އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤަތުގައިވެސް މަރުގައި ރަހައެއް ވެއެވެ!: މުފްތީ މެންކް "ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނެ އެއްޗެކެވެ...!"‍ - ޤުރްއާން

ޙަޤީޤަތުގައިވެސް މަރުގައި ރަހައެއް ވެއެވެ!: މުފްތީ މެންކް "ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނެ އެއްޗެކެވެ...!"‍ - ޤުރްއާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ކޮންމެ ނަފްސަކީ މަރުވާނެ މީހެކެވެ. ދުނިޔެ ދޫކޮށްދާންޖެހޭނެ މީހެކެވެ. އެހެން ނަމަވެސް ﷲ ތައާލާގެ ވަހީބަސްފުޅަށް ވިސްނައިލާށެވެ! 

"ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނެ އެއްޗެކެވެ...." _(އާލްޢިމްރާން: 185) 

މިވަހީބަސްފުޅުގައި މެރުގެ ރަހަ ދެކޭނެ ކަމަށް ވަޙީކުރައްވަވާފައި އެވަނީ މަރުގައި ރަހައެއްވާތީއެވެ. ފޮނިރަހައެކެވެ. ނުވަތަ ހިތި ރަހައެވެ.

މަރުގެ ރަހަ ފޮނިވާނީ ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ބަލައިގެން މަރުވުމަށް ތައްޔާރުވެގެން ތިބި މީހުންނަށެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރި މީހުންނަށެވެ. ނަހީކުރެއްވެވިކަންކަން ނުކޮށް ޙެޔޮ ޢަމަލުތައް ކުރުމުގައި ސާބިތުވެ ތިބި މީހުންނަށެވެ. މަރާއިމެދު ޣާފިލުވެ ދުނިޔޭގެ އެދުންތަކާއިގެން އުޅުނު މީހަކަށް ނަމަ މަރުގެ ރަހަ ހިތިވާނެ އެވެ.  

މަރުގެ ރަހަ ފޮނިވާ މީހުންނަށް އާކިރަތްވެސް ފޮނިވާނެއެވެ. އަދި މަރުގެ ރަހަ ހިތިވާ މީހުންނަށް އާޚިރަތްވެސް ހިތިވާނެއެވެ. އެކަންވެސް ހަމަ މިއާޔަތުން އެނގިގެންދެއެވެ. 

"...އަދި (ތިއަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިއަބައިމީހުންނަށް ފުރިހަމައަށް ޖަޒާ ދެއްވަވާނެކަން ކަށަވަރީ ޤިޔާމަތްދުވަހުންނެވެ. ފަހ، ނަރަކައިން އެއްކިބާކުރައްވަވައި، ސުވަރުގެއަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ނަޞީބުލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ." (އާލްޢިމްރާން: 185) 

ކަން މިފަދައިން ނަމަވެސް މީހެއްގެ ގާތު އޭނާ އެންމެ އެދެކަމަކީ ކޮބައިތޯ؟ ސުވާލުކޮށްފިނަމަ ދައްކާނީ ފައިސާ އާއި މުދަލާއި ދަރިންނާއި އަދި ގިނަ ޢަދަދެއްގެ އަނބިން ބޭނުންވާ ވާހަކައެވެ. މަރުވުމާއި އާޚިރަތުގެމަތިން ހަނދާން ހުންނަ ކަމަކަށްވެސް ނުވާނެއެވެ. މިފަދަ މީހުންނަށް މަރުވެސް ކައްވަޅުވެސް އަދި އާޚިރަތްވެސް ވެގެންދާނީ ވަރަށް ހިތި އެއްޗަކަށެވެ.

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް