އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގައި އަލިފާން ރޯވެއްޖެ!

ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގައި އަލިފާން ރޯވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ކ.އަތޮޅުގައި ހިންގާ ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ މެންދަމު 02:48 ހާއިރު ލިބުމާއެކު ފަޔަރމަނުންގެ ޓީމަކާއެކު ފަޔަރ ލޯންޗު ވަނީ ވަރު އައިލެންޑް ރިސޯޓަށް ދަތުރު ކޮށްފައެވެ.

މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ ފަޔަރމަނުން ކުރި މަސައްކަތުން ރޭ ފަތިހު 05:39 ހާއިރުއެވެ. މި ހާދިސާގައި އެ ރިސޯޓުގެ ވަޑާންގެ އާއި އެތަނާ ޖެހިގެން ހުރި ސްޓާފް ކުއަރޓާސްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އެ ސަރަޙައްދުގައި އިތުރު ތިން ގުދަނެއް ހުރި އިރު މި އިން އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. މި ރިސޯޓުގައި ހިނގި މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ރީތިރަށް ރިސޯޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. _ޚަބަރު: އެމްއެންޑީއެފް

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު