އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޫދަށް އެރެން ލާންވީ ކޮންކަހަލަ ހެދުމެއް؟

މޫދަށް އެރެން ލާންވީ ކޮންކަހަލަ ހެދުމެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

މާތް ﷲ ވާގިފުޅާއިއެކު ކޮވިޑުގެ ހުރަސްތަކާއިއެކުވެސް މޫދަށް އެރި އުފާކުރުމުގެ ފުރުޞަތުތައް މިވަނީ ފަހިވެފައެވެ. އެހެންކަމުން މޫދަށް އެރެން ލާންވީ ކޮންކަހަލަ ފޭރާމެއް ކަމާއިމެދު ބަލައިލުމަކީ ހަމަ އެންމެރަނގަޅުކަމެކެވެ.

"ފިރިހެނުން މޫދަށް އެރޭއިރު ގައަށް ހިއްޕާފައި ހުންނަ ތުނި، ބޮކްސަރ ފާޑުގެ އެއްޗެތި ލައިގެން، އެމަތިން އެއްޗެއްވެސް ނުލާ މޫދަށް އެރުމީ، ހަމަ ހެދުން ލައިގެން އޮރިޔާމުން ތިބުން ފަދަ ކަމެއް! އަންހެނުން ވެސް ހަމަ މިފަދަ! މިކަން މިގޮތަށް ނުކުރުމަށް އެންމެހައި ބޭފުޅުންނަށް ނަޞޭޙަތްތެރިވަން!": ޝައިޚް ޢަލީ ޒައިދު 

ބައެއް މީހުން މޫދަށްދަނީ އެކުވެރިންނާއިއެކުގައެވެ. އެހެންކަމުން އެއިރު ތިމާގެ އަމިއްލަ ޢާއިލާގެ ބައަކު މޫދުގައި ނެތިދާނެއެވެ. ވީމާ ތިމާއަށް ލަދުގަންނަން ނުޖެހިދާނެއެވެ. ނަމަވެސް ޢާއިލާ އާއިއެކު ގޮސްތިބޭ ﷲ އަށް ބިރުވެތިވާ މުސްލިމުން ލަދުވެތިކުރުވުމުން އެ ކުރެވެނީ ފާފައެކެވެ.  

ޝައިޚް މިމޭރުމުން ވިދާޅުވެފައިވާއިރު މިއީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. މިސްޓަރ މޯލްޑިވްސް ހޮވުން ފަދަ މުބާރާތައް ބާއްވާއިރު މިފަދައިން ފިރިހެނުން ފޭރާން ނުލުމަށް ވެސް ދީނީ ޢިލްމުވެރިން ގެންދަވަނީ އިލްތިމާސް ކުރައްވަމުންނެވެ. ނަމަވެސް އެއްވެސް ބަދަލެއް މިހައިތަނަށް އަސްފަފައިނުވާއިރު ގެންދަނީ ޤައުމީ ކަމަކަށް ހަދައި ތަރްޙީބުދެމުންކަން ފާހަގަކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް