އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަބޫބަކުރުގެފާނާ ޢުމަރުގެފާނާ ދެބޭކަލުންގެ ދެދަތްޕުޅުދޭތެރޭގަ އަޅެއްގެ މަސް ތާށިވެފަ ހުރިކަމުގެ ޙަދީޘްފުޅު- އަހަރެމެންގެ ޙާލަކީ ކޮބާ؟

އަބޫބަކުރުގެފާނާ ޢުމަރުގެފާނާ ދެބޭކަލުންގެ ދެދަތްޕުޅުދޭތެރޭގަ އަޅެއްގެ މަސް ތާށިވެފަ ހުރިކަމުގެ ޙަދީޘްފުޅު- އަހަރެމެންގެ ޙާލަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

އެއްދުވަހަކު މިއުންމަތުގެ އެންމެ އިސް ދެ ޚަލީފާއިންކަމުގައިވާ އަބޫބަކުރުގެފާނާއި ޢުމަރުގެފާނަށް އަޅަކާއިމެދު ވަރަށް ނުހަނު ކުޑަކުޑަ ބަސްފުޅެއް ވިދާޅުވެވުނެވެ. 

އެކަމާއިމެދު ކަންބޮޑުވެވަޑައިގެން ދެބޭކަލުން ރަސޫލް ﷺ ގެ އަރިއަހަށް ވަޑައިގަތުމުން ޙަދީޘްފުޅުކުރެއްވެވީ ކީކޭކަން އެނގޭހެއްޔެވެ؟ "އޭނާގެ މަސް ތިއަ ބޭކަލުންގެ ދެދަތްޕުޅު ދެމެދުން ފެނިވަޑައިގަންނަވާ" ކަމަށެވެ. 

އެކަމަށް ބިރުފުޅުގަތްވަރުން ތިމަން ބޭކަލުންގެ ފާފަ ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައި ދެއްވެވުމަށް އެދިވަޑައިގަތުމުން ޙަދީޘްފުޅު ކުރެއްވެވީ އޭނާގެ ގާތަށް ގޮސް މާފަށް އެދުމަށެވެ. 

(އެނގިގެން މިދިއައީ ކިތަންމެ ނިކަމެތި މީހަކު ކަމުގައިވީނަމަވެސް އެއްވެސް މީހެއްގެ ޙައްޤު އެކުލެވިގެންވާ ކަންކަމުގައި އޮތީ އެމީހާގެ ކިބައިން މާފު ހޯދުންކަމެވެ. ﷲ ތަޢާލާ ފާފަ ފުއްސަވައި ދެއްވަވާނީ އެމީހާ މާފުކުރުމުން ކަމެވެ.) 

މީސްތަކުންނޭވެ! މުސްލިމް އަޚުންނާއިމެދު ބޭކާރުވާހަކަތައް ނުދައްކާށެވެ! މީސްތަކުން ދެއްކި ނަމަވެސް އެކަމުގައި ބައިވެރިނުވާށެވެ. މިއީ ﷲ ތަޢާލާ އެންމެ މާތް ކުރެއްވެވި އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ، މިއުންމަތުގެ އެންމެ މަތިވެރި 2 ޚަލީފާއިން ކަމުގައިވާ އަބޫބަކުރުގެފާނާއި ޢުމަުގެފާނާއި ބެހޭގޮތުން ޙަދީޘްކުރެއްވެވި ބަސްފުޅެވެ. އަޅަކަށް ނުހަނު ކުޑަކުޑަ ބަސްފުޅެއް ވިދާޅުވެވުމުން ނެރުއްވެވި ޙުކުމްފުޅެވެ. 

ވީއިރު އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ މީސްތަކުންގެ ވާހަކަތައް ބޭކާރުގޮތުގައި ދެއްކުމުން ޤިޔާމަތް ދުވަހު އުޅެންޖެހޭނެ ޙާލަކީ ކޮބައިހެއްޔެވެ؟ ކުރިހައި ހެޔޮކަމެއް ބަދަލަށް ދީފައި ނަރަކައަށް ދާން ނުޖެހޭނެކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް