އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުގެ ޚުޠުބާ ތައުލީމީވަޒީރާ ޕްރިންސިޕަލުން އަޑުއެހިބާ؟

މިއަދުގެ ޚުޠުބާ ތައުލީމީވަޒީރާ ޕްރިންސިޕަލުން އަޑުއެހިބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ދިރާސީ އަުއަހަރުގެ ދެވަނަ ޓާމު މިމަހުގެ 10 ވަނަ ދުވަހު ފަށާތީ އެކަމަށެވެ. ޚުޠުބާގައި ވަނީ ބެލެނިވެރިންނާއި ސްކޫލްތަކުން ޢަމަލުކުރަންޖެހޭ ކަންކަން ވަރަށް ފުރިހަމައަށް ބަޔާންކޮށްފައެވެ. ދަރިވަރުންނަކީ އިސްލާމް ދީނަށް ލޯބިކުރާ ރަސޫލް ގެ ސުންނަތަށް ޢަމަލުކުރާ، ދީނީ ވާޖިބުތައް އަދާކުރާ ބައަކަށް ހަދަން ކުރަންޖެހޭ މަސައްކަތްތައް ބަޔާންކޮށްފައެވެ. 

ސުވާލަކީ ފަރުޟު ނަމާދުތަކަށް ހުރަސްއެލޭގޮތަށް ސްކޫލްތަކުގައި ހިންގާ ޙަރަކާތްތައް ކުރިއަށް ގެންދާނަމަ ދަރިވަރުންނަށް އެ ދސްކޮށްދެވެނީ ޚިޠުބާގައި ބަޔާންކުރި ކަންކަން ހެއްޔެވެ؟ އިސްލާމީ ރިވެތި އަޚްލާޤާއި ތަރުބިއްޔަތު ދަރިންނަށް ނުދެވޭނަމަ ދެވޭ ތައުލީމުން ދަރިވަރުންނަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

ދެނަމާދުދޭތެރޭގައި ސްޓޭޑިއަމަށް ކުޅެން ގެންދިއުމާއި ޢިޝާ ނަމާދު ޖަމާޢަތުގައި ނުކުރެވި ސްކޫލަށްދާންޖެހޭ ގޮތަށް ސްކޫލްތަކުގައި ޙަރަކާތްތައް ހިންގުމުން އެކަމުން ދަރިވަރުންނަށް ކުރާނެ އަސަރާއިމެދު ސްކޫލްތަކުން ބަލާހެއްޔެވެ؟ 

އެންމެ ގިނައިން ފެންނަ އެއް މަންޒަރަކީ މަޖީދިއްޔާ ސްކޫލުގައި ހިންގާ ޙަރަކާތްތައްކަމަށްވުމުން އެކަން ފާހަގަކޮށްލާނަމެވެ. ޢިޝާނަމާދަށްގޮވާއިރުވެސް ދަރިވަރުން ސްކޫލުގައި އުޅެއެވެ. ފައިބާއިރުވެސް އުޅެއެވެ. ކުދިން ބުނަނީ 8 ޖަހާއިރަށް އަންނަން އޮންނާތީ ޢިޝާނަމާދުނުކޮށް ދާންޖެހެނީ ކަމެވެ. 

މިއީއެންމެ ގިނައިން ފެންނަ އެއް މަންޒަރުކަމަސްވާތީ މަޖީދިއްޔާ ސްކޫލްގެނަން ފާހަގަކުރިނަމަވެސް ގިނަ ސްކޫލްތަކުގައި ކަންކަން ހުރީ ހަމަމިމަގުންކަން ބެލެނިވެރިން ފާހަގަކުރެއެވެ. 

ހެނދުނު 6 ޖަހާއިރަށް ދަރިވަރުން ސްކޫލަށް ގެންދިއުމުން އެކުދިން ފަތިސްނަމާދުކުރިކަން ބަލައިލުމެއް ނޯވެއެވެ. އެންމެ ކުޑަމިނުން ސުވާލެއްވެސް ނުކުރެއެވެ. ނަމަވެސް ޜާއްޖެތެރޭގެ ބައެއް ސްކޫލްތަކުގައި ކުދިން ލައްވައި ފަތިސްނަމާދުކުރުވާކަން ބެއެއް ބެލެނިވެރިން ފާހަގަކުރެވެއެވެ. ސުވާލަކީ ފަތިސްނަމާދުކުރުމަކީ ވެސް ބީރައްޓެހިން އެމީހުންގެ ރަށުގައި ކުރަންޖެހޭ ކަމެއްކަމަށް ތައުޅިމީ ވަޒީރު ދެކެވަޑައިގަންނަވަނީހެއްޔެވެ؟ 

އުންމީދަކީވެސް ދުޢާއަކީވެސް 2021 ވަނަ އަހަރަކީ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށްވެސް ޚުޠުބާގައި ބަޔާންކުރިފަދައިން ދީނީ ތައުލީމާއި ތަރްބިއްޔަތު ދެވިގެންދާ އަހަރެއްކަމުގައި ލެއްވެވުމެވެ. ބެލެނިވެރިންނަކީވެސް އެކަމަށް މަސައްކަތްކުރާ ބއަކުކަމުގައި ލެއްވެވުމެވެ. 

ޔަޤީންކަމަކީ ދަރިވަރުންނަށް ކަސްރަތާއި ހެނދުނުގެ ނާސްތާއަށްވުރެ މުހިންމީ ފަތިސްނަމާދާއި އެހެން ނަމާދުތައްވެސް ކުރުންކަމެވެ. އަދި ބެލެނިވެރިންނަށްވެސްމެއެވެ. ކަސްރަތަށް ދަރިފުޅު ނުގެންގޮސްގެން ފާފަވެރިއެއް ނުވާނެއެވެ. ނަމާދުކުރަން ތަރުބިއްޔަތުނުކޮށް ނަމާދުނުކުރުވުމުން ފާފަވެރިވާނެއެވެ. ޢަޛާބު ދެއްވަވާނެއެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް