އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނެކާއަށްވުރެ ބޮޑު ނިޢްމަތަކަށް އެދުމަކީ ނިޢްމަތްތަކުން މަޙްރޫމްކުރައްވަވައިފާނެ ކަމެއް!: މުފްތީ މެންކް

އަނެކާއަށްވުރެ ބޮޑު ނިޢްމަތަކަށް އެދުމަކީ ނިޢްމަތްތަކުން މަޙްރޫމްކުރައްވަވައިފާނެ ކަމެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ޝުކުރުވެރިވުމަކީ ޚާއްޞަ ނިޢްމަތެއް ލިބުމުން ނުވަތަ ވަކި ވަގުތުތަކެއްގައި ކުރާ ކަމަކަށް ނުހަދާށެވެ! ކިތަންމެ ކުޑަކުޑަ ނިޢްމަތެއް ދެއްވެވި ނަމަވެސް ޝުކުރުވެރިވާން އަވަސްވެގަންނާށެވެ. 

އަހަރެމެންނަށް ލިބޭ ކޮންމެ ނިޢްމަތެއްވެސް، ކިތަންމެ ކުޑަކުޑަ ނިޢްމަތެއް ނަމަވެސް އަދި ކިތަންމެ ބޮޑު ނިޢްމަތެއް ނަމަވެސް ލިބެނީ ﷲ ތަޢާލާ އެ ނިޢްމަތެއް ދެއްވެވުމުންނެވެ. ދެއްވެވިފަދައިން ކޮންމެ ވަގުތަކުވެސް އަނބުރައި ގެންދެވުމަށްވެސް ހަމަ ކުޅަދުންވަންތައެވެ. 

ބައެއް މީހުންނަށް ނިޢްމަތެއް ދެއްވެވިކަމަށް ޤަބޫލުކުރެވެނީ އެމީހަކު ވާދަކުރަން ބޭނުންވާ މީހާއަށްވުރެ މަތިވެރި ނިޢްމަތެއް ނުވަތަ އޭނާއަށް ދެއްވެވި ނިޢްމަތަށްވުރެ ބޮޑު ނިޢްމަތެއް ލިބުމުންނެވެ. އެހެންކަމަށްވެއްޖެނަމަ އޭނާއަށް ދެއްވަވާ ނިޢްމަތްތައް އޭނާއަށް ބަލައެއް ނުގަނެވެއެވެ. ޝުކުރުވެރިއެއް ނުވެވެއެވެ.

މިސާލަކަށް ޝުކުރުވެރިވާން ބޭނުންވަނީ އަނެކާއަށް ދފެއްވެވި ބައިވެެރިޔާއަށްވުރެ ފުރިހަމަ ބައިވެރިއަކު ލިބުމުންކަމަށްވެފައި، އޭނާއަށްވުރެ މަތީ މަޤާމެއް ލިބުމުންކަމަށްވެފައި އަދި އޭނާއަށްވުރެ ބޮޑު ތަނަވަސްކަމެއް ލިބުމުން ކަމަށް ވެއްޖެނަމަ ފުރަތަމަވެސް އެނގިގެން އެދަނީ އެމީހެއްގެ ކިބައިގައި އީމާންކަން ނެތްކަމެވެ. ނުވަތަ ކުޑަކަމެވެ. އަދި އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކަށް ހަސަދަވެރިވެވޭކަމެވެ. 

އެއިރުން ތިމާއަށް ދެއްވަވަން ހުރި ނިޢްމަތްތައް މާމަދުކުރައްވަވައިފާނެ ކަމަށް ބިރުވެތިވާށެވެ! އެހެނީ ޝުކުރުވެރިވާއަޅުންނަށް ﷲ ތަޢާލާ ނިޢްމަތްތައް އިތުރުކުރައްވަވައިދެއްވަވަތެވެ.

"---އަދި ދުނިޔޭގެ ޘަވާބަށް އެދޭމީހާ (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އެއިގެތެރެއިން މިނަވަރު ކުރައްވަވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި އާޚިރަތުގެ ޘަވާބަށް އެދޭމީހާ (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އެއިގެތެރެއިން މިނަވަރު ކުރައްވަވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި ޝުކުރުކުރާ މީހުންނަށް ތިމަން ރަސްކަލާނގެ ދެއްވާހުށީމެވެ." (އާލްޢިމްރާން: 145) 

"---ހަމަކަށަވަރުން ތިއަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިއަބައިމީހުން (ޝުކުރުނުކޮށް) ކާފިރުވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ޢަޛާބް ގަދަފަދަވެގެންވާކަން ކަށަވަރެވެ." (އިބްރާހީމް: 7) 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް