އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަހަރަކީ ބެލެނިވެރިންނާ ދަރިން ފަތިސް ނަމާދުން ދުވަސް ފަށާ އަހަރަކަށް ހަދަމާތޯ!

މިއަހަރަކީ ބެލެނިވެރިންނާ ދަރިން ފަތިސް ނަމާދުން ދުވަސް ފަށާ އަހަރަކަށް ހަދަމާތޯ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކުރުމަށްފަހު މާދަމާއަކީ ސްކޫލްތައް ހުޅުވައި މިއަހަރަށް ދެވަހެވެ. އޮންލައިންކޮށް ހިންގި ކްލާސްތައް ސްކޫލްތަކުގެ ކްލާސްރޫމްތަކުން ފަށާދުވަހެވެ. 

މިހާރު އޮންނަގޮތުން ހެނދުނު 6 ޖަހާއިރަށް ކަސްރަތަށް ކުދިން ސްކޫލަށް ގެންދަން ޖެހެއެވެ. ވީމާ ފަތިހާ ބެލެނިވެރިން ހޭލާނެއެވެ. ހޫނުފެން ޖަހައިގެންވެސް ދަރިން ހޭލައްވައި 6.00 އަށް ކުދިން ސްކޫލަށް ފޮނުވާނެއެވެ. 

ސްކޫލްތައް ބަންދުވެ މަސްތަކެއް ފާއިތުވެގެން ދިއައީއެވެ. އަޅެ ނިކަން ވިދާޅުވެބައްލަވާށެވެ! ފަތިހު ހޭލައި ކިތައް ރޭ ދަރިން ފަތިސް ނަމާދަށް ގެންދިއައިން ހެއްޔެވެ؟ ގޭގައި ނަމަވެސް ފަތިސްނަމާދުކުރުވިންހެއްޔެވެ؟ ބެލެނިވެރިޔާ ކިތައް ރޭ ފަތިސް ނަމާދު ކުރިން ހެއްޔެވެ؟ 

މާޒީއަކީ މާޒީއެވެ. މާޒީގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް އަނބުރައެއް ނުގެނެވޭނެއެވެ. މާދަމާ ފެށޭ ދިރާސީ އައު އަހަރާއިއެކު މިނިސްޓަރު ވިދާޅުވާ ރޭ ރޭ ފަތިސް ނަމާދަށް ކުދިން ގެންދިއުމުގެ ޘަޤާފަތް މުޅިން ދޫކޮށްލާށެވެ. އެއީ އިސްލާމް ދީނުގައި ކުރަން އޮންނަ ކަމެއް ނޫނެވެ.

ކޮންމެ ރެއެއްގެ ފަތިސް ނަމާދުކުރަން އަމުރު ކުރެއްވެވި ﷲ ތަޢާލާގެ އަމުރުފުޅު ތަންފީޒުކުރެވޭތޯ ބަލާށެވެ! މައިން ބަފައިންނާއި ބެލެނިވެރިންވެސް ފަތިސް ނަމާދުކުރަން ފަށާށެވެ! ނަމާދުކުރުވަން ޖެހޭ އުމުރުގެ ކުދިންލައްވައި ފަތިސް ނަމާދު ކުރުވޭތޯ މަސައްކަތް ކުރާށެވެ! ހަމަ ކުޑައިރުކޮޅެއް ކުރިން ހޭލަނިކޮށް އެއީ ކުރަން އުނދަގޫކަމަކަށް ނުވާނެއެވެ. އަދި އެކަން ނުކުރުމަކީ މައިންބަފައިން މާތް ﷲގެ ޙަޟްރަތުގައި ޖަވާބުދާރީވާންވެސް ޖެހޭނެ ކަމެކެވެ. 

ދަރިވަރުން ކިތަންމެ ރަނގަޅު ނަތީޖާ ހޯދަމުން ދިއަ ނަމަވެސް އެކަމުގެ ފައިދާ މުޖުތަމައުން ނުފެންނަ ނުވަތަ ފެނުން މަދުވެފައިވާ ސަބަބާއިމެދު ކޮންމެ މީހަކުވެސް ފުންކޮށް ވިސްނައިލާށެވެ! ﷲ ތަޢާލާގެ ވާގިފުޅާއިއެކު އެކަމުގެ ނަތީޖާ ފެންނަން ފަށާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް