އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާ މީހަކު އަނެއްކާވެސް މިސްކިތަކަށް އަރައި މިސްކިތުގެ ޙުރުމަތް ކަނޑައި އުމުރުން ދުވަސްވީ މީހަކަށް ޙަމަލާދީފި

އިންޑިއާ މީހަކު އަނެއްކާވެސް މިސްކިތަކަށް އަރައި މިސްކިތުގެ ޙުރުމަތް ކަނޑައި އުމުރުން ދުވަސްވީ މީހަކަށް ޙަމަލާދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ހުލުމާލޭ ޢަޒީޒާ މިސްކިތުގައި ނަމާދަށް ހުރި އުމުރުން ދުވަސްވީ މީހަކަށް އިންޑިއާ މީހަކު ޙަމަލާދީ މިސްކިތުން ދަމާ ނެރެން އުޅެ މާރާމާރީ ހިންގި މައްސަލައެއް ބަަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ އޭނާ އެކަންކުރީ އުމުރުން ދުވަސްވީ މީހާގެ ގައިން ވަހެއް ދުވާކަމަށް ބުނެ ކަމަށެވެ. އަދި އޭނާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެދަށުގައިކަމަށެވެ. މިސްކިތުގައިތިބި ބައެއް މީހުން ބުނެފައިވަނީ އިންޑިއާ މީހާ ހުރީ މަސްތުގެޙާލަތުގައިކަމަށެވެ.

މީގެކުރިން މަސްތުވެގެން ހުރެ އިންޑިއާ މީހަކު މާފަންނު ބޮޑުގޭ ވަގުތީ މިސްކިތަށް އަރައި އަޑުގަދަކޮށް މިސްކިތުގެ ހުރުމަތް ކެނޑި މައްސަލައެއްގައިވެސް މީހަކު ވަނީ ފުލުހުންނާއި ޙަވާލުކޮށްފައެވެ. އެމައްސަލައިގައިވެސް ވީގޮތެއް މިއަދާއި ހަމައަށްވެސް އެނގިފައެއް ނުވެއެވެ.  

އިންޑިއާ މީހަކު މާލޭ މަގުމަތީގައި ﷲ ތަޢާލާއަށާއި ރަސޫލް އަށް ފުރައްސާރަކޮށް އިސްލާމްދީނަށް ގޮންޖެހި މައްސަލައިގައި ވެސް އޭނާވަނީ އަދަބެއް ނުދީ ފުރުވާލައިފައެވެ. އިންޑިއާ މީހުންގެ ނުރައްކާތެރިކަން މިވަނީ އިންތިހާއަށް ގޮސްފައިކަން ފާހަގަކުރެވެއެވެ.

ފުލުހުންގެ ބަސް:

Hulhumale' azeeza miskiy thereygai huri umurun dhuvasvee meehaku gain vaheh dhuvaathy kamah bune India firiheneh emeehaa neren ulhe, maaraamaaree hingaafaa vakamuge mauloomaathu miadhu fuluhunnah libifaivey.

 

Mi massalaigai India meehaa mivaguthu hury fuluhunge belumuge dhashugai.

Mi massala aa gulhigen balan jehey kankan fuluhun dhanee balamun.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް