އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުދިން އިސް ސަފަށް އަރައިފިނަމަ އެކުދިން އެތަނުން ބޭލުމެއް ބޮޑެތި މީހުންނަކަށް ނުވެއެވެ: ޝައިޚް އަޙްމަދު ނާޒިލް

ކުޑަކުދިން އިސް ސަފަށް އަރައިފިނަމަ އެކުދިން އެތަނުން ބޭލުމެއް ބޮޑެތި މީހުންނަކަށް ނުވެއެވެ: ޝައިޚް އަޙްމަދު ނާޒިލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

"މިސްކިތުގެ އިސް ސަފުގެ ދަރުމައަށް އެދޭމީހާއަށް އޮތީ މާއިރާ މިސްކިތަށް ދިއުމެވެ! ކުޑަކުދިން އިސް ސަފަށް އަރައިފިނަމަ އެކުދިން އެތަނުން ބޭލުމެއް ބޮޑެތި މީހުންނަކަށް ނުވެއެވެ!

އަޅުގަނޑުމެން ވާންވާނީ އެކުދިން މިސްކިތާ އޮޅު ކުރުވާ، މިސްކިތަށް ހިތް ޖައްސުވާ ބައަކަށެވެ! ހެޔޮ ނުބައި ނިކަން ރަނގަޅަށް ކިޔައިދީގެންނެވެ."- ޝައިޚް އަޙްމަދު ނާޒިލް

މިއަދުނޫހަށް މައުލޫމާތުލިބިފައިވާ ގޮތުގައި ޝައިޚް އަހްމަދު ނާޒިލްއަކީ ޙާފިޡެއްގެ އިތުރުން މަދީނާއިން ކިޔަވައިވިދާޅުވެގެން ހުންނެވި ދީނީ ޢިލްމްވެރިއަކަށްވުމުން ޝައިޚް ކުރީ ސަފަށް ގެންދިއުމަށްޓަކައި ކުރީ ސަފުގައި ހުރި ކުއްޖަކު ފަހަތަށް ފޮނުވަން އުޅުމުން ޝައިޚް ވަނީ އިޢްތިރާޒްކުރައްވައިފައެވެ. ވިދާޅުވިކަމަށްވަނީ ކުރިން މިސްކިތަށް އައިސް އެ މަޤާމުގައި ހުރުމުން ނުބާލައި ބެހެއްޓުމަށެވެ. 

 

އެއީ ކުއްޖާ އެކަމަށް ހިތްހަމަނުޖެހި މިސްކިތަށް ދިއުމާއި ޚާއްޞަކޮށް ކުރިން ގޮސް ކުރީ ސަފުން ޖާގަ ހޯދުމުން ފޫހިވެދާނެ ކަމަށްޓަކައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް