އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގެ ބިމުގައިވާ އެންމެ ނުބައި ވަސް ދުވަނީ ތިބާގެ ފުރާނައިން ކަމަށްވެއްޖެނަމަ ތިއަޖަހާ އަގުބޮޑު ސެންޓުން ދުވާ މީރުވަހުގެ ފައިދާއަކީ ކޮބާ؟

ދުނިޔޭގެ ބިމުގައިވާ އެންމެ ނުބައި ވަސް ދުވަނީ ތިބާގެ ފުރާނައިން ކަމަށްވެއްޖެނަމަ ތިއަޖަހާ އަގުބޮޑު ސެންޓުން ދުވާ މީރުވަހުގެ ފައިދާއަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ބައަކަސް މިއަދު ހީކުރެވިގެން އުޅެނީ ހޯދުނު ގޮތަކަށް ހޯދައިގެން ލިބުނު އެންމެ އަގުބޮޑު ސެންޓްޖަހައިގެން މީސަތްކުނެގެތެރޭގައި އުޅުނީމާ އެއޮތީ ފުދި ނިމިފައި ކަމަށެވެ. އެފަދަ މީހުން މިޙަދީޘްފުޅަށް ވިސްނައިލުން ކިތަންމެހައިވެސް ބުއްދިވެރިއެވެ. 

އަދިވެސް ވިސްނާށެވެ! ކާފިރުންގެ ފުރާނަ ހިއްޕަވާވަގުތު ކަންކަންވެގެންދާ ގޮތަށެވެ. "އެ ފުރާނަ ހަށިގަނޑުން ނުނިކުންނަންވެގެން ކޮޅުކޮޅަށް ދުއްވައިގަންނާނެއެވެ. ތެތްކުރެވިފައިވާ ކެހެރިގަނޑަކުން ތޫނު ދަގަނޑުގަނޑެއް ދަމާ ނެރޭހެން، ހަށިގަނޑުގެ ނާރުތަކުން ފުރާނަ ވީދާލައިގެން، (މަލަކުލްމައުތު) އެ ފުރާނަ ނެރުއްވާނެއެވެ."

قَالَ: فَتُفَرَّقُ فِي جَسَدِهِ، فَيَنْتَزِعُهَا كَمَا يُنْتَزَعُ السَّفُّودُ [الكثير ُ الشُعب] مِنَ الصُّوفِ الْمَبْلُولِ، [فتُقطَّعُ معها العروقُ والعصبُ]، [فيلعنهُ كلُّ ملكٍ بين السماءِ والأرضِ ، وكُلُّ مَلَكٍ في السماء. وتُغلقُ أبوابُ السماء، ليس من أهلِ بابٍ إلاّ وهمُ يدعون الله ألاّ تَعرجَ روحُه مِنْ قِبَلهم]، فَيَأْخُذُهَا، فَإِذَا أَخَذَهَا لَمْ يَدَعُوهَا فِي يَدِهِ طَرْفَةَ عَيْنٍ حَتَّى يَجْعَلُوهَا فِي تِلْكَ الْمُسُوحِ، وَيَخْرُجُ مِنْهَا كَأَنْتَنِ رِيحِ جِيفَةٍ وُجِدَتْ عَلَى وَجْهِ الْأَرْضِ

މާނައީ:

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ފަހެ، އެ ފުރާނަ ހަށިގަނޑުން ނުނިކުންނަންވެގެން ކޮޅުކޮޅަށް ދުއްވައިގަންނާނެއެވެ. ތެތްކުރެވިފައިވާ ކެހެރިގަނޑަކުން ތޫނު ދަގަނޑުގަނޑެއް ދަމާ ނެރޭހެން، ހަށިގަނޑުގެ ނާރުތަކުން ފުރާނަ ވީދާލައިގެން، (މަލަކުލްމައުތު) އެ ފުރާނަ ނެރުއްވާނެއެވެ. އުޑާއި ބިމާ ދެމެދުގައިވާ އެންމެހާ މަލާއިކަތުން އޭނާއަށް ލަޢުނަތް ލެއްވުން އެދި ދަންނަވާނެއެވެ. އަދި އުޑުގައިވާ ކޮންމެ މަލާއިކަތަކުވެސްމެއެވެ. އަދި އުޑުގެ ދޮރުތައް (އޭނާއަށް) ބަންދުކުރެވޭނެއެވެ. އެބޭކަލުންގެ އަރިހުން އެ ފުރާނަ މައްޗަށް ނޭރުއްވުމަށް އެދި، ﷲ ތަޢާލާގެ ޙަޟްރަތުން ދުޢާ ނުދަންނަވާ، އެއްވެސް ދޮރުކޮޅެއްގެ މަލާއިކަތެއް ނުވާނެއެވެ. ފަހެ، (މަލަކުލްމައުތު) ފުރާނަ ހިއްޕަވާނެއެވެ. ފަހެ، ފުރާނަ ހިއްޕެވުމަށް ފަހު، އެސްފިޔަޖަހާލާހާ ހިނދުކޮޅަކަށްވެސް، އެކަލޭގެފާނުގެ އަތްޕުޅުގައި އެ ފުރާނަ ނުބާއްވަވާ، (ނަރަކައިން ގެންނެވި) ކެހެރިންވާ ލިބާހުގެ ތެރެއަށް އެ ފުރާނަ ލައްވާނެއެވެ. އަދި ދުނިޔޭގެ ބިމުގައިވާ އެންމެ ނުބައި ވަސް އެ ފުރާނައިން ނުކުންނަ ހުއްޓެވެ.

އާރޓިކަލް ރޭޓްކުރައްވާ


28%
ވ.ރަނގަޅު
0%
ރަނގަޅު
28%
އޯކޭ
42%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް