އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އަށް ވަކީލްކުރަން އޮތީ ގޭގެ ދޮރުތައް ލައްޕައި ތަޅުލުމަށްފަހުގައެވެ!: މުފްތީ މެންކް

ﷲ އަށް ވަކީލްކުރަން އޮތީ ގޭގެ ދޮރުތައް ލައްޕައި ތަޅުލުމަށްފަހުގައެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެމީހަކަށް ކަންކަން ޙާޞިލުވުންއޮތީ އެމީހަކުކުރި މަސައްކަތަކުން ކަމަށެވެ. ކަންކަން ޙާޞިލުކުރަން އެމީހަކަށް ކުރެވެން އޮތްވަރަކުން ގަދައަޅައި މަސައްކަތްކުރާ މީހަކަށް ﷲ ތަޢާލާ މިންވަރު ކުރައްވަވާނެ ނިޢްމަތްތައް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. 

ބަލިތަކުން ސަލާމަތްވާން ކުރެވެން އޮތް ކޮންމެ މަސައްކަތެއްވެސް ކުރަންޖެހެއެވެ. ބަލިވުމުން ސަލާމަތްވެހުންނަން މަސައްކަތްކުރަންޖެހެއެވެ. ބަލިވުމުން ބޭސްފަރުވާކުރަންޖެހެއެވެ. ބަލިތކުން ޝިފާ ދެއްވަވާނީ ﷲ ތަޢާލާކަމަށް ބުނެ އަތްއުރާލައިގެން ގޭގައި ތިބުމެއްވެސް ނެތެވެ. އެކަންވާނީ ކުރެވޭ މޮޔަކަމަކަށެވެ! 

ﷲ ތަޢާލާއަށް ވަކީލްކުރުމަކީ އެއީއެވެ. ރަސޫލް ﷺ އަހަރެމެނެންނަށް އުނގަންނަވައި ދެއްވަވާފައިވަނީ (ޙަދީޘްފުޅުކުރެއްވެވީ) ޖަމަލު އައްސާފައި ﷲ ތަޢާލާއަށް ވަކީލްކުރުމަށެވެ. ﷲ ތަޢާލާއަށް ވަކީލްކުރަން އޮތީ ގޭގެ ދޮރުތައް ލައްޕައި ތަޅުލުމަށްފަހުގައެވެ. 

އޮތީ ވަޒީފާ ހޯދަން މަސައްކަތްކުރުމެވެ. ރިޒުޤް ހޯދަން މަސައްކަތްކުރުމެވެ. ތިމާއަށް ކަނޑައަޅުއްވަވާފައިވާ ރިޒްޤް ﷲ ތަޢާލާ ދެއްވަވާނެކަމަށް ބަލައި އެކަމަށް މަސައްކަތްނުކޮށް ހުރުމެއްވެސް ނެތެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް