އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު
ބައެއް މީހުން ރީތިވުމުގެ ބޭނުމުގައި އޮޕަރޭޝަންތައްކޮށް، ގައިގެ ހަން ބަދަލުކޮށް ބޮލުގެ އިސްތަށިގަނޑަށް ބަދަލުގެނައުން ފަދަ ކަންކަން އެބަކުރެއެވެ.
ﷲ ތަޢާލާ ކޮންމެ މީހަކުވެސް އުފައްދަވަނީ އެމީހަކު ހުރުމަށް އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ސިފައިގައެވެ. އެހެންކަމުން އެމީހަކު އުފެއްދެވި ސިފަ ބަދަލުކުރަން ކަންކަން ކުރާނަމަ އެބުނެވެނީ ﷲ ތަޢާލާ ތިމާ އުފެއްދެވި ސިފަ ކަމުނުދާކަމަށެވެ. އަދި ތިމާއަށް މާރީތި ސިފައެއް ލިބިގަނެވިދާނެ ކަމަށެވެ. މިއީ ކާކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟
އެހެންނަކުން ނޫނެވެ! އުފެދުމުގައި ހުންނަ ޢައިބަކުން އެމީހަކަށް އުދަގޫވާނަމަ އެކްސިޑޭންޓެއްފަދަ ކަމަކުން ހަށިގަނޑަށް ލިބޭ އުނިކަމެއް ފޫބައްދަން އެކަމެއް ރަނގަޅުކުރަން ކުރަންޖެހޭ ކަމެއް ކުރުން މިބުނި މާނައިގައެއް ނުހިމެނެއެވެ.
މިފަަދ ޙާލަތްތކުގެ އިތުރުން ހަމައެކަނި ރީތިވުމުގެ ބޭނުމުގައި ހަށިގަނޑަށް ބަދަލުގެނައުމަކީ މުސްލިމުން ކޮށްގެންވާނ ކަމެއް ނޫނެވެ. މުސްލިމުން ތިބެންވާނީ ﷲ ތަޢާލާ ދެއްވެވި ސިފައަށް ރުހި ޤަބޫލުވެގެންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
5 ޖެނުއަރީ 2021