އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެންޏަށްފަހު ބައިވެރިޔާ ނުބައި، ޖައްބާރު ބައިވެރިއަކަށް ބަދަލުވާ މައްސަލަ ޙައްލުކުރަން މިމަގުން މަސައްކަތްކުރާށެވެ!: މުފްތީ މެންކް

ކައިވެންޏަށްފަހު ބައިވެރިޔާ ނުބައި، ޖައްބާރު ބައިވެރިއަކަށް ބަދަލުވާ މައްސަލަ ޙައްލުކުރަން މިމަގުން މަސައްކަތްކުރާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ކައިވެންޏަށްފަހު އަނބިމީހާ ނުވަތަ ފިރިމީހާގެ ކިބައިން ފެންނަ ކަންކަން މުޅީން ތަފާތުކަމަށް ބުނެ ކުރާ ޝަކުވާތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ކައިވެނިނުކޮށް އެކުގައި ވަގުތުގައި ހޭދަކުރުމާއި ޙަރާމް ކުރައްވަވާފައިވާ ޢަމަލުތައް ކުރުމަކީ ޙަރާމްކަމެއް ނަމަވެސް އެމީހުން ބުނަނީ އެކަންކަން ކުރެވިފައިވާ ކަމަށެވެ. އެތައް ދުވަހެއް ވަންދެން ކުރެވުނު ކަމަށްވެސް ބުނެއެވެ. 

މިވަގުތު ދައްކަން މިއުޅެނީ ކުރި ޙަރާމް ކަންކަމުގެ ވާހަކައެއް ނޫނެވެ. ކައިވެންޏަށްފަހު މުޅިން ތަފާތު މީހެއްގެ ގޮތުގައި ބައިވެރިޔާ ފެނުމުގެ މައްސަލައިގެވާހަކައެވެ. އެކަންއެހެން ވުމަށް މެދުވެރިވާ ސަބަބަކީ ޙަރާމް ގޮތުގައި ގުޅުން ބޭއްވި ދުވަސްވަރު އޭނާގެ ނުބައިކަން ވަންހަނާކޮށްފައިބާއްވާތީއެވެ. ކައިވެންޏަށްފަހު އެކުގައި ދިރިއުޅެން ފެށުމުން އޭނާގެ ޙަޤީޤީ ސޫރަ ފެނިގެންދާތީއެވެ. 

މިފަދަ ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް ވެއްޓިގެން އެދަނީ ކައިވެނީގެ ކުރިން ބަލަންޖެހޭ ކަންކަން ބަޔާންކުރައްވަވާފައިވާ ޙަދީޘްފުޅުގައިވާ ކަންކަމަށް ނުބަލައި ގުޅުން އުފައްދާތީއެވެ. އެކަންކަމަށް ބަލާފައި ކައިވެނީގެތެރެއިން ގުޅުން އުފައްދާނަމަ ޖެހޭ މައްސަލަތައް މަދުވާނެއެވެ. 

ބެލެނިވެރިންނަށް ދޭން އޮތް ނަޞޭޙަތަކީ ތިމާގެ ދަރިއަކަށް މިފަދަ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ ބާކީކޮށްނުލާށެވެ! ދަރިފުޅަށް އެކަންކަން މެދުވެރިވީ އޭނާ ކުރިން އުޅުނު ނުބައި ގޮތުންކަމަށް ބުނެ ދަރިފުޅު މަގުމައްޗަށް އެއްލައިނުލާށެވެ! އެއިރުން ގިނަފަހަރު ދަރިފުޅު ބަދަލުވެގެންދާނީ އަދި ވަކިން ނުބައިކަން ބޮޑު ކުއްޖަކަށެވެ. ފަހުން އަނބުރާހޭރިޔާކޮށްގެން ވެސް އަތުލައި ނުގަނެވިދާނެ ފަދަ ނުބައި ޢަމަލުތައްކުރާ ކުއްޖަކަށެވެ. 

ވީމާ ދަރިންވެސް މައިންބަފައިންވެސް މި ނަޞޭހަތުގައި ހިފެހެއްޓުމަށް އެދެމެވެ. 

 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް