އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް މީހަކަށް އަނިޔާވެރިވެ، ހިތުގައި ޖައްސާ މީހަކަށް އުފާވެރިކަމެއް ދުވަހަކުވެސް ނުލިބޭނެ!: މުފްތީ މެންކް

އެއްވެސް މީހަކަށް އަނިޔާވެރިވެ، ހިތުގައި ޖައްސާ މީހަކަށް އުފާވެރިކަމެއް ދުވަހަކުވެސް ނުލިބޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

އެއްވެސް މީހަކަށް އަނިޔާވެރިވެ، ހިތުގައި ޖައްސާނަމަ އެމީހަކަށް ޙަޤީޤީ އުފާވެރިކަމެއް ދުވަހަކުވެސް ނުލިބޭނެއެވެ. އެއީ އެކަމުން އަންގައިދެނީ އެމީހާގެ ކިބައިގައި ތަޤްވާވެރިކަމެއް ނެތްކަން ކަމުގައިވާތީއެވެ. ކޮންމެ ހުކުރު ޚުޠުބާއެއްގައި ތަޤްވާވެރިވުމަށާއި ޢަދުލުވެރިވެ އިހްޞާންތެރިވުމަށް ވަޞިއްޔަތްކުރަނީ އެ ސަބަބަށްޓަކައެވެ. 

ތަނަވަސްކަން ލިބިފައިވާނަމަ ޢާއިލާގެ މީހުންނަށް އެހީތެރިނުވުމަކީ ވަރަށް ބޮޑު ފާފައެކެވެ. ﷲ ތަޢާލާ ތިބާއަށް ތަނަވަސްކަން ދެއްވެވީ މީސްތަކުންނަށް، ވަކިން ޚާއްޞަކޮށް ޢާއިލާގެ މީހުންނަށް އެހީތެރިކަން ފޯރުކޮށދިނުމަށެވެ. އެކަން ނުކޮށް ތިބާ ބޭނުންވާކަންކަން ޙާޞިލުކޮށްގެން ތަނަވަހުގައި ދިރިއުޅޭނަމަ ތިބާއަށް ﷲ ދެއްވެވި ތަނަވަސްކަން ދެއްވެވި މަޤްޞަދާއި ޚިލާފްވެވެނީއެވެ. 

ވީމާ ތަނަވސްކަން ދެއްވަވައިފިނަމަ ފުރަތަމަކަމަކަށް މީސްތަކުންނަށް، ވަކިން ޚާއްޞަކޮށް އަނބިދަރިންނަށާއި ޢާއިލާއަށް ހެޔޮކޮށް ހިތައި އެމީހުންނަށް އުފާވެރިކަން ހޯދައިދޭށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާ އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ 

މިއިން ކޮންމެކަމަކީވެސް ޤިޔާމަތް ދުވަހު އެމީހަކާއި ސުވާލުކުރައްވަވާނެ ކަންކަމެވެ. ކޮންމެ އިންސާނަކީވެސް ﷲ ތަޢާލާ މިބިންމަތީގައި ލައްވަވާފައިވާ ﷲ ތަޢާލާގެ ސަފީރުންނެވެ. ކޮންމެ މީހަކަށްވެސް އޮތީ އެމީހަކަށްވެވުނު އެންމެ ފުރިހަމައަށް އެމީހާގެ ވަޒީފާ އަދާކުރުމެވެ. އެކަން ﷲ ތަޢާލާ ރުހިވޮޑިގަންނަވާފަދައިން ކޮށްފިނަމަ އެމީހަކަށް ދެދުނިޔޭގައިވެސް ޙައްޤު ޖަޒާ ދެއްވަވާނެތެވެ. އެއީ މަތިވެރިވެގެންވާ ނިޢްމަތްތައް ދެއްވަވާނެ ކަމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް