އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިލާލް އައްސަދު ލައްވައި ޝަރީކުކުރުވަން ޝައިޠޯނާ ހަރުފައެއްގެ ސިފައިގައި ކުރި މަސައްކަތުގެ ވާހަކަ!

ބިލާލް އައްސަދު ލައްވައި ޝަރީކުކުރުވަން ޝައިޠޯނާ ހަރުފައެއްގެ ސިފައިގައި ކުރި މަސައްކަތުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

އަހަރެން އުފަންވީ ލެބަނަންގެ ރަށެއްގައެވެ. އެރަށުގައި ވަރަށް ބޮޑު މަޤްބަރާއެއް ހުރެއެވެ. މީހުން ކަންކަމަށް އެދިގެން އެތަނަށްދެއެވެ. އެމީހުން ޤަބޫލުކުރަނީ އެތަނުގައި ވަޅުލެވިފައިވާ މީހާގެ ކަރާމާތުން އެމީހުންގެ ބޭނުންތައް ފުއްދައިދޭނެކަމަށެވެ. އަދި އެ ސަރަހައްދުގައި ހުންނަ ގަސްތަކާއި ގަސްތަކުން އޮފި ކެނޑުމަކީ އެމީހާ ރުޅި ގަދަވެ އެކަންކުރިމީހަކަށް ގެއްލުންދޭނެ ކަމެއް ކަމަށެވެ. 

އެކަން އެހެން ނުވާނެކަމަސް އުމުރުން 14 އަހަރުގައިވެސް އަހަރެން ޔަޤީންކުރީމެވެ. އެހެންވެ އެތަނަސް ދިއަ ދުވަހަކު ބޭނުމެއް ޖެހިގެން ގަހަކުން އޮފިގަނޑެއް ކަނޑައިލުމުން މީހުންތައް ހީވީ މޮޔަވިހެންނެވެ. 

އެރޭ އަހަރެން ނިދީ ވަރަށް ގިނައިން ޤުރްއާން ކިޔަވައިގެންނެވެ. އެއީ ނިދީގައި ޝައިޠޯނާ ހަމަލާދޭނެކަމަށް ޤަބޫލުކޮށްގެންނެވެ. ކުރިން މިބުނި ފަދަ ފަތުވާތައް މީހުންނަށް ޤަބޫލުކުރެވެނީ ޝައިޠޯނާގެ ސަބަބުންނެވެ. މިސާލަކަށް އެރޭ އަހަރެންނަށް ޝައިޠޯނާ ހަމަލާއެއްދީ، ބިރުވެރި ހުވަފެން ދެއްކުން ފަދަ ކަމެއް ކުރުމުން އަހަރެންނަށް ނިދީގައި އަޑުގަދަކުރެވުން ފަދަ ކަމެއް ކުރެވިއްޖެނަމަ މީސްތަކުންނަށް ހީވާނީ އެއީ އެމަހާނައިގައި ވަޅުލެވިފައިވާ މީހާދިން ޙަމަލާއެއް ކަމަށެވެ. 

ޝައިޠޯނާ މިފަދަ ކަންކަންކަން ކުރަނީ މުސްލިމުންގެ ޢަޤީދާ ބަލިކަށިކުރުވުމަށެވެ. ކީރިތި ޤުރްއާނުގައިވާ ﷲ ތަޢާލާގެ ވަޙީބަސްފުޅުތަކާއިމެދު ޝައްކުއުފެއްދުވުމަށެވެ. ﷲ ތަޢާލާ ނޫން ފަރާތްތަކަށް ތަފާތު ބާރުތައް ލިބޭކަމާއި މަރުވުމަށްފަހުގައިވެސް ދުނިޔޭގައި އުޅޭބައަކުވާކަން އަނގައިދިނުމަށެވެ. 

ކޮންމެއަކަސް ކުރިން ނުފެންނަ ޒާތުގެ ހުވަފެނެއް އެރޭ އަހަރެންނަށް ހުވަފެނެއް ފެނުނެވެ. ފެނުނީ ކުޑަކުޑަ ހަރުފައެކެވެ. އަހަރެން އެހަރުފަ ހިފާފައި ބުނީމެވެ. ތިއަ އަންނަނީ މިއަދު އޮފިގަނޑެއް ކެނޑީތީ މަށަށް ޙަމަލާދޭންހެއްޔެވެ؟ އަހަރެންނަށް ބިރުދައްކައި ޝިރުކުރުކުރުވަންހެއްޔެވެ؟ އެހެން ބުނެފައި އަހަރެން އެ ހަރުފަ ޗިސްޗިސްކޮށްލީމެވެ. 

އިރު އެރުމުން އެރޭ އަހަރެންނަށް އެއްވެސް ކަމެއް ދިމާވިތޯ ގިނަބައަކު ސުވާލުކުރިއެވެ. ބިރުގަންނަން ޖެހޭ އެއްވެސް ކަމެއް މެދުވެރިނުވާކަމަށް ބުނުމުން ބުނަނީ އަދި ފަހުން ދިމާވާނެކަމަށެވެ. މިބުނެވޭ ބަސްތަކަކީ ޝިރުކުކުރުމުގެ ބަސްތައްކަންވެސް އެމީހުންނަށް ނުއެނގެނީއެވެ. 

މީސްތަކުންނޭވެ! މިކަންކަމަކީ މިއަދުވެސް ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެކެވެ. އަހަރެމެންގެ ޢަޤީދާ ވަރުގަދަކުރަން މިވަނީ ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައެވެ. 

- ބިލާލް އައްސަދުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


17%
ވ.ރަނގަޅު
17%
ރަނގަޅު
26%
އޯކޭ
39%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް