އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިބްރާހިމްގެފާނު - ﷲ ޞުބުޙާނަހޫ ވަޠަޢާލާއަށް ކުރެވެއްވި އިތުބާރުގެ ލާމަސީލު ނަމޫނާއެއް!

އިބްރާހިމްގެފާނު - ﷲ ޞުބުޙާނަހޫ ވަޠަޢާލާއަށް ކުރެވެއްވި އިތުބާރުގެ ލާމަސީލު ނަމޫނާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ފާޔިމަތު ނަޢީޝާ ޖާދުﷲ  

އިބްރާހިމް ޢަލައިހިއްސަލާމާއިމެދު އެކަލޭގެފާނުގެ ޤައުމުގެ މީހުން ކަންތައްކުރި ގޮތާއިމެދު ވިސްނާލައްވާށެވެ. އެމީހުން، އަލިފާންގަނޑެއް ތައްޔާރުކޮށް، އެއްވެސް މީހަކަށް ކައިރިވެސް ނުވެވޭވަރަށް އެތައް ދުވަހެއްވަންދެން އެއަލިފާންގަނޑަށް ދަރުއަޅައި ހޫނު ގަދަކޮށް، އެކަލޭގެފާނު ނެތިކުރަންވަން މަސައްކަތްކުރިއެވެ. ހަމައެކަނި އެކަލޭގެފާނުގެ ޤައުމުގެ މީހުންނެއްނޫނެވެ. އެކަލޭގެފާނުގެ އާއިލާވެސްމެއެވެ. އަދި އިބްރާހިމް ޢަލައިހިއްސަލާމް އެންމެ ލޯބިފުޅުވެލެއްވި އެކަލޭގެފާނުގެ  ބައްޕާޕުޅުވެސްމެއެވެ. އިބްރާހިމް ޢަލައިހިއްސަލާމް އެއަލިފާންގަނޑަށް އެއްލާލަން އުޅުނު ހިނދުވެސް އިހުސާސްވީ އެކަނިވެރިކަމާއި ލަދުވެތިކަމެވެ. ހަމްދަރުދީވާނެ އެކަކުވެސް އެތާކުނެތެވެ. 

އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ' އިބްރާހިމް އަލައިހިއްސަލާމް އަލިފާންގަނޑަށް އެއްލާލެވުން ހިނދު އެކަލެގެފާނު ކިޔުއްވިއެވެ. " އަޅަމެންނަށް ﷲ ފުދެއެވެ. އަދި ވަކީލިކުރެވޭ ފަރާތެއްގެގޮތުން އެއީ ކިހާ ރަނގަޅު ފަރާތެއްހެއްޔެވެ ! " '

އެކަލޭގެފާނު ﷲ ޞުބްޙާނަހޫ ވަޠަޢާލާއަށް ކުރައްވާ އިތުބާރު ނިކަން ބައްލަވާލައްވާށެވެ! އަނދައަނދާހުރި އަލިފާންގަނޑަކަށް އެއްލާލެވެމުން ދިޔަ ހިނދުވެސް އެކަލޭގެފާނު ވިދާޅުވި ބަސްފުޅު ނިކަން ބައްލަވާށެވެ ! އަޅަމެންނަށް ﷲ ފުދެއެވެ ! އެކަލޭގެފާނު އެދެއްކެވީ މުއުމިނެއްގެ ކެތްތެރިކަމާއި ﷲ އަށް ކުރާ އިތުބާރުގެ ކޮންފަދަ ރިވެތި މިސާލެއްހެއްޔެވެ. މާތްﷲ ޞުބުޙަނަހޫ ވަޠަޢާލާ، އެއަލިފާންގަނޑަކީ އެކަލޭގެފާނަށް ފިނި އެއްޗެއްކަމުގައި ލައްވަވާ، ސަލާމަތްކުރެއްވިއެވެ. އެފަދަ ހާލުފުޅުގައިވީހިނދުވެސް ﷲ އަށް އިޚްލާޞްތެރިކަމާއިއެކު ދަންނަވާ، އެކަލޭގެފާނު އެވިދާޅުވީ، އެކަލޭގެފާނަށް ﷲ ފުދޭކަމެވެ. މާތް ﷲ ގެ މަތިވެރިކަމެވެ. ތިބާ ދަންނަވާކަމަކަށް ވުރެ އިތުރަށް އެކަލާނގެ ތިބާއަށް މެދުވެރިކުރައްވާނެތެވެ. އެކަލާނގެއީ އައް ޝުކޫރް އެވެ. ( الشكور ) އެންމެ ގިނައިން ޝުކުރުވެރިވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެހްންނަމަވެސް އަހަރެމެންނަށް މިކަން ހަނދާންކުރެވެނީ ދަތި އުނދަގުލަކާއި ކުރިމަތިލާންޖެހުނީމައެވެ. ﷲ ޞުބުޙާނަހޫ ވަޠަޢާލާއަށް ދެންނެވުންނޫންގޮތެއް ނުފެނުނީމައެވެ. މިދުނިޔެމަތީ ތިބާއަށް އުފާ ލިބިދިން ކަންތައްތައް ނެތިގެން ދިޔައީމައެވެ. ދުޢާއެއްގެ ވަރުގަދަކަމާއި މާތްކަން އިހުސާސުކުރެވޭނީވެސް ހަތަރުއުދަރެސް ފެނުޖެހުނީމައެވެ.  އިބްރާހިމް ޢަލައިހިއްސަލާމް ކުރެއްވި އެދުޢާ އާއި މެދު ވިސްނާލައްވާށެވެ. " އަޅަމެންނަށް ﷲ ފުދެއެވެ. އަދި ވަކީލުކުރެވޭ ފަރާތެއްގެގޮތުން އެއީ ކިހާ ރަނގަޅު ފަރާތެއްހެއްޔެވެ !"  ތިބާއަށް އަޅާލާ އެހީވާނެ މީހެއް ހުރިކަމުގައިވިޔަސް ނެތްކަމުގައިވިޔަސް ﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ހުޞްޠާހިރުވަންތަކަން ތިބާއަށް ފުދޭނެތެވެ.  

"ފަހެ ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާހުށީމެވެ... "  ( 152 : 1 )

Advertisement

ކޮމެންޓް ކުރެއްވުމަށް