްސަވައިވޮޑިގެންވާކަން މިނިކަމެތި އަންހެނާގެ ދުޢާއިންވެސް މިވަނީ ޔަޤީންކުރެވިފަ!

ނިކަމެތިވެ ކުރާ ކޮންމެ ދުޢާއެއްވެސް ވަގުތުން ﷲ އައްސަވައިވޮޑިގެންވާކަން މިނިކަމެތި އަންހެނާގެ ދުޢާއިންވެސް މިވަނީ ޔަޤީންކުރެވިފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

އެކަނބުލޭގެ ރަސޫލް (ﷺ) ގެ އަރިއަހަށް ވަޑައިގެންނެވީ އާދައިގެކަމެއްގައެވެ. ނޫނެވެ. ޅަފަތުންސުރެ ކައިވެނިކޮށްގެން އުޅުނު ފިރިމީހާ، އަނބިމީހާ މުސްކުޅިވި ދުވަހު ފިރިމީހާގެ މަންމައާއި އަނބިމީހާ އާއި އެއްފަދަ ކުރުމުން ރަސޫލް (ﷺ) އަށް އެކަމުގެ ޝަކުވާ ދެންނެވުމަށެވެ.

ޝަކުވާ ދެންނެވީ ގަނޑުވަރުކޮޅުގައި އިންނަވަނިކޮށެވެ. ގަނޑުވަރުކޮޅެވެ ބުނުމުން އެއީ މިޒަމާނުގެ ބޮޑު އެނދެއްގެ ބޮޑު މިނެވެ. އެތަނުގައި ޢައިޝަތުގެފާނު އިންނެވިއެވެ. ޢައިޝަތުގެފާނަށް އެ ޝަކުވާ އިވިވަޑައެއް ނުގަންނަވައެވެ. ނަމަވެސް ﷲ ތަޢާލާ ވަގުތުން އަޑު އައްސަވައި ވަގުތުން ކީރިތި ޤްރްއާނުގެ އާޔަތެއް ބާވައިލެއްވެވިއެވެ. 

އެއީ އެވަގުތާއި ހަމައަށް އެކަމުގެ ހުކުމްފުޅެއް ﷲ ބާވައިލައްވަވާފައި ނެތްކަމަށް ޙަދީޘްފުޅު ކުރެއްވެވުމުން އެކަމުގެ ޙުކުމްފުޅެއް ރަސޫލް ﷺ އަށް ބާވައިލެއްވެވުން ނުވަތަ އަންގަވައިދެއްވެވުން އެދި ދެންނެވުމުންނެވެ. 

މިކަމުންވެސް ސާބިތުވެގެން މިދިއައީ ދުޢާ ކުރުމުން އެމީހަކާއި ﷲ ތައާލާ ކުއްތަންވެވޮޑިގެންވާ މިންވަރެވެ. ދުޢާ ކުރާ މީހާގެ އަޑު ތިމަން ﷲ އައްސަވައިވޮޑިގެންވާ ކަމަށާއި އިޖާބަ ކުރައްވަވާނެ ކަމަށް އޮތް ވަޙީބަސްފުޅުގެ ތެދުކަމެވެ. ހަމަގައިމުވެސް އެކަނބުލޭގެ ކުރި ދުޢާ ވަގުތުން އައްސަވައިވޮޑިގެންނުވާނަމަ ވަގުތުން ވަޙީ ބާވައިނުލެއްވެވީހެވެ. 

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ތިއަބައިމީހުން ހައްދަވައި ގެންގުޅުއްވަވާ އިލާހް ވޮޑިގެންވާކަން ޤަބޫލުކޮށް، އެއިލާހުގެ ޙަޟްރަތުގައި ދުޢާ ކުރުމަށެވެ. ޔޫނުސްގެފާނު ފަދަ ބޭކަލުން ދުޢާކުރެއްވެވިފަދައިން ދުޢާ ކުރުމަށެވެ. 

"ތިމަން ﷲ އަށް ދަތި އިނދަގޫކަމެއް ކުރިމަތިވެއްޖެއެވެ. އިނބަ ﷲގެ ރަޙްމަތްފުޅު ތަނަވަސްކޮށްދެއްވަވާނދޭވެ!" 

އެއިރުން ރަޙްމަތްފުޅު ތަނަވަސްކޮށް ދެއްވަވާނެތެވެ. އެކަމުގެ ޔަޤީންކަން ދެއްވަވާފައިވަނީ ﷲ ތަޢާލާ އެވެ. ވީމާ އަހަރެމެންނަށް އޮތީ ޔަޤީންކޮށްގެން ތިބުމެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ ތިމާ އަކީ ދުޢާ ޢިޖާބަކުރައްވަވާނެ މީހެއްގެ ގޮތުގައި ދިރިއުލެމުންދިއުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް