އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާއާ މައިންބަފައިން ނަރަކައިން ސަލާމަތްކުރަން ދަރިން ދިއްކުރަންވީ އައްޑަނަ!

ތިމާއާ މައިންބަފައިން ނަރަކައިން ސަލާމަތްކުރަން ދަރިން ދިއްކުރަންވީ އައްޑަނަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

އެއީ ފުދުންތެރި ބައްޕައެކެވެ. އޯގާތެރިވި މަންމައެކެވެ. ދުނިޔެ ދޫކުރީ ދަރިންނަށް ދިރިއުޅެވޭނެ މަގު ދައްކައިދީފައެވެ. ބޯހިޔާވަހިކަން ފޯރުކޮށްދީ އާމްދަނީ ހޯދޭނެ މަގުދައްކައިދީފިނަމަ އެއީ ނަމޫނާ ބައްޕައެކެވެ.  އާމްދަނީ ހޯދޭނެ މަގުކަމަށް ބުނުމުން އެއީ ބޮޑު ވިޔަފާއެއް ކަމަށް ނުދެކޭށެވެ. ވަޒީފާ އަދާކޮށްގެން އާމްދަނީ ހޯދޭނެ މަގުފަހިވެފައި އޮތްނަމަ ވެސް އެއޮތީ އާމްދަނީ ހޯދޭނެ މަގުފަހިކޮށްދެވިފައެވެ. 

މައިންބަފައިން މަރުވުމުން އެމީހުންނަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ހެޔޮ ކަމަކީ ޞަދަޤާތްކުރުމެވެ. 

އެކަނިވެފައިވާ ޔަތީމް، މިސްކީން ކުދިންނަށް އެހީތެރިވެދޭ މީހާ ސުވަރުގޭގައި ވާނީ ތިމަންކަލޭގެފާނާއި މިފަދައިން ކަމަށް ހަދީޘްފުޅު ކުރައްވަވައި ރަސޫލް ﷺ ދެއްކެވީ އަތްޕުޅުގައި ވިދިވިދިގެން އިން ދެ އިނގިލިފުޅެވެ. މާނައަކީ ސުވަރުގޭގައި އެހައި ގާތުގައި ވާނެ ކަމެވެ. އެވަރުންވެސް ޔަޤީންކަން ނުލިބެނީ ހެއްޔެވެ؟ ﷲ ތަޢާލާއަށްޓަކައި ޔަތީމް ކުދިންނަށާއި ހުވަފަތް އަންހެނުންނަށް އެހީތެރިވުމަކީ ރޭގަނޑު ހަތަރުދަމު ރޭއަޅުކަން ކުރުމާއި ކޮންމެ ދުވަހަކު ރޯދައަށް ހުރުން ފަދަ ކަމެއް ކަމުގައިވެސް ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވ

މައިންބަފައިން ނެތި ދިއުމުން އެމީހުންނަށްޓަކައި މިފަދަ ޞަދަޤާތްތައް ކުރަމުންގެންދާށެވެ. ނަރަކައިން ސަލާމަތްވާން އެދޭ މީހާ ކަދުރުއޮށެއްގެ ފަޅިވަރެއް ނަމަވެސް ޞަދަޤާތްކުރަން އޮތް ޙަދީޘްފުޅަށް ޢަމަލުކުރާށެވެ! އެއިރުން ތިބާގެ މައިންނަށާއި ތިބާއަށް ވެސް ލިބިގެން އެދަނީ ނަރަކައިން ސަލާމަތްވުމަށް ދިއްކުރެވޭނެ އެންމެ ވަރުގަދަ އެއް އައްޑަނައަށެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް