އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިމަތިވާ އެއްވެސް ކަމަކަށް ކަންބޮޑުނުވެ ހުރެވޭނެ މަގު ލިބިގަނެވޭނެ ގޮތް މިއޮތީއެވެ! ޢަމަލުކުރާށެވެ!: މުފްތީ މެންކް

ކުރިމަތިވާ އެއްވެސް ކަމަކަށް ކަންބޮޑުނުވެ ހުރެވޭނެ މަގު ލިބިގަނެވޭނެ ގޮތް މިއޮތީއެވެ! ޢަމަލުކުރާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ ކަންބޮޑުވުންތަކުން ސަލާމަތްވެވިގެން ހުރުމެވެ. ހިތަށް އުފާވެރިކަން ލިބިގެން ހުރުމެވެ. އެކަން ކުރެވެން އޮތް މަގުވެސް އޮތީ ފެންނާށެވެ! އަހަރެމެންނަށް އޮތީ ޢަމަލުކުރުމެވެ. 

ތިމާގެ ހިތް، އިޚްލާޞްތެރިކަމާއިއެކު އަބަދުވެސް ﷲ ތަޢާލާ އާއި ގުޅުވައި އެކަލާނގެ ރަޙްމަތަށް އުންމީދުކޮށްގެން ހުންނަ މީހާއަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް އަބަދުވެސް މިންވަރުކުރައްވަވާނެތެވެ. އެފަދަ މީހުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލުކޮށް އެކަމުން ހިތްފުރިގެން ހުންނަ ދުވަހެއް އަންނާނެއެވެ. 

އެދުވަސް އައުމުން ދުނިޔޭގައި ކުރިމަތިވާ އެއްވެސް ކަމަކަށް އެމީހަކު ކަންބޮޑެއް ނުވާނެއެވެ. ތިމާ ކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވުނު ނަމަވެސް ކަންބޮޑެއްނުވާނެއެވެ. އެއީ ހުރިހާ ކަންކަން އެންމެ މޮޅަށް ރާއްވަވާ ފަރާތަކީ ﷲ ތަޢާލާ ކަމާއި ތިމާއަށް ކުރިމަތިވާ ކޮންމެ ކަންބޮޑުވުމަކީ ރަޙްމަތެއް ކަމުގައި ލައްވަވާނެކަމުގެ ޔަޤީންކަން އެމީހަކަށް ލބިފައި އޮންނާނެތީއެވެ!

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް